ކައިވެންޏަށްފަހު ސޯނަމް ކަޕޫރު ފިލްމުކުޅުން ހުއްޓާލަނީތަ؟

ސޯނަމް ކަޕޫރު އަދި އާނަންދު އަހޫޖާ

ބޮލީވުޑުގެ މަޝްހޫރ ތަރި ސޯނަމް ކަޕޫރު އަދި އާނަންދު އަހޫޖާގެ ކައިވެނި މިމަސްތެރޭގައި ކުރެވޭނެ ކަމަށް ވާހަކަދެކެވެމުންދާ މިދަޑިވަޅުގައި އެންމެ ބޮޑަށް މިހާރު ދެކެވެމުންދާ ވާހަކައަކީ ކައިވެންޏަށް ފަހު ސޯނަމް ކަޕޫރު ފިލްމުކުޅުން ހުއްޓާލަނީ ކަމަށް ބުނެ ދެކެވޭ ވާހަކަތަކެވެ.

ރިޕޯޓްތައް ބުނާގޮތުން ކައިވެންޏަށްފަހު ސޯނަމްކަޕޫރު ވަނީ ފިރިމީހާއެކު ލަންޑަނަށް ބަދަލުވުމަށް ނިންމާފައެވެ. މީގެ ސަބަބުން ގިނަ ބަޔަކު ދަނީ ސޯނަމް ކަޕޫރު ކައިވެންޏަށް ފަހު ފިލްމުކުޅުން ހުއްޓާލަނީތޯ ސުވާލުކުރަމުންނެވެ. ނަމަވެސް މިއިން އެއްވެސް ވާހަކައަކަށް ސޯނަމް ޖަވާބު ދީފައިނުވާއިރު، އޭނާގެ ގާތް މީހުންނާއި ހަވާލާދީ މީޑިއާ ރިޕޯޓްތަކުގައިވަނީ ސޯނަމް އޭނާގެ ކައިވެންޏަށްފަހު ވެސް ފިލްމު ކުޅުމާ ދުރަށްދާން އެއްވެސް ވަރަކަށް ވިސްނާފައި ނުވާކަމަށެވެ. އަދި ކައިވެނި ކުރުމަށްފަހު ގިނަ ދުވަސްތަކެއް ނުވެ އަނެއްކާވެސް މަސައްކަތައް ނުކުންނާނެ ކަމަށްވެސް އެމީހުން ބުނެފައިވެއެވެ.


ސޯނަމް މިހާރުވެސް ދަނީ ބޮލީވުޑުގެ ގިނަ ފިލްމުތަކެއްގައި މަސައްކަތް ކުރަމުންނެވެ. އޭގެ ތެެރެއިން އެންމެ ބޮޑަށް ފާހަގަވެގެންދަނީ ކަރީނާ ކަޕޫރުއާއެކު އޭނާ ފެނިގެންދާ ފިލްމު ވީރޭދިވެޑިންއެވެ. އެއަށްފަހު ސަންޖޭދަތުގެ ބައޯޕިކްގެ ވެސް މުހިއްމު ރޯލަކުން ސޯނަމް ފެނިގެންދާއިރު އަބީޝެކް ޝަރުމާ ޑައިރެކްޓް ކުރާ " ދަ ޒޯޔާ ފެކްޓާ" އިންވެސް ފެނިގެންދާނީ ސޯނަމް އެެވެ. މީގެ އިތުރުންވެސް ވިންދޫ ވިނޯދު ޗޯޕްޅާ ޑައިރެކްޓްކުރާ "އޭކް ލަޑްކީ ކޮ ދޭކާތޮ އެއިސާ ލަގާ" މިފިލްމުގެ ލީޑުރޯލުންވެސް ފެނިގެންދާނީ ސޯނަމްއެވެ. ސޯނަމް އާއެކު އޭނާގެ ބައްޕަ އަނިލް ކަޕޫރު ވެސް މިފިލްމުގެ މުހިއްމު ރޯލަކުން ފެނިގެންދާނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...