އާސިފާގެ ދިފާއުގައި ޓްވީޓެއް ކުރުމުން ކަރީނާއަށް ފާޑު ކިޔައިފި

ޖައްމު-ކަޝްމީރުގައި ރޭޕް ކުރުމަށްފަހު، ވަރަށް އަނިޔާވެރި ގޮތަކަށް މަރާލި އުމުރުން 8 އަހަރުގެ އާސިފާ ބާނޫއަށް އިންސާފް ހޯދައިދިނުމަށް ގޮވާލާ ޕޯސްޓަރެއް ހިފައިގެން ހުރެ ކަރީނާ ކަޕޫރު ފޮޓޯއެއް ހިއްސާ ކުރުމާއެކު، އޭނާއަށް ޓްވިޓަރގައި ގިނަ ބަޔަކު ފާޑު ކިޔައިފިއެވެ.

ކަރީނާ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އޭނާ އަކީ ހިންދޫއެއް ކަމަށާއި، އަދި އާސިފާއާއި ކުރިމަތިލާން ޖެހުނު ހާދިސާއާއި ގުޅިގެން އޭނާ ލަދުގަންނަ ކަމަށެވެ. މީގެ އިތުރުން އާސިފާއަށް އިންސާފް ހޯދައިދިނުމަށްވެސް ކަރީނާ ގޮވާލާފައިވެއެވެ.

މި ޓްވީޓާއި ގުޅިގެން ކަރީނާއަށް ފާޑު ކިޔާފައިވަނީ ހިންދޫއަކަށްވެ ހުރެ، އޭނާ މުސްލިމަކާއި ކައިވެނި ކޮށްގެން އުޅޭތީއެވެ. އެގޮތުން ބައެއް ފަރާތްތަކުން ވަނީ ހިންދޫއަކަށްވެ ހުރެ، މުސްލިމަކާ ކައިވެނިކުރަން ކަރީނާ ލަދު ގަންނަން ޖެހޭނެ ކަމަށް ބުނެފައެވެ.


 

ކަޝްމީރުގެ އުދަމްޕޫރުގައި އާއިލާއާއެކު ދިރިއުޅެމުން އައި އާސިފާ ބާނޫ ރަހީނު ކުރުމަށްފަހު، ރޭޕްކޮށް، މަރާލި މައްސަލައިގައި އިންޑިޔާގެ އެކި ސަރަހައްދުތަކުގައި އެތައް ހާސް ބަޔަކު ވަނީ އެޖަރީމާ ހިންގި މީހުންނާއި ދެކޮޅަށް އަޑު އުފުލާފައެވެ. އެހެންނަމަވެސް މިހާދިސާއާއި ގުޅިގެން ހިންދޫ ދީނުގެ މީހުންނާއި މުސްލިމުންނާއި ދެމެދު ހަމަނުޖެހުންތައް އިތުރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.


އާސިފާގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ 8 މީހެއްގެ ޝަރީއަތް ހޯމަ ދުވަހު ވަނީ ފަށާފައެވެ. އެ އެންމެންވެސް ވަނީ ކުށަށް އިންކާރު ކޮށްފައެވެ. އެމީހުންގެ މައްޗަށް ކުރާ ދައުވާއާއި ގުޅޭ ލިޔެކިޔުންތައް އެމީހުންގެ ޤާނޫނީ ޓީމާއި ހަވާލު ކުރުމަށް ހޯމަ ދުވަހުގެ ޝަރީއަތުގައި ކޯޓުން ވަނީ އަންގާފައެވެ.


ދެން މިމައްސަލައިގެ ޝަރީއަތެއް އޮންނާނީ އޭޕްރީލްމަހުގެ 28 ވަނަ ދުވަހުގައެވެ. އާސިފާގެ ފުރާނަ ނެތް ހަށިގަނޑު ފެނިފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގައެވެ. އާސިފާ މަރާލާފައިވަނީ ކަރުގައި ހިފައިގެން ކަން ތަހްގީގަށް ވަނީ ހާމަވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...