ދެލީ ޑެއާޑެވިލްސް އާއި ބައްދަލުކޮށް ކިންގްސް އިލަވަން ޕަންޖާބް މޮޅު ހޯދައިފި


ދެލީ ޑެއާޑެވިލްސް އާއި ބައްދަލުކޮށް ކިންގްސް އިލަވަން ޕަންޖާބް މޮޅު ހޯދައިފިއެވެ.

އިންޑިއަން ޕްރިމިއާ ލީގް ގައި އާދިއްތަ ދުވަހު ކުޅުނު މެޗްގައި ކިންގްސް އިލަވަން ޕަންޖާބް މޮޅު ހޯދާފައި ވަނީ ދެވަނަ އިނިންގްސްގައި ބެޓް ކުރަން އެރުމަށް ފަހުއެެވެ. ފުރުތަމަ އިނިންގްސްގައި ބެޓް ކުރުމަށް ފަހު ދެލީއިން ވަނީ ވިހި އޯވަރުގައި ސަތޭކަ ފަސްދޮޅަސް ހަ ލަނޑު ހަދާފައެވެ.

ސަތޭކަ ފަސްދޮޅަސް ހަ ލަނޑު ދެލީއިން ހަދާފައިވާއިރު، އެ ޓީމްގެ ހަތް ކުޅުންތެރިންވަނީ އައުޓްވެފައެވެ. ދެވަނަ އިނިންގްގައި ބެޓް ކުރަން އެރުމަށްފަހު ޕަންޖާބް ޓީމުން ވަނީ ތަފާތު ކުޅުމެއް ދައްކާފައެވެ. އެގޮތުން ޕަންޖާބު ޓީމުގެ ކަރުން ނާއިރު ވަނީ ތިރީސް ތިން ބޯޅައިން ފަންސާސް ލަނޑު ހަދާފައެވެ.

ކަރުން ނާއިރު އައުޓްވިއިރު އޭނާ ވަނީ ފަސް ހަތަރަކާއި، ދެ ހައެއް ހަދާފަ. ނަމަވެސް ފަނަރަ ވަނަ އޯވަރުގައި ކުރިސްޓަން އެއްލި ބޯޅައެއް ވައިގެ ތެރެއަށް ޖެހުމުން ބޯލްޓް ހިފުމުގެ ސަބަބުން ކަރުން ވަނީ އައުޓްވެފައެވެ. މީގެއިތުރުން ޕަންޖާބު ޓީމުގެ ބެޓްސްމަން ސްޓޮއިން އަރާ ވަނީ ޕަންޖާބަށް ލަނޑުތަކެއް ހޯދާދީފައެވެ.

ދެ ހަތަރަކާއި އެކު ބާވީސް ލަނޑު ހެދުމަށްފަހު ޕަންޖާބު ޓީމުން ވަނީ ސަތޭކަ ފަސދޮޅަސް ހަތް ލަނޑު ހަދާ މެޗް ކާމިޔާބްކޮށްފަ. ޕަންޖާބު ޓީމުން މެޗް ކާމިޔާބު ކުރި އިރު، އެ ޓީމުން މެޗް ކާމިޔާބްކޮށްފައިވަނީ އެންމެ ހަތަރު ބެޓްސްމަނުން ގެއްލިގެނެވެ. 


އާދިއްތަ ދުވަހު ކުޅުނު ދެވަނަ މެޗްގައި ބައްދަލުކޮށްފައިވަނީ ކޮލްކަތާ ނައިޓް ރައިޑާސް އާއި ރޯޔަލް ޗެލެންޖާސް ބެންގަރލޯ. ދެ ޓީމަށްވެސް ބޭރުގެ މޮޅެތި ކުޅުންތެރިން އަރުވައިގެން ކުޅުނު މި މެޗްގައި ބަންގަލޫރު ޓީމުން ވަނީ ހަތް ކުޅުންތެރިން އައުޓްވެގެން ސަތޭކަ ހަތްދިހަ ހަ ލަނޑު ހަދާ، ބޮޑު ޓާގެޓެއް ނައިޓް ރައިޑާސް އަށް ދޫކޮށްލާފައެވެ.

