މާވަރުލުގެ އެއާޕޯޓަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސްފި

މެމްބަރު ޖަމީލް އުސްމާން ޒުވާނުންތަކާއެކު މާވާރުލުގައި

ގދ. މާވަރުލުގެ އެއާރޕޯޓްގެ މަސައްކަތުގެ ބޭސިކް އިންފްރާސްޓްރަކްޗަރ އަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު އެރަށަށް ގެންދެވިފައިވާކަމަށް ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވެއްޖެއެވެ.

ގައްދޫ އަދި ގެމަނަފުށީ ދާއިރާއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ޒުވާނުންނާއިއެކު މާވަރުލުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްފަހު ޗެނަލްތާޓީންއަށް މައުލޫމާތު ދެއްވަމުން ގެމަނަފުށީ ދާއިރާގެ މަޖިލިސް މެންބަރު ޖަމީލް އުސްމާން ވިދާޅުވީ މާވަރުލު އެއާރޕޯޓަކީ ހުވަދުއަތޮޅަށް ވަރަށް މުހިއްމު އެެއާރޕޯޓެއްކަމަށާއި، ފަތުރުވެރިކަމުގެ ހަބެއްގެ ގޮތުގައި ހުވަދު އަތޮޅު ތަރައްޤީވެގެން އަންނަ އިރު އެއާޕޯޓަކީ މުޅި އެއަތޮޅުގެ ރައްޔިތުންނާ ފަތުރުވެރިން ބޭނުންކުރާނެ ތަނެއް ކަމަށެވެ.

ހުވަދު އަތޮޅަކީ ރާއްޖޭގެ ދެވަނަ އަށް އެންމެ ބޮޑު އަތޮޅަށް ވާއިރު ގިނަ އަދަދެއްގެ ތަޢުލީމީ ޒުވާނުން އަތޮޅުގައި އެބަ ތިބިކަން ފާހަގަކުރައްވާ ޖަމީލް އުސްމާން ވިދާޅުވީ މި އެއާޕޯޓްގެ ސަބަބުން ރަށުގައި އާއިލާއާއެކު ތިބެ ވަޒީފާ އަދާކުރުމުގެ ފުރުސަތު އެ ޒުވާނުންނަށް ލިބިގެންދާނެ ކަމަށް. ޖަމީލް އުސްމާން ވިދާޅުވީ މާވަރުލު އެއާރޕޯޓަކީ ހުވަފެނީ ތަނެއް ގޮތުގައި ރައްޔިތުންނަށް ސިފަކޮށްދިނުމަށް ބަޔަކު މަސައްކަތް ކުރަމުންދިއުމުގެ ސަަބުބުން އަތޮޅުގެ ރައްޔިތުންނާއި ޒުވާނުންނަށް އެއާރޕޯޓްގެ މަސައްކަތް ކުރިއަށްދާ ގޮތުގެ މައުލޫމާތު އިނގެން ބޭނުންވާކަމަށެވެ.

މާވަރުލު އެއާރޕޯޓް ކުރިއަށްދާގޮތް ޒުވާނުންނަށް މިއަދު ދައްކާލާފައިވާއިރު އެ ތަނުގެ މަސައްކަތް ދާ ގޮތާއި މެދު ހުރިހާ ޒުވާނުންވެސް ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ތިބި ކަމަށް ޖަމީލް އުސްމާން ވިދާޅުވިއެވެ. މާވަރުލު އެއާޕޯޓްގެ މަސައްކަތް ކުރިއަށްދާ ގޮތާއި ގުޅޭގޮތުން އިތުރަށް މައުލޫމާތު ދެމުން ޖަމީލް އުސްމާން ވިދާޅުވީ އެއާރޕޯޓަށް މާވަރުލުގެ އެއާރޕޯޓްގެ މަސައްކަތުގެ ބޭސިކް އިންފްރާސްޓްރަކްޗަރ އަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު އެރަށަށް ގެންދެވިފައިވާކަމަށެވެ.

އެގޮތުން އެރަށް ބޭނުންވާ ކަރަންޓާއި ފެނާއި މެޝިނަރީސް ތަކުގެ އިތުރުން މަސައްކަތް ކުރަން ބޭނުންވާ މުވައްޒަފުންވެސް މިހާރު އެރަށް ގޮސްފައިވާކަމަށް ޖަމީލް އުސްމާން ވިދާޅުވިއެވެ. މާވާރުލު އެއާރޕޯޓަކީ ފަޅުރަށެއްގައި ހަދާ އެއާރޕޯޓެއްކަމަށްވުމާއެކު އެރަށުގެ ބަނަދަރު ހެދުމާއި ސްޓާފުން އުޅޭނެ ތަންތަން ހެދުމުގެ މަސައްކަތްވެސް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށް ޖަމީލް އުސްމާން ވިދާޅުވިއެވެ.

އަދި މީގެ އިތުރުން އެއާރޕޯޓްގެ ރަންވޭ އެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ވެސް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށާ މިމަސައްކަތް ތަވާލްކުރެވިފައިވާ ދުވަހަށް ނިންމާލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ޖަމީލް އުސްމާން ވިދާޅުވިއެވެ. ގައްދޫ ދާއިރާއާއި ގެމަނަފުށީ ދާއިރާގެ ޒުވާނުންގެ ތެރެއިން ގިނަ އަދަދެއްގެ ޒުވާނުން މިއަދު މާވަރުުލު އެއާރޕޯޓްގެ މަސައްކަތް ކުރިއަށް ދާގޮތް ބަލާލާފައިވާކަމަށް ޖަމީލް އުސްމާން ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...