މައުންޓްއެވަރެސްޓް: ދުނިޔޭގައިވާ އެންމެ އުސްފަރުބަދަ

މައުންޓްއެވަރެސްޓަށް އަރަން ބަޔަކު މަސައްކަތް ކުރަނީ

މައުންޓް އެވަރެސްޓް ގިނަ ބަޔަކަށް މަޝްހޫރުވެފައިވަނީ ދުނިޔޭގެ އެންމެ އުސްފަރުބަދައިގެ ގޮތުގައެެވެ. ނަމަވެސް މި ފަރުބަދައިގެ ދިގުމިނާއި ގުޅޭ މާބޮޑު މައުލޫމާތެއް ގިނަ ބަޔަކަށް ނޭގެއެވެ. ފަސްދޮޅަސް މިލިއަނެއްހާ އަހަރުކުރިން އުފެދުނު މައުންޓް އެވަރެސްޓް އާންމުންގެ މެދުގައި މަޝްހޫރުވެގެން ގޮސްފައިވަނީ 1856 ކުރި ދިރާސާއަކުން އެތަނަކީ ދުނިޔޭގެ އެންމެ އުސްފަރުބަދަ ކަމަށް ހާމަވެގެންދިޔަ ހިސާބުންނެވެ.

މައުންޓް އެވަރެސްޓަކީ ދުނިޔޭގެ އެންމެ އުސްފަރުބަދަޔަށް ވާއިރު މި ފަރުބަދައިގައި ދިގުމިނުގައި އަށްހާސް އަށްސަތޭކަ އަށް މީޓަރު ނުވަތަ ނަވާވީސް ހާސް ނަވާވީސް ފޫޓް ހުންނަ ކަމަށް ދިރާސާތަކުގައިވެއެވެ. އަދި މި ފަރުބަދައަކީ ދުނިޔެއަށް މަޝްހޫރު ތަނަކަށް ވެގެންދިއުމާއެކު ގިނަ އަދަދެއްގެ ފަތުރުވެރިން އެ ފަރުބަދައަށް އެރުމަށް މިހާރުވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

މައުންޓް އެވަރެސްޓަށް އަރަން އެތައް މަސައްކަތް ތަކެއް ކުރަންޖެހުނު ކަމުގައިވިއަސް އެތަން ދިރާސާ ކުރުމަށް ގިނަ ބަޔަކު އެތަނަށް އަރާފައިވެއެވެ. ނަމަވެސް ނަވާރަސަތޭކަ އަށްޑިހަ ހަތްވަނަ އަހަރާއި ހަމަޔަށް އެފަރުބަދައިގެ އެންމެ މައްޗާ ހަމަޔަށް ދެވިފައިވަނީ އެންމެ ދުއިސައްތަަ މީހުންނަށް ކަން ފާހަގަކޮށްލެވެއެވެ. ލައްކައަކާއި ގާތްކުރާ އަދަދަކަށް އެފަރުބަދައަށް އެރުމަށް މީހުން އެކި ފަހަރުމަތިން މަސައްކަތް ކުރަމުންދާއިރު އެފަރުބަދައިގެ ވަކި ހިސާބަކުން އިތުރަށް ކުރިއަށް ނުދެވި ގިނަ މީހުން އެމީހުންގެ ދަތުރުކުރުކޮށްލާއިރު މި ދަތުރުގައި ފަރުބަދަ މަތީގެ މޫސުމާއި އެހެނިހެން ކަންތައްތަކަށް ކެތްނުވެ އެތައް ބަޔަކު މަރުވެފައިވާކަންވެސް ފާހަގަލޮއްލެވެއެވެ. އެވަރެސްޓް ފަރުބަދައާއި ގާތްކުރާ އުސްމިނުގެ ފަރުބަދަތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ނަމަވެސް އެފަދަ ކަންތައްތައް ދިރާސާކުރާ ފަރާތްތަކުން ބުނެފައިވަނީ މައުންޓްއެވަރެސްޓް ފަރުބަދައިގެ އުސްމިނަކީ އެއީ އެ ފަރުބަދައަކަށް އަރަން އެންމެ އުދަގޫ އުސްމިނެއް ހުރި ފަރުބަދަކަމަށެވެ.

މައުންޓްއެވަރެސްޓަކީ ދުނިޔޭގެ އެންމެ އުސްފަރުބަދަ ކަމަށް އެނގުނު ހިސާބުން ފެށިގެން އެތާނގެ އެންމެ މައްޗަށް އެންމެ ފުރަތަމަ އެރި މީހާގެ ލަގަބު ހޯދުމަށް ގިނަ ބަޔަކު މަސައްކަތް ކުރި ނަމަވެސް ނަވާރަ ސަތޭކަ ފަންސާސް ތިންވަނަ އަހަރުގެ މެއި މަހާ ހަމަޔަށް އެމަގުސަދުގައި މަސައްކަތްކުރި މީހުން ވަނީ ނާކާމިޔާބްވެފައެވެ. ބައެއް ސަބަބުތަކާހެދި ވަކި ހިސާބަކުން ދަތުރު ހުއްޓާލާފައެވެ. މައުންޓް އެވަރެސްޓުގެ އެންމެ މައްޗަށް އެންމެ ފުރަތަމަ އަރާފައިވަނީ ޓެންގްޒިން ނޯގްވޭ އަދި އެޑްމެންޑް ހިރަލީއެވެ. ނަމަވެސް މިހާރު ފަސްހާހަށްވުރެ ގިނަ މީހުންވަނީ މި ފަރުބަދައިގެ އެންމެ މައްޗަށް އަރާފައެވެ.

މި ސަރަހައްދަށް ދިމާވާ އެކިކަހަލަ ގުދުރަތީ ހާދިސާތަކުގައި މައުންޓް އެވަރެސްޓަށް އެތައް ގެއްލުންތަކެއް ލިބިފައިވާއިރު އޭގެތެރޭގައި ތޫފާން ތަކާއި ބިންހެލުންތައް ހިމެނެއެވެ. އަދި މިފަދަ ތޫފާންތަކާއި ބިންހެލުންތައް އަންނަ ވަގުތުތަކުގައި އެތަނަށް އަރަން މަސައްކަތް ކުރަމުންދާ ގިނަ ބަޔަކަށް އެކިވަރުގެ ގެއްލުންތައްވެ ގިނަ ބައެއްގެ މަރުވެފައިވާކަމަށްވެސް ރިފޯޓްތައް ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...