އދ. މާމިނގިލީ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރަށް މުވައްޒަފުން ހޯދަން އިއުލާން ކޮށްފި

އދ. މާމިނގިލީ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރަށް މުވައްޒަފުން ހޯދުމަށް އިޢުލާންކޮށްފިއެވެ.

މާމިގިލީގައި އެމްޕީއެލްއިން ތަރައްޤީ ކުރާ ވިޔަފާރި ބަނދަރު ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ ކުރީކޮޅުގައެވެ. އެމްޕީއެލް އިން މިއަދު ކުރި އިޢުލާނާއެކު ބުނެފައިވަނީ މިހާރު ކުރިއަށްދަނީ އެތަނުގައި ވަސީލަތްތައް ގާއިމް ކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކަމަށެވެ. 

މާމިގިލީ ބަނދަރުގެ އޮޕަރޭޝަންތައް އަންނަ މަހުގެ ފުރަތަމަ ހަފްތާގައި ފަށާއިރު އިޢުލާންކޮށްފައިވަނީ އެސިސްޓެންޓް މެނޭޖަރަކާއި ހަ އެސިސްޓެންޓް އޮފިސަރުންނާއި ފޯކްލިފްޓް، ކެރޭން އޮޕަރޭޓަރުންގެ މަގާމަށް ދެ މީހުން ހޯދުމަށް ކަމަށެވެ. މީގެ އިތުރުން ވިންޗްމަން އަކާއި ހަ ސެކިއުރިޓީ ގާޑުން އަދި ހަ ލޭބަރުން ހޯދަން ވެސް ވަނީ އިއުލާނުކޮށްފައެވެ. އެ ވަޒީފާތަކަށް ކުރިމަތިލުމުގެ ސުންގަޑި މިމަހުގެ ނަވާރަ ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެ ކަމަށް އެމްޕީއެލް އިން ބުނެއެވެ.

ޗެނަލް13އަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ ޖެނެރަލް މެނޭޖަރ އަބްދުﷲ ފާއިދު ވިދާޅުވީ،އިންޓަރނޭޝަނަލް ޕޯޓެއް ހުޅުވަން އެމްޕީއެލްއިން މާމިގިލި ހިޔާރީ އެރަށް ހިމެނޭ ސަރަހައްދަކީ ފަތުރުވެރިކަން ފުޅާވެފައިވާ ސަރަހައްދަކަށްވުމުން މިފަދަ ޕޯޓެއްގެ ޙިދުމަތް ފެށިއްޖެނަމަ، އިޤްތިސާދީ ގޮތުން ބޮޑު ކުރިއެރުންތަކެއް އެސަރަހައްދަށް އަންނާނެތީ ކަމަށެވެ. އަދި އެތަނުގައި މަސައްކަތް ކުރާނީ މުޅިންވެސް ދިވެހިން ކަމަށް ފާއިދު ވަނީ ވިދާޅުވެފައެވެ.

މާމިގިލީ ބަނދަރަކީ އެއްހާސް ތިންސަތޭކަ މީޓަރު ދިގު ބަނދަރެކެވެ. އެ ބަނދަރަކީ ރާއްޖޭގެ ރަށެއްގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ބަނދަރެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...