"ނާމްކަރަން"ގެ އެންމެ ފަހު އެޕިސޯޑް މެއިި މަހުގެ 18ގައި




ސްޓާރޕްލަސް އުން ދައްކަމުން އަންނަ ޑްރާމާ ސީރީސް ނާމްކަރަން އަކީ ގިނަ ބައެއްގެ މަގުބޫލުކަން ލިބެމުން އަންނަ ޑްރާމާއެކެވެ. ދެހާސް ސޯޅަވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށި މީޑްރާމާ އަންނަ މެއި މަހުގެ 18 ވަނަ ދުވަހު ހުއްޓާލާ ގޮތަށް ނިންމާފައިވާއިރު މި ޑްރާމާވަނީ ގިނަ ދުވަސްތަކެއް ވަންދެން އެންމެ ގިނަ މީހުން ބަލާ ޑްރާމާ ތަކުގެ ލިސްޓުގެ ކުރިން ޖާގަހޯދާފައެވެ.

މިޑްރާމާ އަކީ ނަވާރަ ސަތޭކަ ނުވަދިހަ އަށްވަނަ މަޝްހޫރު ޑައިރެކްޓަރ އަދި ޕްރޮޑިއުސަރ މަހޭޝް ބަޓްގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށް އުފެއްދި ފިލްމު "ޒަޚަމް" ނަކަލަކަށް ބަލައިގެން ދައްކަން ފެށި ޑްރާމާއެއްކަމުގައި ވިޔަސް އެޑްރާމާގައި މަހޭޝް ބަޓްެގެ ދިރިއުޅުމާއި ގުޅުން ހުރި އެއްވެސް މަންޒަރެއް މިހާހިސާބައް ދައްކާފައި ނުވާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އަދި ޑްރާމާ ދިގުކުރުމަށް ތަފާތު ސްޓޯރީ ލައިން އިތުރުކުރުމުގެ ސަބަބުން ޑްރާމާގެ މަތިން މީހުން ފޫހިވެ އޭގެ އޯޑިއަންސް ގެއްލިފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ޑްރާމާ ހުއްޓާލުމާއި ގުޅޭގޮތުން އިންޑިއާގެ ނޫހަކުން ކުރި ސުވާލަކަށް ޖަވާބްދެމުން އެޑްރާމާގެ މެއިން ރޯލުން ފެނިގެންދާ ފިރިހެން ތަރިން ޒައިން ބުނެފައިވަނީ ޑްރާމާ ހުއްޓާލަނީ ކޮން ސަބަބަކާ ހުރެ ކަމެއް ނޭނގޭ ކަމަށާއި، ނަމަވެސް ޑްރާމާ ހުއްޓާލަން އުޅޭ ކަމުގެ ވާހަކަތައް އަޑުއިވިފައިވާކަމަށެވެ. އަދި ސްޓާޕްލަސްއިން މިދުވަސް ކޮޅު ގިނަ ޑްރާމާތައް ހުއްޓާލަން އުޅޭކަން ފާހަގަކުރަމުން އޭނާ ބުނެފައިވަނީ އެ ޗެނަލުން އާ ޑްރާމާ ތައް ފެށުމަށް ގިނަ ޑްރާމާ ތަކެއް ހުއްޓާލަން ނިންމާފައިވާކަމަށެވެ. އެގޮތުން މިދުވަސް ކޮޅު " ނާމްކަރަން" އަށްވެސް އެެންމެ އެދެވޭ ތަރުހީބެއް ބެލުންތެރިންގެ ފަރާތުން ނުލިބޭތީ އެ ޑްރާމާވެސް ހުއްޓާލަން ނިންމާފައިވާކަމަށް އޭނާ ބުނެފައިވެއެވެ.

އަދި މިއަދާ ހަމަޔަށް ޑްރާމާ އަށް ގިނަ ބައެއްގެ ސަޕޯޓް ލިބުނުކަމަށާއި ޚާއްސަކޮށް އޭނާ އެޑްރާމާގައި އަދާކުރާ ރޯލަށް ގިނަ ބައެއްގެ ފަރާތުން ވަރަށް ޕޮސިޓިވް ކޮމެންޓް ލިބެމުން އަންނަ ކަމަށާއި އެފަރާތްތަކުން އޭނާ ގެ މަސައްކަތް ބަލައިގަނެފައި ވާތީ ޝުކުރު އަަދާކުރާކަމަށް ޒައިން ބުނެފައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...