ފުލުހުންގެ 85ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޚާއްސަ ޑިނަރ ނައިޓެއް ބާއްވައިފި

ފުލުހުން ބޭއްވި ސެމިނާރ ގެ ތެރެއިން

ފުލުހުންގެ ޚިދުމަތަށް 85 އަހަރު ފުރުމުގެ މުނާސަބަތުގައި ފުލުހުންނާއި ފުލުހުންގެ އާއިލާތައް އެއްތަނަކުން ބައްދަލުކޮށް ހިތް އުފާކޮށްލުމުގެ ގޮތުން ޚާއްސަ ޑިނަރ ނައިޓެއް ބާއްވައިފިއެވެ

ރަސްރަނި ބަގީޗާގައި  ބޭއްވި މި ޑިނަރ ނައިޓްގައި ފުލުހުންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ތައްޔާރުކޮށްފައިވާ އޯޑިއޯ ލަވަ އަލްބަމެއް ވަނީ ރަސްމީކޮށް ނެރެފައި. އެ އަލްބަމް ނެރެދެއްވީ ދާހިލީ ވަޒީރު އަޒްލީން އަޙްމަދެވެ.

ޑިނަރ ނައިޓްގައި ފުލުހުންގެ ޚިދުމަތަށް ވިހި އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދީފައިވާ ފަރާތްތަކަށާއި ފުލުހުންގެ ޚިދުމަތަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް އެފަރާތްތަކަށް ހަނދާނީ ފިލައާއި ހަނދާނީ ލިޔުން ވެސް ވަނީ އަރުވާފައެވެ.

އެފަރާތްތަކަށް ހަނދާނީ ފިލައާއި ލިއުން ހަވާލުކޮށްދެއްވީ މިނިސްޓަރ އަޒްލީން އަދި އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒްއެވެ. ފުލުހުންގެ މުއައްޒަފުން ހުށަހަޅައިދިން މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއެކު ކުރިއަށްދިޔަ އެ ޑިނަރ ނައިޓްގައި ޖާދޫގަރެއްގެ މޮޅު ޖާދޫތަކުގެ އިތުރުން ރާއްޖޭގެ މަޝްހޫރު ބައެއް ލަވަ ކިޔުންތެރިންނާއި ހަބޭސް ބޮޑު ބެރު ގްރޫޕުގެ ހަރަކާތްތަކެއް ވަެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެ ހަފްލާގައި މިިނިސްޓަރ އަޒްލީން އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް، އަބްދުﷲ ނަވާޒާއިއެކު ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ފުލުހުންގެ ސީނިއަރ އޮފިސަރުންގެ އިތުރުން ގިނަ ޢަދަދެއްގެ ފުލުހުންނާއި ސިވިލް ސްޓާފުންނާއި ފުލުހުންގެ އާއިލާތަކުގެ މެމްބަރުން ވަނީ ބައިވެރިވެފައެެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...