ޕްރިޔަންކާ އަދި ސަލްމާންގެ ފިލްމު "ބާރަތު"ގެ ޝޫޓިން ފަށައިފި

ޕްރިޔަންކާ އަދި ސަލްމާންޚާން. މިދެތަރިން އެކީގައި ފެނިގެންދާ ފިލްމު "ބާރަތު"ގެ ޝޫޓިން ވަނީ ފަށާފައި.

ބޮލީވުޑްގެ އެކްޓަރ ސަލްމާން ޚާން އޭނާގެ ކުރިއަށް އޮތް ފިލްމު ބާރަތުގެ ޝޫޓިން ފަށައިިފިއެވެ.

ފިލްމުގެ ޝޫޓިން ހޯމަ ދުވަހު ފަށާފައިވާއިރު، ފިލްމުގައި ސަލްމާން ޚާންއާއި އެކީގައި ލީޑް ރޯލުން ފެނިގެންދާނީ ބޮލީވުޑް އަދި ހޮލީވުޑްގައިވެސް ފިޔަ ޖަހަމުން އަންނަ ތަރި ޕްރިޔަންކާ ޗޯޕްރާއެވެ. އަލީ އައްބާސް ޒަފަރް ޑައިރެކްޓް ކުރާ މި ފިލްމަކީ 2014 ވަނަ އަހަރު އުފެއްދި ސައުތު ކޮރެއަން މޫވީ "އޯޑޭ ޓު މައި ފާދާ"ގެ ވާހަކައަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.


ބާރަތުގެ ޝޫޓިން ފެށިކަން ހާމަކޮށް، ފިލްމުގެ ޑައިރެކްޓަރު ކުރި ޓްވީޓް.

ސަލްމާންއާއި އެކީގައި އަނެއްކާވެސް އެއް ފިލްމެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބުމުން ޕްރިޔަންކާ ހުރީ އެކަމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. ޕްރިޔަންކާ ބުނީ، ސަލްމާން އަދި އަލީ އައްބާސްއާއި އެކީގައި މީގެ ކުރިންވެސް މަސައްކަތް ކޮށްފައިވާ ކަމަށާއި، އަދިވެސް އެއް ފަހަރު މަަސައްކަތް ކުރަން އޭނާ ހުރީ ކެތްމަދުވެފައި ކަމަށެވެ.

ހޮލީވުޑްގެ މަސައްކަތްތަކުގައި ބިޒީކޮށް އުޅެމުން އަންނަ ޕްރިޔަންކާ އެންމެ ފަހުން ފެނިގެންދިޔަ ބޮލީވުޑްގެ ފިލްމަކީ ޖޭ ގަންގާޖަލްއެވެ. މިއީ ބޮލީވުޑުން ބްރޭކެއް ނެގުމަށްފަހު ޕްރިޔަންކާ އެނބުރި އަންނަ ފިލްމެވެ. އަދި މި ފިލްމުގައި ސަލްމާން ޚާންއާއި އެކީގައި ލީޑް ރޯލުން ފެނިގެންދާއިރު، އެދެތަރިން އެއް ފިލްމަކުން ނުފެންނަތާ 10 އަހަރު ވަނީ ވެފައެވެ.


ފިލްމު ބާރަތު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އީދުގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...