ފަހަތުން އަރައި މޮޅުވެ، ޔުނައިޓެޑުން ސިޓީގެ ސަޕޯޓަރުން ރޮއްވާލައިފި

ފަހަތުން އަރައި ތިން ލަނޑު ޖެހުމަށްފަހު މެންޗެސްޓަރ ޔުނައިޓެޑުން ވާދަވެރި ސިޓީ ބަލިކޮށްފިއެވެ. އިންގްލިޝް ޕްރިމިއަރ ލީގުގައި ކުޅުނު މެންޗެސްޓަރ ޑަރބީގައި ސިޓީގެ އިއްތިހާދު ސްޓޭޑިއަމްއަށް 54،000 އަށްވުރެ ގިނަ މީހުން ވަނީ ޒިޔާރަތް ކޮށްފައެވެ.

މި މެޗުގެ ފުރަތަމަ 20 ވަރަކަށް މިނެޓުގައި މޮޅަށް ކުޅެފައިވަނީ ޔުނައިޓެޑުންނެވެ. ނަމަވެސް މެޗުގެ 25 ވަނަ މިނެޓުގައި ސިޓީގެ ކެޕްޓަން، ވިންސެންޓް ކޮމްޕެނީ ވަނީ އެ ޓީމަށް މެޗުގެ ލީޑު ނަގައިދީފައެވެ. ކޮމްޕެނީ މި ލަނޑު ޖަހާފައިވަނީ ސިޓީއަށް ލިބުނު ކޯނަރެއްގައި ލެރޯއީ ސާނޭ ނަގައިދިން ހުރަހަކުން އައި ބޯޅައެއް، ބޮލުން ޖަހާ ގޯލަށް ވައްދާލައިގެންނެވެ. އަދި އޭގެ ފަސް މިނެޓު ފަހުން ރަހީމް ސްޓަރލިންގް ފަހިކޮށްދިން ފުރުސަތަކުން ގުންޑޮއާން ވަނީ ސިޓީގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

މެޗުގެ ފުރަތަމަ ހާފު ދެ ޓީމުން ނިމިގެންދިޔައީ، ޔުނައިޓެޑަށް އެންމެ ޝޮޓެއް ވެސް ނުހެދިއެވެ. އަދި އެ ޓީމުގެ ލުކާކޫއާއި އެންޑަރ ހެރޭރާއަށް ފުރަތަމަ ހާފުގެ ތެރޭގައި ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ.

މެޗުގެ ދެވަނަ ހާފު ފެށުމާއެކު ޔުނައިޓެޑުން ވަނީ މެޗުގައި ފުރަތަމަ ފަހަރަށް ސިޓީގެ ގޯލަށް ނުރައްކާ ކުރަން ފަށާފައެވެ. މި މެޗުން މޮޅުވެގެން ސިޓީއަށް ޕްރިމިއަރ ލީގުގެ މި ސީޒަނުގެ ތަށި ލިބޭނެކަން ކަށަވަރު ވާނެ ކަމަށްވުމާއެކު، ދެ ގޯލުގެ ލީޑަކާއެކު ސިޓީގެ ސަޕޯޓަރުން އޭރު ވެސް ދިޔައީ އުފާ ފާޅު ކުރަމުންނެވެ.

ނަމަވެސް މެދު އުޑުގައި ފިޔަ ޖަހަމުންދިޔަ ސިޓީގެ ސަޕޯޓަރުން ހަމަބިމަށް ތިރިކޮށް، ޔުނައިޓެޑަށް އެ ޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 53 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފްރާންސްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާއެވެ. މި ލަނޑަކީ ސިޓީގެ ތިން ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު ސަންޗޭޒް ހެރޭރާއަށް އަދި ހެރޭރާ ޕޮގްބާއަށް ދިން ޕާހަކުން ކާމިޔާބުކުރި ލަނޑެކެވެ.

ފުރަތަމަ ލަނޑު ޖެހިތާ ދެ މިނެޓު ފަހުން އިތުރު ގޯލެއް ޖަހައި، ޕޮގްބާ ވަނީ ޔުނައިޓެޑަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މި ލަނޑު އޭނާ ޖަހާފައިވަނީ ސަންޗޭޒް ނަގައިދިން ހުރަހަކުން އައި ބޯޅައެއް، ބޮލުން ޖަހައި ގޯލަށް ވައްދާލައިގެންނެވެ.

