ޢަބްދުﷲ ރިޔާޒު ހަތަރުމަހާއި ސައުވީސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފި

ޢަބްދުﷲ ރިޔާޒު. ރިޔާޒު ހަތަރު މަހާއި ސައުވީސް ދުވަހަހަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފަ.

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒު ހަތަރުމަހާއި ސައުވީސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.


ޢަބްދުﷲ ރިޔާޒު ގެ މައްޗަށް ދައުލަތުން ކުރިމިނަލް ކޯޓުގައި އުފުލި ދައުވާ ސާބިތު ނުވާކަަމަށް އެ ކޯޓުން ނިންމި ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާޠިލްކޮށްފައެވެ. ދައުލަތުން ޢަބްދުﷲ ރިޔާޒުގެ މައްޗަށް ދައުވާކޮށްފައިވަނީ، 2017 ވަނަ އަހަރު ކޯޓު އަމުރެއްގެ ދަށުން އޭނާގެ ފޯނު އަތުލުމަށްފަހު ފޯނު ހުޅުވަން އެންގުމުން އޭނާގެ ފޯނު ހުޅުވާ ނުދިނުމުންނެވެ.އޭނާގެ މައްޗަށް ކޮށްފައިވަނީ، ޤާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސް އެޅިކަމުގެ ދައުވާއެވެ.


މިމައްސަލައިގައި ރިޔާޒު މައްޗަށް ހުކުމްކުރި ނަމަވެސް އޭނާގެ ގޮނޑިއެއް ނުގެއްލޭނެއެވެ. މަޖިލީހުގެ ގޮޑި ގެއްލޭނީ ޖިނާއީ ކުށެއްގެ ދައުވާ ސާބިތުވެ، 12 މަހަށްވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ކޮށްފިނަމައެވެ. ނަމަވެސް މި މުއްދަތުގައި މަޖިލީހުގެ ޖަލްސާތަކަށް ރިޔާޒަށް ހާޟިރެއް ނުވެވޭނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...