ޕްރިންސް ވިލިއަމްގެ ދެމަފިރިންނަށް 3 ވަނަ ދަރިކަލަކު ލިބިވަޑައިގެންފި

ޕްރިންސް ވިލިއަމް އަދި ކޭޓް އެދެބޭފުޅުންގެ ތުއްތު ދަރިފުޅާއެކު

ޕްރިންސް ވިލިއަމްގެ ދެމަފިރިންނަށް ތިންވަނަ ދަރިކަލަކު ލިބިވަޑައިގެންފިއެވެ.

އިނގިރޭސި ޝާހީއާއިލާއަށް މެމްބަރަކު އިތުރުވުމާއި ގުޅިގެން، ކެންޒިންޓަން ޕެލަސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޭޓް އަދި ވިލިއަމްއަށް ފިރިހެން ދަރިކަލަކު ލިބިވަޑައިގެންފައިވާކަމަށެވެ. އަދި އެދަރިފުޅު ބަރުދަނުގައި 3.8 ކިލޯ ހުރި ކަމަށްވެސް ބުނެފައިވެއެވެ. އަދި ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށާއި ކޭޓް ވިހާފައިވަނީ ސެއިންޓް މެރީ ހޮސްޕިޓަލްގައި ކަަމަށްވެސް ރޯޔަލް ފެމިލީގެ ބަޔާނުގައި ބުނެވައިވެއެވެ.

އަދި ހޮސްޕިޓަލްގައި ކޭޓް އޮންނެވިއިރު، އެތަނުގެ މުވައްޒަފުންގެ ފަރާތުން ލިބުނު އަޅާލުމާއި އެހީތެރިކަމަށް ޝާހީއާއިލާއިން ޝުކުރު އަދާކުރައްވާފައިވެއެވެ. ދަރިފުޅު ލިބިވަޑައިގަތުމާއެކު، އާންމުންގެ ފަރާތުން ލިބުނު ހެޔޮދުއާތަކަށްވެސް އެއާއިލާއިން  ޝުކުރުއަދާކުރައްވާފައިވެއެވެ.

ކޭޓްއަދި ވިލިއަމް އަށް ތިންވަނަ ދަރިކަލަކު ލިބިވަޑައިގެންނެވި އިރު އެދެމަފިރިންނަށް އިތުރު އަންހެންދަރިކަނބަލަކާއި، ފިރިހެންދަރިކަލަކު ތިއްބަވައެވެ. އެއީ ހަތަރު އަހަރުގެ ޖޯޖް އަދި 2 އަހަރުގެ ޝާލޮޓްއެވެ. 

ޕްރިންސް ވިލިއަމްއާއި ކޭޓް ކައިވެނި ބައްލަވައިގަތީ 2011 ވަނަ އަހަރުގައެވެ. އަދި ފުރަތަމަ ދަރިކަލުން ޕްރިންސް ޖޯޖް  2013ގަ ލިބިވަޑައިގެންނެވިއިރު އަންހެން ދަރިކަނބަލުން ޕްރިންސެސް ޝާލޮޓް ލިބިވަޑައިގަތީ 2015 ގައެވެ.

މި ދެމަފިރިންނަށް ލިބިވަޑައިގެންނެވި ތިން ވަނަ ދަރިފުޅަށް ކިޔާނެ ނަމެއް އަދި ނިންމާފައެއް ނުވެއެވެ. ޕްރިންސް ހެރީ އަދި ކޭޓްގެ 3 ވަނަ ދަރިކަލުން ވެގެންދާނީ އިނގިރޭސިވިލާތުގެ ތަހުތު ފަސްވަނައަށް ވާރުތަކުރައްވާނެ ބޭފުޅާއަށެވެ.

ކޭޓް ދަރިފުޅާއެކު ގަނޑުވަރަށް ވަޑައިގެން ވަނީ އާންމުންނަށް ދަރިކަލުން ދައްކަވާލައްވާފައެވެ. އަދި ވިހެއުމަށްފަހު، އާންމުންގެ ތެރެއަށް ކޭޓް ނުކުމެވަޑައިގެންފައިވާއިރު، ކޭޓްގެ ހަށިގަނޑަށް ވިހެއުމުގެ ސަބަބުން މާބޮޑު ބަދަލެއް އައިސްފައިނުވާކަމަށް ބައިނަލްއަގްވާމީ ނޫސްތަކުގައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ފާތުމާފުޅު 25 އޭޕްރީލް 2018 - 00:31

    ޝިމްނާ. އެސޮރު ކައިރީ އަހާލަދީބަލަ މަށާ އިންނަން ކެރިދާނެތޯ.

ގުޅުން ހުރި
Loading...