އޮލިމްޕިކް ކޮމިޓީގެ އަހަރީ އާއްމު ޖަލްސާއާއި އެކު ގޮއިދޫއަށް ބޮޑު އީދެއް!

އޮލިމްޕިކް ކޮމިޓީގެ އަހަރީ އާއްމު ޖަލްސާއަށް ފަހު ބޭއްވި ދަތި ރޭސް ފޮޓޯ: އިމޭޖޭސް އެމްވީ

އޮލިމްޕިކް ކޮމިޓީގެ އަހަރީ އާއްމު ޖަލްސާއަށް ފަހުގައި ބ. ގައިދޫގައި ފޯރި ގަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ. 

ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވަމުން އަންނަ ކުޅިވަރު އެޝޯޝިއޭޝަންތަކުން ބައިވެރިވެގެން، ގާތްގަޑަކަށް 750 އެއްހާ މީހުންގެ އާބާދީ އެއް އޮންނަ ބާ އަތޮޅު ގޮއިދޫގައި ބޭއްވި އޮލިމްޕިކް ކޮމިޓީގެ އަހަރީ އާއްމު ޖަލްސާ ނިންމާލުމަށް ފަހު އެ ރަށުގައި ގިނަ ހަރަކާތްތަކެއް ވަނީ ބާއްވާފައެވެ.

އެގޮތުން އޮލިމްޕިކް ކޮމިޓީގައި ބައިވެރިވަޑައިގެންނެވި ފަރާތްތަކުގެ މެދުގައި އެކި އެކި ކުޅިވަރުތައް ހިމަނައިގެން ހަރަކާތްތަކެއް ވަނީ ބާއްވާފައެވެ. އެގޮތުން ފުރުތަމަ ބާއްވާފާއިވަނީ ދަތި ރޭސްއެވެ. އެކި އެކި ސްޓޭޖްތަކަށް ބަހާލައިގެން ބޭއްވި އެ ރޭހުގައި ފުރުތަމަ އޮތީ ފެތުން. އެޔަށް ފަހު ޓީމްތަކުން ވަނީ ބާސްކެޓް ހޫޕް އަށް ތިން ފަހަރު ބާސްކެޓް އެއްލުމަށް ފަހު، ބަށި ބޯޅަ ކުޅެފައެވެ. އަދި އެޔަށް ފަހު ވޮލީ ބޯޅަ ވަނީ ކުޅެފައެވެ.


އޮލިމްޕިކް ކޮމިޓީގެ އަހަރީ އާއްމު ޖަލްސާއަށް ފަހު ބޭއްވި ދަތި ރޭސް ފޮޓޯ: އިމޭޖޭސް އެމްވީ

އަދި މީގެއިތުރުން ގޮއިދޫގެ މަޝްހޫރު ކުޅީގައި ޕެޑަލްކުރުމުގެ ރޭހަށް ފަހު، ޓީމުގެ ބައިވެރިޔާ އައުމުން ގޯނި ރޭސް ޖަހާފައިވެއެވެ. އަދި އެޔަށް ފަހު، ހަމެއްގެ މަތީގައި ހިންގާ ރޭސް ބާއްވާ، ފުޓްބޯޅަ އަކުން ހަމެއްގައި ޖަހާ ސްކޯ ހެދުމަށް ފުރުސަތު ދީފައިވޭ. ފުޓްބޯޅައިން ސްކޯ ކުރެވުމާއި އެކު ރޭހުގެ އެންމެ ފަހު ބައި ކަމަށްވާ ރަށުގެ ވަކި ހިސާބަކަށް ދުވުމަށް ފަހު އެންމެ އަވަހަށް ނިންމި ޓީމު ވަނީ މޮޅުވެފައެވެ.

