ދިރާގު ފައިބަރ އިންޓަނެޓް އަދި ދިރާގު ޓީވީގެ ޚިދުމަތް ގއ. ވިލިނގިލީގައި ތަޢާރަފްކޮށްފި

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތައް ފުޅާކޮށް ތަރައްޤީކުރުމުގެ ގޮތުން ދިރާގު ޓީވީގެ ޚިދުމަތާއެކު ދިރާގުގެ ހައިސްޕީޑް ފައިބަރގެ ޚިދުމަތް ގއ. ވިލިނގިލީގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

ވިލިނގިލީގައި މި ދެ ޚިދުމަތް ތައާރަފު ކުރުމާއި އެކު ޚާއްސަ ޕްރޮމޯޝަނެއް ވެސް އެ ރަށުގައި ދިރާގުން ވަނީ ފަށާފައެވެ. އެ ޕްރޮމޯޝަނުގެ ދަށުން ފައިބަރ އަދި ދިރާގު ޓީވީގެ ޚިދުމަތް އެއްވެސް އަގަކާނުލައި ގުޅައި ދިނުމުގެ އިތުރުން ދިރާގު ޓީވީ ބެލުމަށް ބޭނުންވާ ޖޯއިބޮސް ހިލޭ ލިބޭނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން މި ހިނގާ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުގެ ކުރިން ޚިދުމަތަށް އެދި ހުށަހަޅާ ފަރާތްތަކުގެ މެދުގައި ޚާއްސަ ލަކީ ޑްރޯއެއް ނެގުމަށް ރާވާފައިވާ ކަމަށާއި އެ ލަކީޑްރޯގައި ގުރުވަތުން ހޮވޭ ފަރާތަކަށް 55 އިންޗީގެ ޓީވީއަކާއި އެއް އަހަރު ދުވަހުގެ މުއްދަތަކަށް ދިރާގު ޓީވީގެ ޚިދުމަތް ހިލޭ ލިބޭނެ ކަމަށް އެކުންފުނިން މައުލޫމާތު ދެއެވެ.

ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ޚިދުމަތެވެ. ދިރާގުން ބުނީ މާލެއާއި އަތޮޅު ތެރޭގައި އެކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކުގައި އެއްވެސް ތަފާތު ކުރުމެއް ނުހުންނާނެ ކަމަށާއި އެގޮތުން އަތޮޅު ތެރޭގައި ވެސް ދިރާގު ޓީވީގެ އިންޓްރޮޑަކްޓްރީ ޕެކޭޖުގައި 80 އަށް ވުރެ ގިނަ ޗެނަލްތައް ބަލާލެވޭނެ ކަމަށެވެ.

އެންމެ 300 ރުފިޔާއަށް ލިބޭ ދިރާގު ޓީވީގެ އިންޓްރޮޑަކްޓްރީ ޕެކޭޖުގެ ޗެނަލްތަކުގެ ތެރޭގައި ރާއްޖޭގައި މުޅިން އަލަށް ތައާރަފްކުރި ޑިޒްނީގެ ޗެނެލްތަކާއި ޚަބަރާއި މުނިފޫހިފިލުވުން އަދި އެންމެ ފަހުގެ ހިންދީ އަދި އިނގިރޭސި ފިލްމާއި މިއުޒިކް ޗެނެލްތައް ހިމެނެއެވެ.

ދިރާގު ޓީވީއަކީ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަނެއް މެދުވެރިކޮށް ޖޯއިބޮކްސް ނުވަތަ ސެޓްޓޮޕް ބޮކްސް މެދުވެރިކޮށް ހޯދާ ހިދުމަތެކެވެ. އެހެން ނަމަވެސް ދިރާގު ޓީވީ ބެލުމަށް އިންޓަނެޓްގެ އިތުރު ހަރަދެއް ނުހިނގާނެ ކަމަށާއި އިންޓަނެޓްގެ ޑައުންލޯޑް ލިމިޓަށް ވެސް އަސަރެއް ނުކުރާނެއެވެ.

ވިލިނގިލީގައި ފައިބަރ އިންޓަނެޓްގެ ޚިދުމަތް ވެސް ދިރާގުން ތައާރަފްކޮށްފައިވާއިރު، މި ޚިދުމަތުގެ ދަށުން އިންޓަނެޓް ސްޕީޑް 100 އެމްބީޕީއެސްއާއި ހަމައަށް އަދި އެލަވަންސްގެ ގޮތުގައި އެއް ޓީބީއާއި ހަމައަށް ހުންނަ ޕެކޭޖްތައް ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

ދިރާގުގެ ފައިބަރ ޓު ދަ ހޯމްގެ ޚިދުމަތް މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ އިތުރުން ތިރީސް އަށް ރަށަކަށް ފޯރުކޮށްދީފައިވާއިރު، އޭޑީއެސްއެލްގެ ޚިދުމަތް ރާއްޖޭގެ އާބާދީ ބޮޑެތި ހުރިހާ ރަށަކަށް ލިބޭނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...