ޝާހީ ކައިވެނީގެ ދައުވަތު ޕްރިޔަންކާއަށް

އަންނަ މެއި މަހުގެ 19 ވަނަ ދުވަހު، ޕްރިންސް ހެރީއާއި މެގަން މާކެލްގެ ޝާހީ ކައިވެނި ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިކައިވެންޏަށް ދައުވަތު ދީފައިވަނީ، ހަމައެކަނި މެގަންއާއި ހެރީގެ އާއިލާގެ މެމްބަރުންނާއި ގާތް ރަޙްމަތްތެރިންނަށެވެ. މިހާރު ހޮލީވުޑްގައި މަސައްކަތް ކުރަމުން އަންނަ އިންޑިއާގެ ތަރި ޕްރިޔަންކާ ޗޯޕްރާވެސް ހެރީ އަދި މެގަންގެ ކައިވެނީގެ ހަފްލާގައި ބައިވެރިވާނެ މީހުންގެ ތެރޭގައި ހިމެނިގެންދާނެއެވެ. 

މެގަންއާއި ޕްރިޔަންކާއާއި ދެމެދު ގާތް ރަހްމަތްތެރިކަމެއް އުފެދިފައިވާކަން ގިނަ ބަޔަކަށް އެނގެއެވެ. އެހެންނަމަވެސް މެގަންގެ ކައިވެންޏަށް ދައުވަތު ދޭނެ ކަމާމެދުގައި މީގެ ކުރިން އޮތީ ސުވާލު އުފެދިފައެވެ. ލައިވް ޝޯއެއްގެ ތެރެއިން ޕްރިޔަންކާ ކައިރީގައި އޭނާއަށް ދައުވަތު ލިބޭނެހެން ހީވޭތޯ ޕްރެޒެންޓަރު އެހުމުން އޭނާ ޖަވާބުގައި ބުނީ އެކަން ނޭނގޭ ކަމަށެވެ.

ޕްރިޔަންކާއާއި މެގަން ދިމާވެފައިވަނީ އަންހެނުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ އިވެންޓެއްގެ ތެރެއިންނެވެ. "ޕީޕަލް"މެގަޒިންއަށް 2017 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުގައި ދިން އިންޓަރވިޔުއެއްގައި ޕްރިޔަންކާ ވަނީ މެގަންއާއިއެކުގައި އޮންނަ ގުޅުމާ ބެހޭގޮތުން ވާހަކަ ދައްކާފައެވެ.

"އަހަރުމެން ދެމީހުން ގާތް ރައްޓެހިންނަށްވީ އެކްޓަރުންގެ ގޮތުގައި. ދެމީހުންނަކީވެސް އެކްޓަރުން. "ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާއާއި މެގަންގެ ރަހްމަތްތެރިކަމަށް 2 އަހަރު ވަނީ ވެފައެވެ. މެގަންއާއި ހެރީގެ އެންގޭޖްމެންޓް އިއުލާން ކުރުމާއެކު ޕްރިޔަންކާ ވަނީ އެދެމީހުންނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...