އެމެރިކާގެ ކުރީގެ ރައީސްގެ އަނބިކަނބަލުން އަވަހާރަވުމާ ގުޅިގެން ރައީސް ތަޢުޒިޔާ ވިދާޅުވެއްޖެ

ފޮޓޯ- ރައީސުލްޖުމުހޫރިއްޔާގެ އޮފީސް

އެމެރިކާގެ ކުރީގެ ރައީސްގެ އަނބިކަނބަލުން ބާބަރާ ބުޝް އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.


ރައީސް ފޮނުއްވި މެސެޖުގައި، އެމެރިކާގެ ކުރީގެ ރައީސްގެ އަނބިކަނބަލުން ބާބަރާ ބުޝް އަވަހާރަވުމުގެ ޚަބަރު އެއްސެވީ ފުން ހިތާމައާއި އެކު ކަމުގައި ވިދާޅުވެފައިވެއެވެ. އަދި، އެކަމަނާއަކީ ވިސްނުންފުޅު ތޫނު، ލިޔަން ކިޔަން އުނގަންނައިދިނުމަށް ބާރު އެޅުއްވި، އެކަމަނާ ޤަބޫލުފުޅުކުރައްވާ ކަންކަމުގައި ސާބިތުކަމާއެކު އަގުހުރި މަސައްކަތްޕުޅުތަކެއް ކުރެއްވި، އެތައް ޖީލުތަކުގެ ޒުވާން އަންހެން ކަނބަލުންނަށް ނަމޫނާ ދެއްކެވި ބޭކަނބަލެއް ކަމުގައި  ރައީސް  ފާހަގަކުރައްވާފައިވެއެވެ.

މީގެ އިތުރުން، ބާބަރާ ބުޝްއަކީ ކާމިޔާބު ސިޔާސީ އަދި އަމިއްލަ ޙަޔާތްޕުޅެއް ވޭތުކުރެއްވި ބޭކަނބަލެއްކަން ދުނިޔެއަށް ދައްކާފައިވާކަމަށާއި، އެކަމަނާގެ ހަނދާންތަށް މުޅި ދުނިޔެއިން އަބަދުވެސް އާ ކުރާނެކަމުގައި ރައީސް ފޮނުއްވި މެސެޖުގައި ވިދާޅުވެފައިވެއެވެ.


ރައީސް ފޮނުއްވި މެސެޖުގައި، ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ‏ދިވެހި ‏‏ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، އެމެރިކާގެ ރައްޔިތުންނަށާއި، އަދި ޙާއްޞަކޮށް އެމެރިކާގެ ކުރީގެ ރައީސް، ބުޝްގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވާފައިވެއެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...