ނޭޝަނަލް ފިލްމު އެވޯޑްސްގެ ބެސްޓް އެކްޓްރެސް އަކަށް ސްރީދޭވީ

ސްރީދޭވީ އާއިލާއަކު

 


ބޮލީވްޑުގެ މިއަހަރު ނޭޝަަނަލް ފިލްމު އެވޯޑްސް ގެ ވަނަ ވަނަ އަށް ފަރަތްތައް އިއުލާން ކޮށްފައިވާއިރު މި އެވޯޑްސް އެންމެ މޮޅު އެކްޓްރަސް އަކަށް ހޮވިފައިވަނީ ސްރީދޭވީއެވެ. މިއީ މަރުވެފައިވާ މީހަކަށް މި ކެޓަގަރީން އެވޯޑެއް ލިބުނު ފުރަތަމަ ފަހަރެވެ.

ސްރީދޭވީއަށް ބެސްޓް އެކްޓްރަސްގެ އެވޯޑް ލިބިފައިވަނީ އޭނާ އެންމެ ފަހުން ފެނިގެންދިއަ ފިލްމު "މޮމް" އިންނެވެ. މިފިލްމުގައި ތަފާތު މޮޅު އެކްޓިންއެއް ސްރީދޭވީ ދެއްކި އިރު ގިނަ ބައެއްގެ ފަރާތުން އޭނާ ގެ އެ ރޯލަށް ވަރަށް ބޮޑަށް ތައުރީފުކޮށްފައެވެ. އަދި މިއީ އޭނާ މިގަދަ މެއިން ރޯލަކުން ފެނިގެން ދިއަ 300 ވަނަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.

ސްރީދޭވީއަށް މިއެވޯޑް ލިބުމާއެކު ދެކުދިންނާއި ފިރިމީހާ ނެރެފައިވާ ސްޓޭޓްމެންޓެއްގައި ބުނެފައިވަނީ ސްރީދޭވީއަށް މިއެވޯޑް ލިބުމުން ވަރަށް އުފާވާކަމަށާއި، އަދި އޭނާގެ މަސައްކަތް ގަބޫލުކޮށް ޖޫރީން އޭނާއަށް އެވޯޑް ދިނުމަށް ނިންމުމުން އެކަމަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރާކަމަށެވެ. އަދި އެއީ އާއިލާއަށް ވަރަށް ޚާއްސަ ވަގުތުކޮޅެއް ކަމަށާއި، ސްރީދޭވީ ކުޅުނު ތިންސަތޭކައަށްވުރެ ގިނަ ފިލްމުގައި އޭނާ ދައްކަދީފައިވަނީ ވަރަށްފުރިހަމަ އަދި އެހާމެ ކުޅަދާނައެކްޓިން އެއްކަމަށް އާއިލާއިން ބުނެފައިވެއެވެ.

އަދި ސްރީދޭވީއަކީ "ސްޕާ އެކްޓަރެއް"ގެ އިތުރުން "ސުޕަރ ވައިފެ"އް އަދި "ސުޕަރ މަމް"އެއްކަަށް ވެސް އެ ސްޓޭޓްމަންޓްގައިވެއެވެ. މީގެ އިތުރުންވެސް އެސްޓޭޓްމަންޓްގައި ބުނެފައިވަނީ މިއީ ސްރީދޭވީގެ މަސައްކަތް ފާހަގަކުރަންޖެހޭ ވަގުތު ކަމަށާއި، އެގޮތުން އިންޑިއާގެ ސަރުކާރުންނާއި އަދިވެސް ސްރީދޭވީގެ މަސައްކަތްތައް މިހާހިސާބަށް ފާހަގަކޮށްފައިވާ އެންމެނަށް ޝުކުރުއަދާކުރާކަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...