މީގެއިތުރުން ގޮއިދޫގައި ބައިވަރު ކުޅިވަރު ހަރަކާތައް ކުރިޔަށް ގެންގޮސްފައިވެއެވެ. ގޮއިދޫގައި ކުދި ބޮޑު ހުރިހާ ރައްޔިތުންނާއި އޮލިމްޕިކް ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެން ހުރިހާ ފަރާތްތަކާއި ގުޅިގެން ބޭއްވި ހަރާކަތްތަކަށް އެ ރަށުން ބޮޑު ތަރްހީބެއް ވަނީ ލިބިފައެވެ. އެގޮތުން ހަވީރު ގަޑީގައި ބޭއްވި ހަރާކާތްތަކުގެ ތެރޭގައި ކްރިކެޓް ކުުޅުމާއި، ހޭންޑްބޯޅަ، ނެޓްބޯޅަ، ބާސްކެޓް ބޯޅަ، ވޮލީ ބޯޅަ، ބަށި ބޯޅަ އާއި ޑާޓް އެއްލުން ފަދަ ކުޅިވަރުތައް ހިމެނެއެވެ.

ބ. ގައިދޫގައި ގައި ބޭއްވި ދަތި ރޭހުގައި އޮލިމްޕިކް ކޮމިޓީގެ ރައީސް ޝަވީދު ހަރަކާތްތެރިވަނިކޮށް ފޮޓޯ: އިމޭޖޭސް އެމްވީ

މީގެއިތުރުން ގޮއިދޫގައި ބައިވަރު ކުޅިވަރު ހަރަކާތައް ކުރިޔަށް ގެންގޮސްފައިވެއެވެ. ގޮއިދޫގައި ކުދި ބޮޑު ހުރިހާ ރައްޔިތުންނާއި އޮލިމްޕިކް ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެން ހުރިހާ ފަރާތްތަކާއި ގުޅިގެން ބޭއްވި ހަރާކަތްތަކަށް އެ ރަށުން ބޮޑު ތަރްހީބެއް ވަނީ ލިބިފައެވެ. އެގޮތުން ހަވީރު ގަޑީގައި ބޭއްވި ހަރާކާތްތަކުގެ ތެރޭގައި ކްރިކެޓް ކުުޅުމާއި، ހޭންޑްބޯޅަ، ނެޓްބޯޅަ، ބާސްކެޓް ބޯޅަ، ވޮލީ ބޯޅަ، ބަށި ބޯޅަ އާއި ޑާޓް އެއްލުން ފަދަ ކުޅިވަރުތައް ހިމެނެއެވެ.

ގޮއިދޫ ރައްޔިތުން ބަށި ކުޅެނީ

މި ހަރަކާތްތަކުގެ ތެރެއިން ފެނިގެން ދިޔައީ ގޮއިދޫގެ ރައްޔިތުންގެ އެއްބައިވަންތަކަމާއި އެރަށުގެ ރައްޔިތުންގެ މެދުގައި ކުޅިވަރަށް އޮތް ޝައުގުވެރިކަމެވެ. މީގެއިތުރުން، ޕްލާސްޓިކް ކޮތަޅާއި ދުރުވެ، ތިމާވެއްޓާއި ރަށްޓެހި ކޮތަޅާއި ތަކެތި ބޭނުން ކުރުމަށް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާއްމު ޖަލްސާގައި ބައިވެރިވި މެމްބަރުންނާއި ގޮއިދޫ ރައްޔިތުން ވަނީ އެއްބަސްވެފައެވެ.

މިގޮތަށް އެއްބަސްވެފައިވަނީ ގޮއިދޫގައި ބަދަރު ސަރަހައްދުގައި އޮތް ރަސްމީޔާތުގެ ތެރެއިން، އެ ތަނުގައި ހުރި ބޯޑެއްގައި ސޮއި ކުރުމަށް ފަހުއެވެ. އޮލިމްޕިކް ކޮމިޓީގެ އަހަރީ އާއްމު ޖަލްސާ ގޮއިދޫގައި ބޭއްވުމާއި ގުޅިގެން އެ ރަށު ކައުންސިލް ގެ ރައީސް މުހައްމަދު އާމިރު ވިދާޅުވީ، ކުރިޔަށް އޮތް ދުވަސްތަކުގައި މިފަދަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެގޮތުން އޮލިމްޕިކް ކޮމިޓީ ބޭއްވި ފަދަ ހަރަކާތްތަކާއި ޖަލްސާތައް އެކި މުއައްސަސާތަކުން ގެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ގޮއިދޫ ރައްޔިތުން ހޭންޑް ބޯޅަ ކުޅެނީ

މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...