އާލިއާ ބަޓްގެ ފިލް "ރާޒީ"ގެ ޓްރައިލާއަށް ގިނަ ބައެއްގެ ތަރުހީބު!

ފިލްމް "ރާޒީ"ގެ ޕޯސްޓަރ

އާލިއާ ބަޓް ދެން އެންމެ އަވަހަށް ފެނިގެންދާ ފިލްމު ރާޒީ ޓްރެއިލާ އަންގާރަ ދުވަހު ރިލީޒް ކުރުމާއެކު އާއްމުންގެ ފަރާތުން ލިބެމުން އަންނަ ކޮމެންޓް ތަކަކީ ވަރަށް އުފާވެރި ކޮމެންޓްތަކެކެވެ. އެގޮތުން ބޮލީވުޑްގެ ގިނަ ތަރިން އޭނާއަށް ތައުރީފްކުރުމުން އަންނައިރު އެންމެންވެސް ބުނެފައިވަނީ އާލިއާ އެފިލްމުގައި ދައްކާފައިވަނީ ވަރަށް މޮޅު އެކްޓިން އެއްކަމަށާއި، އާލިއާ ނޫން އެހެންތަރިއަކަށް އެފަދަ ރޯލެއް އަދާނުކުރެވޭނެކަމަށްވެސް ގިނަ ބަޔަކު ބުނެފައިވެއެވެ.

އާލިއާއަށް ތައުރީފުކޮށް ބޮލީވުޑުގެ ތަރިންގެ ތެރޭގައި ސޯނަމް ކަޕޫރު، ޝާހިދު ކަޕޫރު، ބޫމީ، އަނިލް ކަޕޫރުގެ އިތުރުންވެސް މަޝްހޫރު ފިލްމު އުފައްދާ މީހުން ވެސް އަންނަނީ އާލިއާއަށް ތައުރީފުކުރަމުންނެވެ. އެންމެންވެސް ބުނެފައިވަނީ އާލިއާގެ ކުޅަދާނަ ކަމާއިމެދު ހައިރާންވާ ކަމަށެވެ.


ދަ ޖަންގުލީ ޕިކްޗާސް އަދި ދަރްމާ ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ، އުފައްދާފައިވާ މިފިލްމުގައި އާލިއާއާއި އެކު ފެނިގެންދާނީ ވިކީ ކޯޝަލް އެވެ. ކަރަން ޖޯހަރު ޕްރޮޑިއުސްކޮށްފައިވާ މިފިލްމުގެ ޑައިރެކްޝަން ހަދާފައިވަނީ މަޝްހޫރު ޑައިރެކްޓަރ މެގްނާ ގުލްޒާރެެވެ. 

މިފިލްމުގެ ޓްރެއިލާ އާއްމުކޮށްފައިވާއިރު ފިލްމުގައި އާލިއާ ފެނިގެންދާނީ ވަފާތެރި ދަރިއެއް، އަންބެއްގެ އިތުރުން އެއްވެސް ކަހަލަ ޖެހިލުމެއް ނުވާ ޖާސޫސެއްގެ ރޯލުންނެވެ.

މި ފިލްމަކީ 1970ގެ އަހަރުތަކުގެ ތެރޭގައި ހިނގި ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ގެނެސްދޭ ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މެއި މަހުގެ އެގާރަ ވަނަ ދުވަހުގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...