ޝާހިދު ކަޕޫރަށް ދެވަނަ ދަރިއަކު ލިބެނީ

ޝާހިދު ކަޕޫރުގެ އާއިލާ

ޝާހިދު ކަޕޫރުގެ އަންހެނުން މީރާ ރާޖްޕްތު ދެވަަނަ ދަރިއަކަށް ބަލިވެ އިންކަން އެދެމަފިރިން އިއުލާން ކޮށްފިިއެވެ.


ޝާހިދުކަޕޫރުގެ އަންހެނުން މީރާ ރާޖްޕްތް ދެވަނަ ދަރިއަކަށް ބަލިވެއިންކަން އެދެމަފިރިން އިއުލާން ކޮށްފައިވަނީ ވަރަށް ވެސް ތަފާތު ގޮތަކަށެވެ. އެގޮތުން އެދެމަފިރިން ގެ ކުޑަދަރިފުޅު މީޝާ ކަޕޫރު ގެ ފޮޓޯއެއް ޝޯޝަލް މީޑިއާއަށް ލާފައިވާއިރު އެ ފޮޓޯގައި އެކި ކުލަކުލައިގެ ފުއްޕާހަންތަކެއް ކުރެހުމަށްފަހު އެ ތަސްވީރުގައި "ބިގް ސިސްޓާރ" ނުވަތަ ބޮޑު ދައްތަ ލިއެފައިވެއެވެ. މި ފޮޓޯތައި އިތުރަށް އެއްވެސް އެއްޗެއް ލިޔެފައި ނުވިނަމަވެސް މި ފޮޓޯއިން މީޝާގެ އާއިލާއަށް މެންބަރަކު އިތުރުވަނީކަން އެނގިގެންދާކަމަށް ރިޕޯޓްތަކުގައިވެއެވެ.
އަދި މިފޮޓޯ ސޯޝަލް މީޑިއާއަށް ލުމާއެކު ގިނަ ބައެއްގެ ފަރާތުން މަރުހަބާގެ މެސެޖްތައް އެދެމަފިރިންނަށް އަންނަނީ ލިބެމުންނެވެ.

ދެހާސް ފަނަރަ ވަނަ އަހަރުގައި ކައިވެނި ކުރި މީރާ އަދި ޝާހިދު އަށް ފުރަތަމަ ދަރިއަކު ލިބިފައިވަނީ ދެހާސް ސޯޅަވަނައަހަރުގައެވެ. އެދަރިފުޅަށް ދެއަހަރުވާނީ މިއަހަރުގެ އޯގަސްޓްމަހުގެ ސައްބީސް ވަނަ ދުވަހުގައެވެ. ޝާހިދު އަދި މީރާ ވެސް މިދިއަ އަހަރުގެ ތެރޭގައި ވަނީ އެދެމީހުން ދެވަނަ ދަރިއަކު ވަރަށް އަވަހަށް ބޭނުންވާކަން ހާމަކޮށްފައެވެ.

އެގޮތުން ޝާހިދު ބުނެފައިވަނީ އޭނާ ވެސް އަދި އޭނާގެ އަންހެނުންވެސް ދެވަނަ ދަރިއަކު ވަރަށް އަވަހަށް ބޭނުންވާކަމަށް. އަދި ބާވީސް އަހަރުގެ މީރާ ބޭނުންވަނީ ދަރިން ވަކި އުމުރަކަށް ގެންދިއުމަށްފަހު އޭނާ ބޭނުން މަސައްކަތެއްކުރުމަށް ވަގުތުހުސްކުރުމަށް ކަމަށެވެ.
ދެވަނަ ދަރިއަކު ލިބެން އުޅޭކަން އިއުލާން ކޮށްފައި ވީނަމަވެސް މިކަމާއި ގުޅޭ ގޮތުން އިތުރަށް އެއްވެސް އެއްޗެއް މީރާވެސް އަދި ޝާހިދުވެސް ބުނެފައި ނުވާކަން ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...