ސިޓީގެ ސަޕޯޓަރުން ރޮއްވާލައި، މެޗުގެ ނަތީޖާ ޔުނައިޓެޑް ކޮޅަށް އަނބުރާލަ ދިން ލަނޑު ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ޑިފެންޑަރު، ކްރިސް ސްމޯލިންގްއެވެ. މި ލަނޑަކީ މެޗުގެ 69 ވަނަ މިނެޓުގައި ސަންޗޭޒް ނަގައިދިން ހިލޭ ޖެހުމަކުން ސްމޯލިންގ ކާމިޔާބުކުރި ލަނޑެކެވެ.

މި މެޗަށް ފަހު ދަނޑު މަތީގައި ސިޓީގައި ކޯޗު ޕެޕް ގާޑިއޯލާ ވަނީ ޕޮގްބާއަށް ތައުރީފުކޮށް، މަރުހަބާ ކިޔާފައެވެ. މި މެޗުގެ ކުރިން ގާޑިއޯލާ ބުނެފައިވަނީ ޖެނުއަރީ ޓްރާންސްފަރގައި ޕޮގްބާ ސިޓީއަށް ޓްރާންސްފަރ ކުރުމާ ގުޅޭގޮތުން އޭނާގެ އޭޖެންޓް މީނޯ ރަޔޯލާ، ގާޑިއޯލާއާއި މަޝްވަރާކޮށްފައިވާ ކަމަށެވެ. މި ވާހަކަތައް ރަޔޯލާ ދޮގުކޮށްފައިވާއިރު، މެޗު ނިންމުމަށްފަހު ޕޮގްބާ ވަނީ އޭނާ ޔުނައިޓެޑާއެކު ސާބިތުކަމާއެކު ހުންނާނެ ކަމަށް އެ ޓިމުގެ ސަޕޯޓަރުން ގާތުގައި ބުނެފައެވެ.

ސިޓީއާއި ޔުނައިޓެޑުގެ މެޗަށް ޕޮގްބާ ކުޅެން އަރާފައިވަނީ ސިޓީގެ ރަމްޒީ ކުލަ ކަމަށްވާ ނޫ ކުލަ ބޮލުގައި ޖައްސައިގެންނެވެ. މިކަމާ މެދު ގިނަ ބައެއްގެ ފާޑު ކިޔުންތައް ޕޮގްބާއަށް އަމާޒުވި ނަމަވެސް، މެޗުގެ މޭން އޮފް ދަ މެޗް ކަން ވެސް ހޯދި ޕޮގްބާ ވަނީ އެ ފަރާތްތަކަށް ރައްދު ދީފައެވެ.

އެ މެޗަށްފަހު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއާއި ދެވަނައިގައި އޮތް ޔުނައިޓެޑާ ދެމެދު އޮތް ފަރަގު ވަނީ 13 ޕޮއިންޓަށް ކުޑަވެފައެވެ. މިދިޔަ ހަފްތާގައި ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގައި ލިވަޕޫލްއާއި ދެކޮޅަށް ނިކުމެ، އެ މެޗުން ވެސް ސިޓީ ވަނީ 0-3 ގެ ނަތީޖާއަކުން ބަލިވެފައެވެ.

މެޗަށް ފަހު މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ، ޕޮގްބާއަށް ތައުރީފު ކުރާ މަންޒަރު


ސިޓީއާއި ޔުނައިޓެޑުގެ މެޗަށް ޕޮގްބާ ކުޅެން އަރާފައިވަނީ ސިޓީގެ ރަމްޒީ ކުލަ ކަމަށްވާ ނޫ ކުލަ ބޮލުގައި ޖައްސައިގެންނެވެ. މިކަމާ މެދު ގިނަ ބައެއްގެ ފާޑު ކިޔުންތައް ޕޮގްބާއަށް އަމާޒުވި ނަމަވެސް، މެޗުގެ މޭން އޮފް ދަ މެޗް ކަން ވެސް ހޯދި ޕޮގްބާ ވަނީ އެ ފަރާތްތަކަށް ރައްދު ދީފައެވެ.

އެ މެޗަށްފަހު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއާއި ދެވަނައިގައި އޮތް ޔުނައިޓެޑާ ދެމެދު އޮތް ފަރަގު ވަނީ 13 ޕޮއިންޓަށް ކުޑަވެފައެވެ. މިދިޔަ ހަފްތާގައި ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގައި ލިވަޕޫލްއާއި ދެކޮޅަށް ނިކުމެ، އެ މެޗުން ވެސް ސިޓީ ވަނީ 0-3 ގެ ނަތީޖާއަކުން ބަލިވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...