ރޭގެ މެޗު ޗެންނާއީ ސުޕާ ކިންގްސް 5 ވިކެޓުން ކާމިޔާބްކޮށްފި

އިންޑިއަން ޕްރިމިއާ ލީގުގައި ޗެންނާއި ސުޕާ ކިންގްސްއާއި ކޮލްކަތާ ނައިޓް ރައިޑާރސް ބައްދަލުކުރި މެޗު ޗެންނާއި ސުޕާ ކިންގްސް ދުއިސައްތަ ފަސް ލަނޑު ހަދައި މެޗު ކާމިޔާބްކޮށްފިއެވެ

އިންޑިއާގައި މިހާރު ކުރިއަށްދާ އިންޑިއަން ޕްރިމިއާ ލީގުގައި، ޗެންނާއި ސުޕާ ކިންގްސްއާ ކޮލްކަތާ ނައިޓް ރައިޑާރސް ބައްދަލުކުރި މެޗުގައި ޗެންނާއި ސުޕަރ ކިންގްސް ވަނީ ފަސް ވިކެޓުން މޮޅުވެފައެވެ. ފުރަތަމަ އިނިންގްސްގައި ކުޅެން އަރާ ކޮލްކަތާ ނައިޓް ރައިޑާރސް ވަނީ ހަ ކުޅުންތެރިން ނުބައި ވެގެން ދުއިސައްތަ ދެ ލަނޑު ހަދާފައެވެ.

ކޮލްކަތާގެ ބެޓްސްމަން އެންޑްރޫ ރަސެލް ވަނީ ތިރީސް ހަ ބޯޅައިން އަށްޑިހަ އަށް ލަނޑު ހަދާފައި. އެގޮތުން އެ އިނިންގްސްގައި އެންޑްރޫ ވަނީ އެގާރަ ފަހަރު ހަޔަކަށް ޖަހާފައެވެ. މީގެއިތުރުން ކޮލްކަތާ ގެ ކެޕްޓަން ޑިނޭޝް ކާތިކް ވަނީ ސައްބީސް ލަނޑު ހަދާ، ސަތާރަ ވަނަ އޯވަރުގައި ނުބައިވެފައެވެ.

އަދި ކޮލްކަތާގެ ސްކޯ ލައިން އަށް އެހީ ވެދިން ކުޅުންތެރިންގެ ތެރޭގައި ސުރޭޝް ރައިނާ އެއްލި ބޯޅައަކުން ރަން އައުޓްވި ރޮބިން އުއްތަޕާ ހިމެނެއެވެ. އުއްތަޕާ ވަނީ ނަވާވީސް ލަނޑު ހަދާފައެވެ. ވިހި އޯވަރުގެ ތެރޭގައި ބޮޑު ސްކޯއެއް ހަދަން ޖެހުނު ނަމަވެސް ޗެންނާއީން ވަނީ މޮޅު ބެޓިން ލައިނަކާއި އެކު ދެވަނަ އިނިންގްސްގައި ކުޅެން އަރާފައެވެ.


އެގޮތުން ޗެންނާއިގެ ޝޭން ވޮޓްސަން ވަނީ ނަވާރަ ބޯޅައިން ސާޅީސް ދެ ލަނޑު ހަދާފައި. ޝޭން ވަނީ ތިން ފަހަރު ހަޔަކަށް އަދި ތިން ފަހަރު ހަތަރަކަށް ޖަހާފައެވެ. ޝޭން އައުޓްވެފައި ވަނީ ޓޮމް ކުރެން އެއްލި ބޯޅައެއް ޝޭން ވައިގެ ތެރެޔަށް ޖެހުމަށް ފަހު، ފީލްޑަށް ވެއްޓުމުގެ ކުރިން ރިންކު ސިންގް ހިފުމުގެ ސަބަބުނެވެ.

މި މެޗްގައި އެންމެ މޮޅު ކުޅުމެއް ދެއްކި އިނގިރޭސިވިލާތުގެ ޒުވާން ކުޅުންތެރިޔާ ސޭމް ބިލިންގްސް ވަނީ ތޭވީސް ބޯޅައިން ފަންސާސް ހަ ލަނޑު ހަދާފައެވެ. އޭނާ ވަނީ ސްކޯއަށް ބަދަލެއް ގެނައުމަށްފަހު އަށާރަ ވަނަ އޯވަރުގައި ނުބައިވެފައި. މި މެޗް ޗެންނާއީ އަށް ކާމިޔާބު ކޮށްދިނީ ސޭމް ބިލިންގްސް އަށްފަހު ކުޅެން އެރި ބުރާވޯ އާއި ސޭމް އާއި އެކު ކުޅެމުން ދިޔަ ބެޓްސްމަން ޖަޑޭޖާއެވެ. ޖަޑޭޖާ ވަނީ ދެ ބޯޅައިން ހަތަރު ލަނޑު ހަދަން އޮއްވާ، ހަޔަކަށް ޖަހާ ޗެންނާއީ އަށް މެޗް ކާމިޔާބްކޮށްދީފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...