"ވެލްކަމް 3" އަންނަ އަހަރު ސިނަމާތަކަށް އަންނަނީ!

ވެލްކަމް ބެކް އިން ފެނިގެން ދި ދެތަރިން ކަމަށްވާ ޖޯން އަބްރަހަމް އަދި ޝްރްތީ ހަސަން

"ވެލްކަމް" ސީކުއެލްގެ ފިލްމުތަކަކީ ބޮލީވުޑުގެ ފިލްމުތަކަށް ލޯބިކުރާ ގިނަ ފަރާތްތަކަށް ވަރަށް ކަމުދާ ފިލްމުތަކެވެ. ހެއްޔާ މަޖާ މި ސީކުއެލް ގެ ފިލްމުތަކުގެ ފުރަތަމަ ބައި ކަމަށްވާ "ވެލްކަމް"އަށް ބޮޑު ތަރުހީބެއް ލިބިގެންދިއުމާއެކު "ވެލްކަމް ބެކް"ގެ ނަމުގައި އުފެއްދި މި ސީކުއެލްގެ ދެވަނަ ފިލްމްވެސް ވަަނީ ބެލުންތެރިން ބަލައިގަނެފައެވެ. އެއާއެކު މިސީކުއެލްގެ ތިންވަނަ ފިލްމެއް އުފައްދަން ނިންމާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

މިސީކުއެލްގެ ކުރީގެ ފިލްމުތަށް އަނީސް ބަޒްމީ ޑައިރެކްޓް ކުރި ނަމަވެސް "ވެލްކަމް 3" ޑައިރެކްޓް ކުރަން ހަމަޖެހިފައިވަނީ އެހެން ޑައިރެކްޓަރެއްކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ. މިސީކުއެލްގެ ފުރަތަމަ ބައިން ކެޓްރީނާ އަދި އަކްޝޭ ދެއްކި ހުނަރުވެރި އެކްޓިން ގިނަ ބަޔަކަށް ކަމުދިއަ ނަމަވެސް ދެވަނަ ބައިގައި ލީޑްރޯލުން ފެނިގެން ގޮސްފައިވަނީ ތަފާތު ދެތަރިންނެވެ. އެގޮތުން އަނިލް ކަޕޫރު، ނާނާ ޕަޓޭކަރު، ޕަރޭޝް ރާވަލް އާއެކު އެފިލްމުގައި ފެނިގެން ގިސްފައިވަނީ ޝްރްތީ ހަސަން އަދި ޖޯން އަބްރަހަމްއެވެ.

މި ސީކުއެލްގެ އެހެން ފިލްމުތަކާއި އެއްގޮތަށް މިފިލްމަކީ ވެސް އެކްޝަން އަދި ކޮމެޑީ ފިލްމެއްކަމަށް ރިޕޯޓްތަކުގައިވެއެވެ. ފިލްމުގެ ލީޑްރޯލުން ފެނިގެންދާ ތަރިން އަދި ކަށަވަރު ވެފައި ނުވި ނަމަވެސް މިފިލްމުގައި ޝޫޓްކުރުމަށް ހަމަޖެހިފައިވަނީ ނިއުޔޯކްގައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...