ކާޖޮލް އަދި އަޖޭ ދިމާވީ ކިހިނެއްކަން އެނގޭތަ؟

އަޖޭ އަދި ކާޖޮލްގެ ކައިވެންޏަށް 19 އަހަރު ވަނީ ވެފައެވެ. މީޑިއާ ކުރިމަތީގައި އެކަކު އަނެކަކު ދެކެ ލޯބިވާވަރު ހާމަކުރަން ބޮލީވުޑްގެ އެހެން ތަރިން އުޅޭހެން މިދެތަރިން ނޫޅުނަސް، ކާޖޮލް އަދި އަޖޭ އަކީ އެހެން ތަރިންނަށް ނަމޫނާއެކެވެ. ކައިވެންޏަށް 19 އަހަރު ވީއިރުވެސް، އެދެމީހުންގެ ލޯތްބަށް އެއްވެސް ވަރެއްގެ ފަނޑުކަމެއް އައިސްފައިނުވާ ކަމަށް އެދެތަރިން ބުނެއެވެ. ދެމީހުންނަކީ ވަރަށް ތަފާތު މިޒާޖުގެ ދެމީހުންކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ހިތަށް އަރާ އެއްޗެއް އެއްވެސް ޖެހިލުމެއް ނެތި ބުނެލާ މީހަކަށް ކާޖޮލް ވީއިރު، އަޖޭ އަކީ ބަސް މަދު މީހެކެވެ. މީޑިއާއާއިވެސް ދުރު މީހެކެވެ. އެހެންނަމަވެސް ކާޖޮލް އަކީ ވަރަށް ސަކަ މިޒާޖެއްގެ މީހެކެވެ. މިޒާޖު އެހާ ތަފާތު އިރު، އެކުގައި އެހާ ގިނަ ދުވަހު އުޅެވެނީ ކީއްވެހެއްޔެވެ؟ ދެމީހުންނަށް އެކަކު އަނެކަކު ވަރަށް ރަނގަޅަށް ދެނެގަނެވިފައިވުމެވެ. މިއީ އެދެތަރިން ދިން ޖަވާބެވެ. 

އަޖޭ އަދި ކާޖޮލް ދިމާވީ ކިހިނެއް؟ 

ދެމީހުންނަކީވެސް އެކްޓަރުން ކަމުން އެކަކު އަނެކަކާ ދިމާވީ ފިލްމެއްގެ ޝޫޓިންގެ ތެރެއިންނެވެ.  ފުރަތަމަ ދިމާވިއިރު އަޖޭގެ މިޒާޖު ކާޖޮލްއަށް އެއްވެސް ވަރަކަށް ކަމަކު ނުދިޔައެވެ. ކާޖޮލް ބުނީ އަޖޭ އަކީ އެއްވެސް މީހަކާ ވާހަކަ ނުދައްކާ، ވަރަށް މަޑު މައިތިރި މީހެއް ކަމަށެވެ.

ކާޖޮލްއާއި އަޖޭ އެކުގައި މަސައްކަތް ކުރަމުން ދަނިކޮށް ދެމީހުންގެ މެދުގައި ވަރަށް ގާތް ރަޙްމަތްތެރިކަމެއް އުފެދުނެވެ. އެކި ކަންކަމުގައި ދެމީހުން އެކަކު އަނެކަކުގެ މަޝްވަރާ ހޯދިއެވެ. އެގޮތުން ރައްޓެހިންގެ ގޮތުގައި 2 އަހަރު ހޭދަކުރުމަށްފަހު، ދެމީހުން ވަނީ ޑޭޓް ކުރަން ފަށާފައެވެ.
 
އަޖޭއާއި ކާޖޮލްގެ ކައިވެނި:

މިދެތަރިން ކައިވެނި ކުރިއިރު، އެކަކު އަނެކަކަށް ޕްރޮޕޯސް ކޮށްފައެއް ނުވެއެވެ. އަޖޭ ބުނީ ކައިވެނީގެ ވާހަކަ ނުދެއްކި ނަމަވެސް ދެމީހުން ކައިވެނި ކުރަން ބޭނުންވާކަން މާކުރިންސުރެވެސް ދެމީހުންނަށް އެނގޭ ކަމަށެވެ.މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...