ރޯޔަލް ޗެލެންޖާސް ބެންގަރލޯއިން މި ސީޒަނަށް ގެނައި ކޮލްކަތާގައި ކުޅެމުން ދިޔަ އަގުބޮޑު ކުޅުންތެރިޔާ ބުރެންޑަން މެކާލަމް މި މެޗްގައި އަރާ ހަތާވީސް ބޯޅައިން ސާޅީސް ތިން ލަނޑު ވަނީ އެވެ. އޭނަ ވަނީ އަށްވަނަ އޯވަރުގަ، ނައިޓް ރައިޑާސް ގެ ސްޕިން ކުޅުންތެރިޔާ ނަރައިން އެއްލި ބޯޅައަކުން އައުޓްވެފައެވެ.

މި މެޗްގައި ބަންގަލޫރު ޓީމުގެ އޭބީ ޑި ވިލިއާސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ބޮޑެތި ހަޔަކާއި ހަތަރަކަށް އޭނާވަނީ ޖަހާފައެވެ. އޭބީ ވަނީ ފަސް ފަހަރު ހަޔަކަށް ޖަހާފައެވެ. މީގެއިތުރުން ބެންގަލޫރު ޓީމުގެ ކެޕްޓަން ވިރާތް ކޯލީ ވަނީ މި މެޗްގައި ތިރީސް އެއް ލަނޑު ކާމިޔާބްކޮށްފައި. ފުރަތަމަ އިނިންްގްސްގައި ކޮލްކަތާގެ ސްޕިން ބޯލަރުންތައް ވަނީ ތަފާތު ދައްކާލަފައެވެ.

އެގޮތުން ރޯޔަލް ޗެލެންޖާސް ބެންގަލޯގެ ތަޖުރިބާ ކާރު ބެޓްސްމަންތައް ވަނީ އައުޓް ކޮށްލާފައެވެ. މި މެޗްގައި ބެންގަލޫރު ޓީމުން ކުޅުނު ފަހު އޯވަރުގައި އެ ޓީމްގެ ޒުވާން ކުޅުންތެރިޔާ މަންދީބް ސިންގ ދެ ހަޔަކާއި ހަތަރެއް ޖެހުމަށްފަހު ފަހު އޯވަރުގައި ވަނީ އައުޓްވެފަ. މި އޯވަރުގައި އުކި ބޯލަރު ވިނޭ ކުމާރު ވަނީ މަންދީބް ސިންގ އައުޓް ކޮށްލުމަށް ފަހު، ކުރިސް ވޯކްސްވެސް އައުޓްކޮށްލާފައެވެ.


މި މެޗް ކާމިޔާބް ކުރި ކޮލްކަތާ ޓީމުން، މޮޅުވެފައިވަނީ ހަތަރު ވިކެޓުންކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެ ޓީމުން މެޗް ނިންމާލާފައިވަނީ އަށާރަވަނަ އޯވަރުގައި މެޗް އޮއްވާއެވެ. ކޮލްކަތާގެ މޮޅުގެ ބޮޑު ބައި ހިއްސާ ކޮށްފައިވާ ސުނިލް ނާރައިން ވަނީ ކުޅެން އަރާ ފަންސާސް ލަނޑު ހަދާފައެވެ.

އޭނާ ފަންސާސް ލަނޑު ހަދާފައިވަނީ ފަސް ފަހަރު ހަޔަކަށް އަދި ހަތަރު ފަހަރު ހަތަރަކަށް ޖަހައިގެން. މީގެއިތުރުން މެޗް ނިމުމާއި ހަމަޔަށް ނުބައި ނުވެ ހުރި ކޮލްކަތާ ޓީމްގެ ކެޕްޓަން ދިނޭޝް ކާތިކް ވަނީ މި މެޗްގައި ތިރީސް ފަސް ލަނޑު ކާމިޔާބްކޮށްފަައެވެ. މޭ މަހުގެ ހަތާވީސް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި އަށް ޓީމަކުން ވާދަކުރެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...