ސިވިލް ސާވިސް މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކުރަންޖެހޭ: ނައިބު ރައީސް

ރައީސުލްޖުމުހޫރިއްޔާގެ ނައިބް އަބްދުﷲ ޖިހާދު

ސިވިލް ސަރވިސްގެ ޚިދުމަތުގައި ތިބި މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކުރުމަކީ، އެ މުވައްޒަފުންގެ މަސައްކަތަށް ލިބޭނެ އިތުރު ކުރިއެރުމެއް ކަމަށާއި، 
ސަރުކާރުގެ ފުދުންތެރިކަން ހުރި މިންވަރަކުން މުވައްޒަފުންނަށް ދެވޭ އިނާޔަތްތައް އިތުރުކުރަމުން ގެންދަވަނީވެސް، މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުންކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެއެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވެވި "ސިވިލް ސަރވިސް ކޮންފަރެންސް 2018" ފެށްޓެވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.


ސިވިލް ސަރވިސް ކޮންފަރެންސް 2018 ފެށްޓެވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވީ ރާއްޖެފަދަ ކުދި ޖަޒީރާތަކަކުން އުފެދިފައިވާ ޤައުމެއްގައި، ރައްޔިތުން ބޭނުންވާ ފެންވަރަށް ޚިދުމަތް ދިނުމަކީ ބޮޑެތި ގޮންޖެހުންތަކެއް ހުރިކަމެއް ކަމަށެވެ. އަދި ބަވަނަވަމުންދާ ދުނިޔޭގައި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރައްޔިތުންނަށް އެންމެ ފުރިހަމަ ޚިދުމަތެއް ދިނުމަށް ސިވިލް ސަރވިސްއިން އަބަދުވެސް މަސައްކަތް ކުރަންޖެހޭކަމަށް ޖިހާދު ވިދާޅުވިއެވެ. އަދި ތަރައްޤީގެ މަގުގައި ފައި ހަމަކޮށް، ރައްޔިތުންގެ އިޙްސާސްތައް ދެނެގަނެ ކުރިއަށް ދެވޭނީ، ޚިދުމަތުގެ ފެންވަރު ކެނޑިނޭޅި ތަރައްޤީ ކުރަމުން ގެންގޮސްގެން ކަމަށްވެސް ޖިހާދު ވިދާޅުވިއެވެ.

ޖިހާދު ވިދާޅުވީ ސިވިލް ސަރވިސްގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ އެންމެ ބޮޑު އެއް އަސާސަކީ، ޚިދުމަތާ ގުޅޭ މީހުންގެ ފެންވަރު ރަނގަޅު ކޮށްގެންކަމަށް. މިގޮތުން މަސައްކަތަށް އެކަށޭނަ ހުނަރު ހުރި އެންމެ ޤާބިލު ފަރާތައް ވަޒީފާ ހަމަޖެހިގެންދިއުން ކަމަށެވެ.


އިތުރަށް ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގެ ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، އެންމެ ބޮޑަށް ބޭނުންކުރެވޭ އެއްޗަކީ ޓެކޮނޮލޮޖީ ކަމަށެވެ. ސިވިލް ސަރވިސްގެ ޚިދުމަތް ފޯރުކޮށްދިނުމުގައިވެސް ބަލަންވީ، ޓެކްނޮލޮޖީގެ ބޭނުންހިފައި، ކަރުދާސް ވީހާވެސް މަދުކޮށް، ޢާންމު ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށްދިނުމަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ޖިހާދުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ ސިވިލް ސަރވިސް މުވައްޒަފުންނަކީ، އެ ވަގުތަކު އޮތް ސަރުކާރަކުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދޭން ތިބި ބައެއްކަމަށާއި، އަޅުގަނޑުމެންގެ ތެރޭގައި ތަފާތު ވިސްނުމުގެ މީހުން ތިބޭނެކަން ގަބޫލުކުރާހިނދު، ޤައުމަށްޓަކައި، ނޫނީ ރައްޔިތުންނަށްޓަކައި ދެވޭ ޚިދުމަތަކަށް އޭގެ އަސަރު ފޯރުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫންކަމަށެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...