ދިއްގަރު ވިޔަފާރިވެރިން ހޭލުންތެރިކުރުމަށް ޕްރޮގްރާމެއް ހިންގައިފި

މ.ދިއްގަރުގައި ވިޔަފާރިކުރާ ފަރާތްތަކަށާއި އާންމު ފަރާތްތަކަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގުރާމެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.

އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ހިންގި މި ޕްރޮގްރާމުގައި ދިއްގަރު ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ވަނީ ދިއްގަރުގައި ވިޔަފާރިކުރާ ހުރިހާ ފިހާރަތަކަކަށް ޒިޔާރަތްކޮށް ވިޔަފާރިވެރިން ހޭލުންތެރިކުރުމުގެ ގޮތުން މަޢުލޫމާތު ދީފައެވެ. އެގޮތުން ފޯނުން ގުޅައިގެން މަކަރާއި ހީލަތުން ރީލޯޑް އަދި ރާސްޓަސް ކުރުމުގެ މައްސަލަތައް އިތުރުވަމުން އަންނާތީ އެފަދަ މައްސަލަތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމާއި، އެފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ ޢަމަލުކުރަންވީ ގޮތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ.

މި މިޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި މ.ދިއްގަރު ރައްޔިތުންނާއި ވިޔަފާރިވެރިންގެ ފަރާތުން ފުލުހުންނަށް ވަރަށްބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...