ކަޕިލް ޝަރުމާގެ އާ ޝޯ ހުއްޓުމަކަށް!

ކަޕިލް ޝަރުމާ އަދި ޕްރިތީ ސިމޯނީ

އިންޑިއާގެ މަޝްހޫރު ކޮމޭޑިއަން ކަޕިލް ޝަރުމާ ގެ އާ ޝޯ " ފެމިލީ ޓައިމް ވިތް ކަޕިލް" ފެށިގެން އައީވެސް ބެލުންތެރިން އެހާ ގަޔާވާފަދަ ގޮތަކަށް ނޫނެވެ. ޝޯއަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒްވިއިރު ފާއިތުވި ހަފްތާ ވެގެންދިއައީ ކަޕިލްގެ ފަރާތުން ހައިރާންވާ ފަަދަ އެތައް ކަމެއް ފެނިގެންދިއަ ހަފްތާއަކަށެވެ.

އެގޮތުން ނޫސްވެރިން ދޮގު ޚަބަރުފަތުރަނީ ކަމަށްބުނެ ހަޑި ހުތުރު ބަހުން ޓްވީޓް ކުުރުމަށްފަހު އޭނާވަނީ އިންޑިއާގެ ނޫހެއްގެ އެޑިޓަރަކަށް ގުޅާފަވެސް  ޒުވާބްކޮށްފައެވެ. އޭގެ އިތުރުން އޭނަގެ ކުރީގެ ޝޯގެ ކްރިއޭޓިވް ޑިރެކްޓަރ ޕްރީތީ ސިމޯއީ އާއި ނީތީ ސިމޯއީ އާ ދެމީހުންނާއި ދެކޮޅަށް އޭނާއަށް ނަފްސާނީ އުދަގޫކުރި ކަމަށް ބުނެ ފުލުހަށް މައްސަލަ ހުށައަޅާފަވާއިރު މިކަންތައްތަކުގެ ސަބަބުން އޭނާ އަށް އަންނަނީ ގިނަ ބައެއްގެ ފާޑުކިއުން އަމާޒްވަމުންނެވެ.

ފާއިތުވި ހަފްތާ މިހެން ދިއައިރު ކަޕިލް ޝަރުމާ އޭނާގެ ޝޯ ހޮސްޓްކުރުމަށް އައިސްފައިނުވުމުގެ ސަބަބުން ޝޯ ހުއްޓުމަކަށް އައިސްފައިވާކަމަށް ސޮނީ ޓީވީ ގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނެފައިވެއެެ. ޝޯ ގެ އިތުރު އެޕިސޯޑް ތަކެއް ޝޫޓްކޮށްފައި ނުވުމުގެ ސަބަބުން ދައްކާނެ އާ އެޕިސޯޑެއްނެތް ކަމަށާއި ޝޯ ޝޫޓްކުރުމަށް ކަޕިލްއަށް ގުޅުމުން ފޯނަށް ޖަވާބު ދީފައިނުވާކަމަށާއި، އަދި ބައްދަލުކުރުމަށް ކުރި މަސައްކަތްވެސް ނާކާމިޔާބް ވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ ސަބަބުން ޗެނަލްއަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބެމުންދިއުމުގެ އިތުރުން ގިނަ ބައެއްގެ ފާޑުކިއުންތަށްވެސް އަމާޒުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ


ކަޕިލް ގެ ކުރީގެ ޝޯކަމަށްވާ ކޮމެޑީ ނައިޓްސް ވިތް ކަޕިލްގެ ކްރިއޭޓިވް ޑިރެކްޓަރ ޕްރީތީ ސިމޯއީ ބުނެފައިވާ ގޮތުން ކަޕިލް މިހާރު ވަނީ ވަރަށް ބޮޑަށް ޑިޕްރެޝަނަށް ގޮސްފައެވެ. ޑިޕްރެޝަންއަށް އޭނާ ދާންވީ ވަކި ސަބަބެއް ހާމަނުކޮށް ޕްރީތީ ބުނެފައިވަނީ  ކަޕިލް މިހާރު ހުރީ ޑިޕްރެޝަނަށް ފަރުވާ ކުރަންޖެހޭ ހިސާބުގައި ކަމަށެވެ. ޕްރީތީ މިހެން ބުނެފައިވާއިރު ކަޕިލް އާއި ގާތް ރަހުމަތްތެރިންނާއި އޭނާ އާއެކު މަސައްކަތް ކޮށްފައިވާ މީހުން ބުނަމުންދަނީ ކަޕިލް ޑިޕްރަޝަނަށް ދިއައީ ޕްރިތީ އާއި އޭނާގެ ކޮއްކޮގެ ފަރާތުން ކަޕިލްއަށް ކުރިމަތި ކުރުވި އުދުގޫތަކާހެދި ނަފްސާނީ ގޮތުން ބަލިކަށި ވެގެން ކަމަށެވެ.


ކަޕިލް ޑިޕްރެޝަންގެ ޝިކާރައަކަށްވެފައިވާކަމަށް ވާހަކަ ދެކެވޭއިރު އޭނާގެ ކޮމެޑީ ނައިޓްސް ވިތް ކަޕިލް ހުއްޓުނު ހިސާބުން އޭނާ އަށް މާރަނގަޅު އޮފާރ ތަކެއް ލިބިފައި ނުވާއިރު އޭނާ ގެ އެންމެ ފަހުން ކުޅުނު ފިލްމް ވެސް ވަނީ ނާކާމިޔާބް ވެފައެވެ. އޭގެ ފަހުން ސޮނީ ޓީވީން އޭނާ އަށް ޝޯއެއް ފަށަން ފުރުސަތު ދިން ފުރުސަތުގައި ތަފާތު ކޮންސެޕްޓެއްގައި ނެރުނު ފެމިލީ ޓައިމް ވިތް ކަޕިލްގެ ދެތިން އެޕިސޯޑް މިހާހިސާބަށް އައިސްފައިވާއިރު މި ޝޯއަކީވެސް ބެލުންތެރިންގެ މެދުގައި މާ މަގްބޫލު ޝޯއަކަށް ވެގެން ނުދިއައެވެ.

ބައެއް މީހުން ބުނާގޮތުން ކަޕިލް ޝަރުމާ ޑިޕްރެޝަނަށް ދާން ޖެހުނީ މި ސަބަބުތަކާއި ހުރެއެވެ.


 


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ޝީން 11 އޭޕްރީލް 2018 - 21:07

    ކަޕިލް އަށް ކަޕިލް ފެނުނީމަ ވީ ގޮތް ތީ

ގުޅުން ހުރި
Loading...