މައިލޯ ކަލާސް އެވޯޑް ބެޑްމިންޓަންގެ ޤައުމީ ޗެމްޕިއަން ނަބީހާ އަށް!


ކުޅިވަރުގެ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހާސިލް ކޮށްފައިވާ ސްކޫލް ދަރިވަރުންގެ މެދުގައި ދޭ ކަލާސް އެވޯޑްގެ އެންމެ ޝަރަފްވެރި އެވޯޑް ބެޑްމިންޓަންގެ ޤައުމީ ޗެމްޕިއަން ނަބީހާ އަބްދުލް ރައްޒާގު އަށް ލިބިއްޖެއެވެ.

ކުލަގަދަ ރަސްމީޔާތެއްގައި ދަރުބާރުގޭގައި ބޭއްވި މައިލޯ ކަލާސް އެވޯޑްގައި އެ އެވޯޑް ހަފްލާގެ އެންމެ ޝަރަފްވެރި އެވޯޑް ހާސިލް ކުރި ބެޑްމިންޓަންގެ ޤައުމީ ޗެމްޕިއަން ނަބީހާ އަބްދުލް ރައްޒާގު އެވޯޑް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ދެއްވާފައިވާއިރު، އެ އެވޯޑްއާއި ހަވާލްވެވަޑައިގެންފައިވަނީ ނަބީހާގެ މަންމައެވެ. ނަބީހާއާއި އެއްމާބަނޑު ނަބާހާ އަބްދުލް ރައްޒާގްއަށާއި އަދި ނަބީހާއަށްވެސް އައުޓްސްޑޭޓިންގް އެތްލީޓްސް 2017 އެވޯޑް ލިބިފައިވެއެވެ.

އެ ދެބެންގެ އިތުރުން، މި އެވޯޑް ދެން ހާސިލް ކޮށްފައިވަނީ އިސްކަންދަރު ސްކޫލްގެ ޓޭބަލް ޓެނިސް ގެ ޤައުމީ ޗެމްޕިއަން އައިޝަތު ރަފާ ނާޒިމްއެވެ. މީގެއިތުރުން އައުޓްސްޑޭޓިންގް އެތްލީޓްސް 2017 އެވޯޑް ސީއެޗްއެސްސީގެ ދަރިވަރު އަދި ފެތުންތެރިޔާ މުބާލް އައްޒާމް އިބްރާހިމްއަށް ވެސް ވަނީ ލިބިފައެވެ.

އެވޯޑް ހާސިލް ކުރުމަށް ފަހު ޗެނަލް 13 އަށް ދިން އިންޓަވިއުއެއްގައި ވިދިވިދިގެން އެވޯޑް ހާސިލް ކުރަމުން ދާ ޓީޓީ ޗެމްޕިއަން ރަފާ ނާޒިމް ބުނީ އެވޯޑް ހާސިލް ކުރުމުން އެކަމާ ވަރަށް އުފާ ކުރާކަމަށާއި އަދި ކުރިޔަށް އޮތް ދުވަސްތަކުގައިވެސް ވަރަށް ހިތްވަރާއި އެކު މަސައްކަތް ކުރާނެ ކަމަށެވެ.


މި އަހަރުގެ މައިލޯ ކަލާސް އެވޯޑްގައިވެސް އެކި އުމުރު ފުރާތަކަށް ބަހާލައިގެން އެވޯޑު ދީފައިވެއެވެ. އެގޮތުން 12 އަހަރުން ދަށުގެ ރަނާސް އެވޯޑާއި، ވިނާސް އެވޯޑް ދީފައިވާއިރު، 14 އަހަރާއި 16 އަހަރުން ދަށުގެ ރަނާސް އެވޯޑްއާއި ވިނާސް އެވޯޑް ވަނީދީފައެވެ.

މިދިޔަ އަހަރުގެ ކަލާސް އެވޯޑާއި އަޅާބަލާއިރު މި ފަހަރު އިތުރު އެވޯޑް ތަކެއް އެކި އެކި ކުޅިވަރުގެ ރޮނގުން ދީފައިވޭއެވެ. މިއީ ކުޅިވަރުގެ ހަޔާތުގައި ވަރަށް އުފާވެރި ދުވަހެއް ކަމަށް އެވޯޑު ހާސިލް ކުރި ދަރިވަރުން ވަނީ ބުނެފައެވެ. 

މި ރަސްމީޔާތުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކަށްވީ، 8 ކުއްޖަކަށް މި އަހަރު ސަރުކާރުން ދެއްވާ ސްޕޯޓްސް ސްކޮލާޝިޕް ލިބުނެވެ. އެގޮތުން އެ ސްކޮލާޝިޕް ހާސިލް ކޮށްފައިވާ ދަރިވަރުންނަކީ ލ. މާވަށު ސްކޫލްގެ ވޮލީބޯޅަ ކުޅުންތެރިޔާ ޝަމައިލް ހުސައިނާއި، ބ. ގޮއިދޫ ސްކޫލްގެ ވޮލީބޯޅަ ކުޅުންތެރިޔާ އައިމިނަތު އަފާފް ނިޒާމް އާއި، ބ. ގޮއިދޫ ސްކޫލްގެ ވޮލީބޯޅަ ކުޅުންތެރިޔާ އަހުމަދު ޝައްފާހް އާއި، ކ. މާފުށީ ސްކޫލްގެ ވޮލީބޯޅަ ކުޅުންތެރިޔާ އިބްރާހީމް އަޝްހަމްއާއި، މ. އަތޮޅު ތައުލީމީ މަރުކަޒު ގެ ބެޑްމިންޓަން ކުޅުންތެރިޔާ މާޝާ ރަޝީދުއާއި މ. އަތޮޅު ތައުލީމީ މަރުކަޒު ގެ ބެޑްމިންޓަން ކުޅުންތެރިޔާ މިގްދާދު މުހައްމަދު އާއި، ގދ. އަތޮޅު ތައުލީމީ މަރުކަޒު ގެ އެތްލެޓިކްސް އިން އިބާދުﷲ އާދަމް އާއި ސ. ހިތަދޫ ސްކޫލް ގެ ފަރާތުން ސްވިމިން އިން އަބްދުﷲ ނާވީ އަހަމަދެއެވެ.

ސްކޮލާޝިޕް ހާސިލް ކުރި ދަރިވަރުން ބުނީ އެކުދިންގެ އަމާޒަކީ ލިބުނު ފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުން ކަމަށް. އަދި ޤައުމީ ފެންވަރުގައި ރާއްޖެއަށް ރަން ވަނަ ހޯދައިދޭ ވަރުގެ ބަޔަކަށް ވުން ކަމަށެވެ. މި އަހަރުގެ ކަލާސް އެވޯޑް 178 ދަރިވަރަކު ވަނީ ޙާސިލްކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...