ސަލްމާން ޖަލުން ދޫކޮށްލުމުން ވަރަށް އުފާވޭ- ވަރުން

ވަރުން ދަވަން އަދި ސަލްމާން ޚާން

ފުއްލާއެއް މަރާލުމުގެ ކުށްސާބިތުވެ މިދިއަ ބްރާސްފަތި ދުވަހު ސަލްމާން ޚާން ފަސްއަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރުމާއި ގުޅިގެން ވޮލީވުޑުގެ ގިނަ ތަރިންނާއި އަދި އޭގެ އިތުރުން ޓީވީ ތަރިންނާއި ސަލްމާން ގެ ފޭނުން ވަނީ ވަރަށް ބޮޑަށް އެހުކުމަށް ފާޑު ކިޔާ ސަލްމާން އާއެކު ގައި ތިބި ކަން ހާމަކޮށްފައެވެ.

އެހުކުމް އިސްތިއުނާފްކޮށް ކަފާލާތުގެ ދަށުން ސަލްމާން އާދިއްތަ ދުވަހު ޖަލުން މިނިވަން ކޮށްފައިވާއިރު، ސަލްމާން ޚާން ދެކިލުމަށް ހޯމަ ހެދުނުއްސުރެ ޖޯދު ޕޫރުގެ ކޯޓް ކައިރީގަޔާއި އޭނާގެ ގެ ކައިރީގައި ގިނަ އަދަދެއްގެ އާއްމުން ޖަމާވެފައި ތިއްބެވެ. ސަލްމާން ޖަލުން ނެރުމުން ގިނަ އަދަދެއްގެ ބަޔަކު އުފާފާޅުކޮށްފައިވާއިރު، ބޮލީވުޑުގެ ތަރިންވެސް އަންނަނީ ސަލްމާން އަށް މަރުހަބާ ކިޔަމުންނެވެ. އެގޮތުން އެއްބަޔަކު ސޯޝަލް މީޑިއާ މެދުވެރިކޮށް ސަލްމާން އަށް މަރުހަބާ ކިޔަމުން އަންނަ އިރު ބައެ އްތަރިން އަންނަނީ ސަލްމާންގެ ގެއަށް ގޮސް އޭނާ އާއި ބައްދަލުކުރަމުންެވެ. އޭގެތެރޭގައި އެންމެ ކުރީގައި އުޅޭނީ ކެޓްރީނާ ކެއިފްއެވެ.

މީގެ އިތުރުން ޑެއިޒީ ޝާހް، ބޮބީޑިއޯލް، ޖެކޮޮލިން ފެނާންޑޭސް ވަރުން ދަވަން ވެސް އެގެއަށް ގޮސް ސަލްމާން އާއި ބައްދަލުކޮށްފައިވާއިރު އެކަމާއި ގުޅިގެން މީޑިއާއިން ކުރި ސުވާލަކަށް ޖަވާބްދެމުން ވަރުން ބުނެފައިވަނީ ސަލްމާން ޚާން ޖަލުން ދޫކޮށްލުމުން އެގެއަށް ގޮސް ސަލްމާން ޚާން އާއި ބައްދަލުކޮށްފައިވާކަމަށާއި، އަދި ސަލްމާން ޖަލުން މިނިވަންވެ ގެއަށް ދޫކޮށްލުމުން ވަރަށް އުފާވާކަމަށެވެ. ވަރުން ވަނީ ސަލްމާން އަކީ ހިތްހެޔޮ އެންމެންނަށްވެސް އިހުތިރާމް ކުރާ މީހެއްކަންވެސް ފާހަގަކޮށްފައެވެ.

ވަރުންގެ އިތުރުން ގިނަ ތަރިންނާއި އަދި އާންމުންވެސް ސަލްމާން އަކީ ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވެދޭ ހިތްހެޔޮ މީހެއްކަން ފާހަގަކޮށް އޭނާ އަށް ތައުރީފުކުރަމުން އަންނަ އިރު ސަލްމާން އަކީ ބޮލީވުޑުގެ ތަރިންގެ ތެރެއިންވެސް ދަތިހާލިގައި އުޅޭ މީހުންނަށް އެއްމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ އެއްތަރިއެކެވެ. އެގޮތުން "ބީއިން ހިއުމަން"ގެ ނަމުގައި ޖަމިއްޔާއިން އުފައްދާ އޭގެއިން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އިރު އަމިއްލަ ގޮތުންވެސް ސަލްމާން އަންނީ އެފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.


ސަލްމާން ޚާންގެ ފަސްއަހަރު ދުވަހުގެ ހުކުމް އިސްތިއުނާފްކޮށް ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލާފައިވަނީ ކޯޓްގެ ހުއްދަ ނެތި ރަށުން ބޭރަށް ނުދެވޭ ގޮތަކަށެވެ. ސަލްމާން ގެ މައްޗަށް މިފަދަ ޝަރުތެއް ކޮށްފައި އޮތް ނަމަވެސް އޭނާގެ ކުރިއަށް ހުރި ފިލްމިތަކުގެ ޝޫޓީން ދެތިން ދުވަހެއްގެ ތެރޭގައި އަލުން ފަށާނެ ކަމަށް އިންޑިއާގެ ނޫސްތަކުގައިވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
"ސަޅަކު 2" 2020 ވަނަ އަހަރު
Loading...