ވިހެއުމަށްފަހު ބަރުދަން ލުއިކުރި ގޮތް ކަރީނާ ކިޔައިދީފި

ދަރިފުޅު ތައިމޫރު ޚާން ވިހެއުމަށްފަހު ކަރީނާ ކަޕޫރު ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ބަރުދަން ލުއިކޮށް، އެތައް ބައެއްގެ ސަމާލުކަން ހޯދާފައެވެ.

ވިހެއުމަށްފަހުގައި ކަރީނާ ގިނަ ވަގުތުތަކެއް ޖިމުގައި ހޭދަކުރިއިރު، ގިނަ ދުވަސްތަކެއް ނުވެ އޭނާގެ "ކަމްބެކް"ފިލްމު ވީރޭ ދި ވެޑިންގައި ވަނީ ސޮއިވެސް ކޮށްފައެވެ. ދަރިފުޅު ތައިމޫރު ގޮވައިގެން ބޭރަށް ނުކުންނަ ކޮންމެ ފަހަރަކު އެކުއްޖާއަށް ލިބުނު ސަމާލުކަން ބޮޑުވިޔަސް ކަރީނާގެ ބަރުދަން ވަރަށް އަވަހަށް ލުއިވަމުން ދިއުމާއެކު އޭނާއަށް ލިބުނު ސަމާލުކަންވެސް ވަކި ކުޑައެކޭ ނުބުނެވޭނެއެވެ.

ގްރޭޒިއާ މެގަޒިންއަށް ދިން އިންޓަރވިިޔުއެއްގައި ކަރީނާއާއި އޭނާގެ ޑައިޓްރިޝަން ރުޖުތާ ދިވޭކަރް ވަނީ ކަރީނާގެ ރީތި ހަށިގަނޑުގެ ސިއްރު ހާމަކޮށްފައެވެ. ވިހެއުމަށްފަހު ބަރުދަން ލުއިކުރަން ބޭނުންވާ މީހުންނަށް މިއީ ވަރަށް މުހިއްމު މައުލޫމާތުތަކަކަށް ވެގެންދާނެކަން ޔަޤީނެވެ.

ކަރީނާ ބުނި ގޮތުގައި އޭނާ ބަރުދަން ލުއިކުރަން މަސައްކަތް ކުރިއިރު، ކޮފީ އަދި ސައިވެސް ބުއީ ހަކުރު އަޅައިގެން ކަމަށެވެ. އަދި "ޝުގަރ ފްރީ"އޭ ކިޔާ އެއްޗެއް ނޯންނަކަމަށެވެ.  ކޮންމެ ދުވަހަކުވެސް އެންމެ ފުރަތަމަ ކަނީ ދޮންކެޔޮ ވަކެއް ކަމަށްވެސް ކަރީނާ ބުންޏެވެ. މިއީ އޭނާގެ ޑައިޓްރިޝަން ރުޖުތާގެ ލަފާގެ މަތިން އަމަލު ކުރަމުން އަންނަ ގޮތެކެވެ.

ކަރީނާ ފިލްމު "ތަޝަން"ގައި ފެނިގެންދިޔައީ "ސައިޒް ޒީރޯ"އެއްގެ ގޮތުގައެވެ. އެވަރަށް އަނެއްކާވެސް ކަރީނާގެ ބަރުދަން ލުއިވެފައިވާއިރު، އޭރު ހިކެން މަސައްކަތް ކުރެވުނީ ރަނގަޅަށް ނޫން ކަމަށް ކަރީނާ އެއްބަސްވެއެވެ.

"އޭރު އަހަރެން ހަމައެކަނި ކެއީ ދުވާލަކު އެންމެ ފަހަރު. އެއީ ހިކެން ރަނގަޅު ގޮތެއް ނޫން. ޚާއްސަކޮށް ވިހެއުމަށްފަހު ކެއުން މާބޮޑަށް މަދު ކުރުމަކީ ސިއްޙީ ގޮތުން އެދެވިގެންވާ ކަމެއް ނޫން. ވިހެއުމަށްފަހު ހިކެން ވެގެން ކުރިން ހެދި ގޮތަށް ނުކައި ހުންނަން އަހަރެން އުޅުނިން. އެކަމަކު ރުޖުތާ (ޑައިޓްރިޝަން) ބުނީ އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް." ކަރީނާ ކިޔައިދިނެވެ.

ކަރީނާ ވަނީ މާބަނޑު އަންހެނުންނަށް ވަރަށް މުހިއްމު ޓިޕްސްތަކެއް ދީފައެވެ. އެގޮތުން ވިހެއުމަކީ ހަށިގަނޑުން ކެލްސިއަމް ވަރަށް ބޮޑަށް މަދު ކޮށްލާ ކަމެއް ކަމަށްވުމާއެކު، ވިއެހުމަށްފަހު ކެލްސިއަމް ލިބޭ ކާނާ ކެއުން ވަރަށް މުހިއްމު ކަމަށް ކަރީނާ ބުންޏެވެ.

"އަހަރެން ކޮންމެ ރެއަކު ނިދަނީ ދިގު ތައްޓެއްގެ ކިރު ބޮއެގެން. ޕްރެގްނެންޓް ވުމަކީ ހަށިގަނޑަށް 5 އަހަރު ދުވަހުން ލިބޭ މިންވަރުގެ ކެލްސިއަމް ގެއްލޭ ކަމެއް. ކިރުގައި ވަރަށް ގިނައިން ކެލްސިއަމް ހިމެނޭ." ކަރީނާ ބުންޏެވެ.

މީގެ އިތުރުން ކަރީނާ ބުނީ ހިކެން މަސައްކަތް ކުރުމަކީ، އެމީހަކު އެންމެ ކާހިތްވާ ކާއެއްޗެހި ކެއުން ހުއްޓާލަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ. އެގޮތުން ފެޓްސް ހިމެނޭ ކާތަކެތީގެ ތެރެއިން ކަރީނާއަށް އެންމެ މީރު ކެއުންތައް ކެއުން ހުއްޓާ ނުލާ ކަމަށް އޭނާ ބުންޏެވެ. ބަރުދަން ލުއި ކުރަން މަސައްކަތް ކުރިއިރު، ލައްޑޫ އަދި ފަރާޓާ ފަދަ ތަކެތި ކަރީނާ ވަނީ ކައިފައެވެ. އެހެންނަމަވެސް އެފަދަ ތަކެތި ކެއީ މަދުން ކަމަށް ކަރީނާ ބުންޏެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...