"ނާގިން 3" އަންނަ ޖުލައި މަހުގެ ދެވަނަ ދުވަހު ފަށަނީ

އަނީތާ ހަސްނަންދާނީ އަދި ކަރިޝްމާ ތަންނާ

ހިންދީ ޑްރާމާ ސީރީޒް ނާގިން އަކީ ދިވެހިންގެ މެދުގައި ވަރަށް މަގުބޫލުވި ޑްރާމާއެކެވެ.


މިޑްރާމާގެ ދެ ސީޒަން މީގެ ކުރިން ނިމިފައިވާއިރު ތިންވަނަ ސީޒަން އަންނަ ޖޫން މަހުގެ ދެވަނަ ދުވަހު ފެށުމަށް ކަލާސް ޓީވީން މިހާރު ވަނީ ޝެޑިއުލްކޮށްފައެވެ. މީގެ ކުރީގެ ސީޒަން ތަކާއި މިސީޒަން އާއި ތަފާތު ވާނެ ކަމަށް ޕްރޮޑިއުސަރުން ބުނެފައިވާއިރު އެންމެ ބޮޑު ތަފާތެއްގެ ގޮތުގައި މި ސީޒަނުން ފެނިގެންދާނީ ލީޑްރޯލުން ފެނިގެންދާ އަންހެންތަރިންނެވެ.

އެގޮތުން ފާއިތުވި ދެސީޒަނުގައިވެސް މޯނީރޯއި އަދި އާދާޚާން ލީޑްރޯލުން ފެނިގެންދިއައިރު، މިދެތަރިންގެ ބަދަލުގައި މިފަހަރުގެ ސީޒަނުން ފެނިގެންދާނީ މަޝްހޫރު ޓީވީ ތަރި އަނީތާ ހަސްނަންދާނީ އަދި ކަރިޝްމާ ތަންނާނެއެެވެ. މިދެތަރިންގެ އިތުރުން މަޝްހޫރު ޓީވީ ތަރިން ކަމުގައިވާ ސްރުބީ ޖޯތީ އަދި ޕާލް ވީ ޕޫރީ ވެސް މުހިއްމު ރޯލަކުން ފެނިގެންދާނެ ކަމަށް މީޑިއާ ރިޕޯޓްތަކުފައިވެއެވެ

އެކްތާ ކަޕޫގެ މިޑްރާމާ ސީރީޒްގެ ފުރަތަމަ ސީޒަން ދެހާސްފަނަރަ ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ގޮސް ނިންމާފައިވަނީ ދެހާސްސޯޅަވަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ދެވަނަ ސީޒަން ދެހާސް ސޯޅަވަނަ އަހަރުގެ އޮކްޓޫބަރުގައި ފަށާފައިވާއިރު ނިންމާފައިވަނީ ދެހާސް ސަތާރަ ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.

ތިންވަނަ ސީޒަން ފެށުން އަންނަ ޖޫން މަހުގެ ދެވަނަ ދުވަހު ފަށަން ނިންމާފައިވާއިރު މިޑްރާމާ ގެނެސްދޭނީ މިހާރު ކަލާސް ޓީވީން ގެނެސްދޭ ޗަންދުރަކާންތާ މިހާރު ދައްކަމުން އަންނަ ގަޑީގައެވެ. ޗަންދުރަކާންތާ ގެ ފަހު އެފިސޯޑް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 27 ވަނަ ދުވަހުގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
ދިޕިކާ ބަނޑުބޮޑީތަ؟
Loading...