ޓްރަމްޕާއި އެންގެލާ ވައިޓް ހައުސްގައި ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެ

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ޖަރުމަންވިލާތުގެ ޗާންސެލަރ އެންގެލާ މާކެލްއާއި ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ވައިޓް ހައުސްއިން ބުނީ، ޓްރަމްޕާއި އެންގެލާ ބައްދަލު ކުރައްވަން ހަމަޖެހިފައިވަނީ މި އޭޕްރީލްމަހުގެ 27 ވަނަ ދުވަހުގައި ކަމަށެވެ. މި ބައްދަލުކުރެއްވުން އޮންނާނީ އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި. ޓްރަމްޕާއި އެންގެލާގެ ބައްދަލުކުރެއްވުމުގައި އެމެރިކާއާއި ޖަރުމަންވިލާތަށް ކުރިމަތިވެފައިވާ ޖިއޮޕޮލިޓިކަލް، އަދި އިޤްތިސާދީ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޖަރުމަންވިލާތުގެ ޗާންސެލަރ މިދިޔަ އަހަރުވެސް ވަނީ އެމެރިކާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...