ރާއްޖޭގެ ތަރައްގީގެ މަޝްރޫޢޫތައް ކުރިއަށް ދަނީ ޔާނު ސްޕީޓްގައި: ނިހާން

ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކުގެ ދުވެލި ދަނީ، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ހަލުވި ސްޕީޑް ނުވަތަ "ޔާނު ސްޕީޑުގައި" ކަމަށް ޕީޕީއެމްގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު، އަހުމަދު ނިހާން ހުސެން މަނިކް ވިދާޅުވެއްޖެއެވެ.


ތުލުސްދޫގެ ނަރުދަމާގެ އަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ޕާލަމަންޓްރީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ވޭތުވެދިޔަ ޒަމާންތަކުގައި ރާއްޖޭގައި އެތައް ބަޔަކު ވެރިކަން ކޮށްފައި އެބަހުރި ކަމަށެވެ. އެހެންނަމަވެސް އެއިން އެއްވެސް ވެރިއަކު ނުގެންނަ ވަރުގެ ތަރައްޤީއެއް ރައީސް ޔާމީންގެ ސަރުކާރުގައި ގެނެސްދެއްވާފައިވާކަމަށް ނިހާން ވިދާޅުވިއެވެ.

އަދި ރައީސް ޔާމީނަކީ ދިވެހިރާއްޖެއާ ހަވާލުވެވަޑައިގަތް ސަތޭކަ ވަނަ ވެރިޔާ ކަމަށާއި މީގެ ކުރިން ރާއްޖެއާ ހަވާލުވި އެއްވެސް ވެރިއަކު އަތޮޅު ތެރޭގެ ރަށްތަކަށް ނުދޭވަރުގެ އިސްކަމެއް ރައީސް ޔާމީން ދެއްވާފައިވާކަމަށް ނިހާން ވިދާޅުވިއެވެ. އަދި ސަތޭކަ ވެރިންގެ ވެރިކަން ނިމެންދެން އެ ރަށްތައް ހުރި ކަމަށާއި ރައްޔިތުންގެ އުންމީދާއި ތަސައްވުރުތަކުގައި ކުލަ ޖައްސަވާ ދެއްވީ ރައީސް ޔާމީންކަމަށްވެސް ނިހާން ވިދާޅުވިއެވެ. 


ނިހާން ވިދާޅުވީ އެހެން ވެރިކަންތަކުގައި އިންތިޚާބާ ގާތްވުމުން "ކަޑަ ޖަހަން" ވަޒީރުން ގޮވައިގެން ރަށްރަށަށް ގޮސްފައި އެބަހުރިކަމަށާއި ފަސް އަހަރުގެ ދައުރު ނިމުމުން އެ ކަޑަތައް ގެއްލިގެން ދިޔަ މަންޒަރު ފެނުނު ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ މި ދައުރުގައި ވަޒީރުންވެސް ރަށްތަކަށް މަޝްރޫޢުތައް ފައްޓަވަން ވަޑައިގަންނަވަނީ، މަސައްކަތުގެ ޑިޒައިން ފައިނަލްކޮށް، ފައިސާ ލިބެންވީ ގޮތް ކަނޑައަޅާ، އަމަލީ މަސައްކަތުގެ ބާވީހަކަށް އިންސައްތަ ހާސިލްވުމުން ކަމަށް ނިހާން ވިދާޅުވިއެވެ. އަދި އެއީ ދެވަނަ ދައުރަކަށް ރައީސް ޔާމީން އިންތިޚާބު ކުރަން ވަރަށް ރަނގަޅު ސަބަބެއްކަމަށްވެސް ނިހާން ވަނީ ވިދާޅުވެފައެވެ.


ނިހާން އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން، އެ މެމްބަރުން ނިސްބަތްވެވަޑައިގަންނަވާ ދާއިރާތަކުގެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދާދޭން މަސައްކަތް ނުކުރިނަމަވެސް ރައްޔިތުން ބޭނުންވާ ތަރައްޤީ ގެނައުމަށްޓަކައި ރައީސް ޔާމީން މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...