މޯދީއާއި ޝީ ޖިންޕިން ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިއްޖެ

ޗައިނާގެ ރައީސް ޝީ ޖިންޕިންއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ޝީ ޖިންޕިން އާއި މޯދީގެ ބައްދަލުކުރެއްވުންތައް އޮންނާނީ އަންނަ ހަފްތާ ބަންދުގައި ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. ދެދުވަހުގެ މުއްދަތައް ކުރިއަށްގެންދާ މިބައްދަލުވުންތައް އޮންނާނީ ޗައިނާގެ ވުހާން ސިޓީގައެވެ.

އިންޑިއާއާއި ޗައިނާގެ އިސްވެރިން ބައްދަލު ކުރައްވަން ހަމަޖެހިފައިވާ މިދަނޑިވަޅަކީ އެމެރިކާއާއި ޗައިނާއާއި ދެމެދު އޮންނަ ގުޅުން ހީނަރުވަމުން އަންނަ ދަނޑިވަޅެކެވެ. އަދި އިންޑިއާ ސަރުކާރުން އަންނަނީ އެޤައުމުގެ އިޤްތިސާދު ކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޗައިނާގެ ފޮރިން މިނިސްޓަރ މިސްޓަރ ވެންގް ޔީ ވިދާޅުވީ، މޯދީއާއި ޝީގެ ބައްދަލުވުމަކީ ވަރަށް ކާމިޔާބު ވާހަކަތަކެއް ދެކެވިގެންދާނެ ބައްދަލުވުމަކަށް ވާނެ ކަމަށެވެ. މީގެ އިތުރުން، އިންޑިއާއާއި ޗައިނާއާއި ދެމެދު އޮންނަ ގުޅުން އެކި ދާއިރާތަކުން ބަދަހި ކުރުމާއި ގުޅޭގޮތުންވެސް ޝީއާއި މޯދީ މަޝްވަރާ ކުރައްވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...