340 އަށް ވުރެ ގިނަ ބައިވެރިންނާއެކު ޓީޓީއެމް 2018 މި މަހުގެ 30 ވަނަ ދުވަހު ފަށަނީ

140 އަށްވުރެ ގިނަ ރިސޯޓުތަކާއި 200 އަށް ވުރެ ގިނަ ޓްރެވަލް އޭޖެންޓުންނާއެކު ޓްރެވަލް ޓްރޭޑް މޯލްޑިވްސްގެ ހޮޓެލިއަރ ސަމިޓް މި މަހު ފަށާނެ ކަމަށް ޓީޓީއެމްއިން ބުނެފިއެވެ.

މިއަހަރުގެ ޓީޓީއެމް ފެއާއަކީ މި ސިލްސިލާގައި ދެވަނަ ފެއާއެވެ. މި ފެއާގައި ހޮޓެލިއަރ ސަމިޓަކާއި މީޓިންގްތަކާއި ސަޕްލަޔަރ އެކްސްޕޯއެއްގެ އިތުރުން ގާލާ ނައިޓަކާއި ޓޫރިޒަމް ކެރިއަރ ފެއާއެއް ވެސް ކުރިއަށްދާނެއެވެ.

މީގެ ތެރެއިން ހޮޓެލިއަރ ސަމިޓް މި މަހުގެ 30 ވަނަ ދުވަހު ބަނޑޮސް އައިލެންޑް ރިސޯޓުގައި ބާއްވާއިރު، މެއި މަހުގެ ފުރަތަމަ ދުވަހާއި ދެވަނަ ދުވަހު މީޓިންގްތައް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

މިދިޔަ އަހަރުގެ ޓީޓީއެމް ފެއާގެ މީޓިންގްތަކުގައި 100 ހޮޓެލިއަރ އަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ 150 އޭޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންނާއެކު 4،000 އަށްވުރެ ގިނަ މީޓިންގްތައް ވަނީ ބާއްވާފައެވެ.

މީގެ އިތުރުން މެއި މަހުގެ ދެވަނަ ދުވަހު ސަޕްލަޔަރ އެކްސްޕޯ ބާއްވާއިރު، ހަމަ އެ ދުވަހު އަދާރަން ސެލެކްޓް ހުދުރަންފުށީގައި ގާލާ ނައިޓް އޮންނާނެއެވެ. އަދި އާންމުކޮށް ހުޅުާލައިގެން ކުރިއަށްގެންދާ ޓޫރިޒަމް ކެރިއަރ ފެއާ އޮންނާނީ މެއި މަހުގެ ތިންވަނަ ދުވަހުގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...