އަގުހުރި އިނާމުތަކާއެކު އޭސް ހާޑްވެއާ އާއި ކަލަބޭންކުގެ "ރޯދަ ބަދަލު" ޕްރޮމޯޝަން ފަށައިފި

މިއަހަރުގެ ރޯދަ މަހާ ދިމާކޮށް ރޯދަ ބަދަލު ގެ ނަމުގައި ވަރަށް ޚާއްސަ ޕޮރޮމޯޝަނެއް އޭސްހާޑްވެއަރ އާއި ކަލަރބޭންކުން ފަށައިފިއެވެ.

ޖޫން މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ ދަށުން އޭސް ހާޑްވެއަރ އާއި ކަލަރ ބޭންކުން ރޯދަ މަހަށް ޚާއްސަ ކޮށްގެން ވިއްކާ މުދަލުން 80 އިންސައްތައާއި 90 އިންސައްތައާއި ދެމެދުގެ ޑިސްކައުންޓެއް ލިބިގެންދާނެއެވެ.

ހަމައެއާއެކު މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ސޯޝަލް މީޑިއާގައި ވެސް ކުދި ކުދި ޕޮރޮމޯޝަންތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

މީގެ އިތުރުން އޭސް ހާޑްވެއާ ނުވަތަ ކަލަބޭންކުން 300 ރުފިޔާއަށްވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް އިނާމެއްގެ ގޮތުގައި 300،000 ރުފިޔާގެ ނަގުދު ފައިސާ ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

މިދިޔަ އަހަރު ވެސް ރޯދަ މަހާ ދިމާކޮށް މިފަދަ ޕްރޮމޯޝަނެއް އޭސްހާޑްވެއަރ އާއި ކަލަރބޭންކުން ވަނީ ކުރިއަށްގެންގޮސްފައެވެ. އެންމެ ސަޅި ރޯދަ ސޭލްގެ ނަމުގައި މިދިޔަ ދެ އަހަރު ކުރިއަށް ގެންދިޔަ ޕްރޮމޯޝަންތަކުގައި ވެސް ނަސީބުވެރި ފަރާތްތަކަށް 300،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ދީފައެވެ.

އޭސް ހާޑްވެއާއާއި ކަލަބެންކަކީ 1986 ވަނަ އަހަރު އުފަންވ ކޯ ލޯޑް މޯލްޑިވްސްގެ ދަށުން ހިންގަމުންދާ ދެ ކުންފުންޏެވެ.

ކަލާރބެންކަކީ ސިކަންސް އަދި ޖޯޓަން މެރިން ޕެއިންޓްސް ފަދަ ދުނިޔޭގެ ނަން މަޝްހޫރު އެތައް ޕެއިންޓް ބްރޭންޑްތަކުގެ ރާއްޖޭގެ ސޯލް ޑިސްޓްރިބިއުޓަރއެވެ. އަދި 2011 ވަނަ އަހަރު ރާއްޖޭގައި ހުޅުވި އޭސް ހާޑްވެއާ އަކީ އޭސް އިންޓަނޭޝަނަލް ޗިކާގޯ ޔޫއެސްއޭއާއި އެކު ފްރެންޗައިސް އެއްބަސްވުމެއްގެ ދަށުން ސާކް ރީޖަންގައި ހުޅުވި ފުރަތަމަ ފިހާރައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...