އުރީދޫގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑްގެ ޚިދުމަތް ގއ. ވިލިނގިލީގައި ތައާރަފްކޮށްފި

100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑުތަކާއި އެކު، އުރީދޫގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ގއ. ވިލިނގިލީގައި ތައާރަފްކޮށްފިއެވެ.

މި ޚިދުމަތުގެ ދަށުން 100 އެމްބީޕީއެސްއާއި ހަމައަށް ހަލުވި ސްޕީޑުތަކުގައި ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ވިލިނގިލީގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އުރީދޫއިން މައުލޫމާތު ދެއެވެ.

ވިލިނގިއްޔަށް މި ޚިދުމަތް ތައާރަފް ކުރުމާއި ގުޅިގެން އޭޕްރިލް މަހުގެ 30 ވަނަ ދުވަހުގެ ކުރިން އެ ރަށުން އުރީދޫގެ ސުޕަރނެޓްގެ ޚިދުމަތް ޚިޔާރު ކުރައްވާ ފަރާތްތަކަށް، 12 މަސް ދުވަހުގެ މަހުފީ އިން 30 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ވެސް އެކުންފުނިން ވަނީ ފަށާފައެވެ. އަދި މި ޚިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް ކަނެކްޝަން ފީއެއް ނުނަގާނެ ކަމަށް ވެސް އެކުންފުނިން މައުލޫމާތު ދެއެވެ.

މީގެ އިތުުރުން އުރީދޫއިން ބުނީ 12 މަސް ދުވަހުގެ އިންސްޓޯލްމަންޓް ޕްލޭނެއްގެ ދަށުން ސުޕަނެޓްގެ ރައުޓަރު ގަތުމުގެ ފުރުސަތު ވެސް ހުޅުވާލާފައިވާ ކަމަށެވެ. އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ޚިދުމަތުގައި ވެސް ކަސްޓަމަރުންނަށް އެކިއެކި ޕެކޭޖްތައް ޚިޔާރު ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...