ޗައިނާގެ ކެނޯލާ ދަނޑުތައް- މިއީ ޤުދުރަތީ އަޖައިބެއް

ކެނޯލާއަކީ އާންމުކޮށް ކައްކާތެޔޮ ހަދަން ބޭނުންކުރާ ގަހެކެވެ. ތެޔޮ ހަދަނީ އެގަހުގެ އޮށުންނެވެ. ކޮންމެ ބަހާރު މޫސުމެއްގައިވެސް ކެނޯލާ ދަނޑުތައް ވަނީ މިގޮތަށް ރީނދޫ ކުލައިން ޖަރީވެފައެވެ. 
މިއީ ޗައިނާއަށް ޒިޔާރަތް ކުރާ ދަތުރުވެރިންނާއި ފޮޓޯ ނަގާމީހުން މެދުގައި ވަރަށް މަޤުބޫލު މަންޒިލެކެވެ. ކޮންމެ އަހަރެއްގެވެސް ފެބުރުއަރީ މަހުން ފެށިގެން އޭޕްރީލާއި ހަމައަށް މިދަނޑުތަކުގައި މާތަށް ފޮޅިފައި ހުރެއެވެ. 

ޗައިނާގެ ސަދަން ޕްރޮވިންސްގައި ހުންނަ ލުއޯޕިން ކައުންޓީގައި އޮންނަ ރީނދޫ ކުލައިގެ މާތަށް ފޮޅިފައިވާ ކެނޯލާ ދަނޑުތަކަކީ ބަލާމީހަކު އަޖައިބުކުރުވާހާ ފުރިހަމަ ތަނެކެވެ. މިތަނުގައި އެތައްހާސް މަލެއް ފޮޅިފައި ހުންނައިރު، ކެނޯލާ ދަނޑުތައް ކައިރިން އަދި ދުރުންވެސް ފެންނަނީ ވަރަށް ފުރިހަމަ ތަނެއްގެ ގޮތުގައެވެ. އެހެންނަމަވެސް ޗައިނާގައި މި ރީތި ދަނޑުތައް ހައްދަނީ މި މާތަކުގެ ބޭނުމުގައެއް ނޫނެވެ.



ކެނޯލާއަކީ އާންމުކޮށް ކައްކާތެޔޮ ހަދަން ބޭނުންކުރާ ގަހެކެވެ. ތެޔޮ ހަދަނީ އެގަހުގެ އޮށުންނެވެ. ކޮންމެ ބަހާރު މޫސުމެއްގައިވެސް ކެނޯލާ ދަނޑުތައް ވަނީ މިގޮތަށް ރީނދޫ ކުލައިން ޖަރީވެފައެވެ. 
މިއީ ޗައިނާއަށް ޒިޔާރަތް ކުރާ ދަތުރުވެރިންނާއި ފޮޓޯ ނަގާމީހުން މެދުގައި ވަރަށް މަޤުބޫލު މަންޒިލެކެވެ. ކޮންމެ އަހަރެއްގެވެސް ފެބުރުއަރީ މަހުން ފެށިގެން އޭޕްރީލާއި ހަމައަށް މިދަނޑުތަކުގައި މާތަށް ފޮޅިފައި ހުރެއެވެ. 

މާތަށް ބެލުމަށް ޝައުގުވެރިވާ މީހުން ގެންގޮސްދޭ ވަރަށް ގިނަ ޓުއާ ގައިޑުންވެސް ޗައިނާގައި ހަރަކާތްތެރިވެއެވެ. ޗައިނާއަށް ދަތުރެއް ކުރާއިރު މިތަން ނުފެނުމަކީ ގެއްލިގެންދާ ހިތްގައިމު ތަޖުރިބާއަކަށް ނޫނީ ނުވާނެއެވެ. ކެނޯލާ މާތައް ފޮޅޭ ދުވަސްވަރާއި ދިމާކޮށް، ކޮންމެ އަހަރަކުވެސް މި މާތަކުގެ ޝަރަފްގައި ފެސްޓިވަލެއް ބާއްވާކަން ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...