ވީއައިއޭގެ ޑިއުޓީ ފްރީއިން ކުރިއަށްގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިއުޓީ ފްރީއިން ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވައިފިއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑިއުޓީ ފްރީގައި ކުރިޔަށް ދިޔަ ރަސްމީޔާތެއްގައި، އެތަނުން ކުރިއަށް ދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިޔާ ގުރުއަތުލުމަކަށް ފަހުގައި ވަނީ ހޮވާފައެވެ.

މި ލަކީ ޑްރޯ އާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެމްއޭސީއެލްގެ އޭސޯސިއޭޓް ޖެނެރަލް މެނޭޖާރ ހަސަން އަރީފް ވިދާޅުވީ، 21 ޑިސެމްބަރުން ފެށިގެން މާޗް މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ދިޔަ މި ޕްރޮމޯޝަންގައި 100 ޑޮލާރާއި ހަމަޔަށް، އަދި އެއަށް ވުރެެއް މައްޗަށް ވިޔަފާރި ކޮށްގެން ގުުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް. އެގޮތުން މި ގުރުއަތުގައި ބައިވެރިވެ، ގުރުއަތުން ހޮވުނު ފަރާތަށް ވަނީ ވަރަށް އަގު ހުރި އިނާމެއް ލިބިފައެވެ.

ހަސަން ވިދާޅުވި ގޮތުގައި ގުރުއަތުން ހޮވުނު ފަރާތަށް ވަނީ 2 މީހަކަށް ޖުމޭރާ ވިޓަވެލި އިން 5 ދުވަހައާއި ހަތަރު ރޭ ފުލް ބޯޑްކޮށް ހުރުމުގެ އިނާމް ލިބިފައެވެ. މީގެއިތުރުން ޓޭކިޝް އެއާވޭސްއިން ދަތުރު ކުރުމުގެ ފުރުސަތުވެސް ވަނީ ލިބިފައެވެ.

ޖުމޭރާ ވިޓަވެލީގެ ފަރާތުން މި އިނާމްތައް އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާއާއި ހަވާލްކޮށްދެއްވީ އެ ރިސޯޓްގެ ޖެނެރަލް މެނޭޖާރ އަމިތް މަޖުމްދާއެވެ. އަދި ޓާކިޝް އެއާލައިންގެ ޓިކެޓް އެމްއޭސީއެލް އާއި ހަވާލްކޮށްދެއްވާފައިވަނީ އެ އެއާލައިންގެ އެކްޓިންގ ޖެނެރަލް މެނޭޖާރ ފެހިމް ބަކޯވާއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...