އައިސީސީގެ އޭޝިއާ ކޮލިފައިން މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމް ފުރައިފި


ދިވެހިރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ގައުމީ ކްރިކެޓް ޓީމް ބައިނަލްއަގްވާމީ ކްރިކެޓް ކައުންސިލް (އައިސީސީ) ގެ މުބާރާތެއްގައި ވާދަކުރުމަށް ފުރައިފިއެވެ. 

ރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމް، އައިސީސީ ވޯލްޑްކަޕް ޓީ 20 ގެ އޭޝީއާ ކޮލިފައިންގެ އޭ މުބާރާތުގައި ބައިވެރިވުމަށް ކުވައިތައް ވަނީ ފުރައިފައެވެ. ރާއްޖޭގެ ކްރިކެޓް ޓީމް ކުވައިތަށް ފުރުމުގެ ކުރިން ސްރީލަންކާގައި ހާއްސަ ތަމްރީން ތަކެއް ކުރުމަށް ހަމަޖެހިފައިވެއެވެ.

ރާޢްޖޭގެ ޓީމުގެ ފަރާތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން، ރާއްޖޭގެ ޤައުމީ ޓީމުގެ މެނޭޖާ އިސްމާއިލް ނިހާދް ވިދާޅުވީ، ޤައުމީ ކްރިކެޓް ޓީމު މި ފަހަރުގެ މުބާރާތުގައި ރަނގަޅު ހިސާބަކަށް ދިޔުމަށް ވަރަށް ބޮޑަސް ތައްޔާރުވެފައިވާ ކަމަށެވެ. ނިހާދް ވިދާޅުވި ގޮތުގައި މި ފަހަރުގެ މުބާރާތުގައި ވާދަ ކުރަނީ އޭޝިއާގެ އެންމެ ވަރުގަދަ ޓީމްތައް ކަމަށެވެ. 

އެގޮތުން މި ފަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި ވެސްޓް އިންޑީސް ބަލިކޮށްފައިވާ ޔޫއޭއީވެސް ރާއްޖޭ ވަދަ ކުރާ ގުރޫޕުގައި ހިމެނޭކަން ނިހާދު ފާހަގަކުރެއްވި. ނިހާދް ވިދާޅުވީ އެންމެ ބޮޑު މަގްސަދަކީ ރަނގަޅު ނަތީޖާއެއް ނެރުން ކަމަށެވެ. 



މީގެއިތުރުން ނޫސްވެރިންނާއި މަޢުލޫމާތު ދެއްވަމުން ރާއްޖޭގޭ ޓީމުގެ ކޯޗް އަހްމަދު ނީޝަމް ނާސިރު ވިދާޅުވީ، މި ފަހަރުގެ ޤައުމީ ޓީމު އޮތީ ވަރަށް ރަނގަޅައް ތައްޔާރަށް ކަމަށެވެ. ކޯޗު ވިދާޅުވި ގޮތުގައި މީގެކުރިންވެސް ޤައުމީ ޓީމުން ސައުދީ އަދި ގަތަރު އާއި ދެކޮޅަށް ކުލެ، މޮޅުވެފައިވާކަމަށާއި އެހެން ކަމުން މި ފަހަރު މުބާރާތުގައި މެޗްތަކުން މޮޅުވުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށެވެ. އަދި އެކަމަށް ވަރަށް ބޮޑައް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ. 

އޮސްޓޭރިލާގެ ސެކަންޑް ޑިވިޝަންގައި ކުޅެފައިވާ ރާއްޖޭގެ ކްރިކެޓް ޓީމުގެ ޒުވާން ކެޕްޓަން ހަސަން އިބްރާހިމް ބުނީ މި ފަހަރުގެ ޓީމުގައި ޤައުމު ފަޙްރުވެރިވާ ވަރުގެ ސްކޮޑް އެބައޮތް ކަމަށް. ހަސަން ބުނީ ޓީމުގެ ވަކި އަމާޒްތަކެއް އެބަހުރި ކަމަށާއި، އެގޮތުން މިފަހަރު ލަންކާއަށް ގޮސް ރަނގަޅައް މެޗަށް ތަމްރީން ވުމަށް ފަހު މުބާރާތައް ދާނެ ކަމަށެވެ. 

ޓީމާއި ގުޅޭގޮތުން ވާޙަކަ ދައްކަވަމުން ކްރިކެޓް ބޯޑުގެ ރައީސް އަފްލަހް ވިދާޅުވީ ޓީމާއި މެދު އުންމީދު ވަރަށް ބޮޑު ކަމަށް. އެގޮތުން ދެކޮޅައް ނިކުންނަ ޓީމުތަކަކީ މީގެކުރިން ޤައުމީ ޓީމް ބަލިކޮށްފައިވާ ޓީމްތަކެއް ކަމަށާއި އެހެން ކަމުން އުންމީދު އަކީ ދުރަށް ދިޔުން ކަމަށެވެ.

އެގޮތުން، ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހިފައިވަނީ ޓްވެންޓީ ޓްވެންޓީ ކްރިކެޓް ވޯލްޑް ކަޕްގެ ޕްރެލިމިނަރީ ކޮލިފައިންގައެވެ. ވިހި އޯވަރުގެ ކްރިކެޓްގެ ދުނިޔޭގެ އެންމެ ބޮޑު މުބާރާތުގެ ޕްރީ ކޮލިފައިންގެ ވެސްޓް ޒޯން ކުވޭތުގައި އޮންނަ އިރު، ކޮލިފައިންގައި ރާއްޖޭގެ އިތުރުން ބަހުރޭނާއި ގަތަރާއި ސައުދީ އަރަބިއްޔާ އާއި ޔުނައިޓެޑް އަރަބި އެމިރޭޓްސް ވާދަކުރާނެއެވެ. އަދި ހަ ޓީމުގެ މެދުގައި މެޗުތަކެއް ކުޅުމަށް ފަހު، ފައިނަލަށް ހޮވޭ ދެ ޓީމަށް ކޮލިފައިންގެ ދެވަނަ ބުރުން ފުރުސަތު ލިބޭނެއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރިލް 18 ވަނަ ދުވަހުން ފެށިގެން އޭޕްރީލް 27 ވަނަ ދުވަހުގެ ނިޔަލަށް ކުވައިތުގައި.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...