ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތުގެ އޮޑިޝަން އަންނަ މެއި މަހު

ރާއްޖޭގައި ބާއްވަން ނިންމާފައިވާ ބައިނަލްއަގުވާމީ ގުރުއާން މުބާރާތުގެ އޮޑިޝަން އަންނަ މެއި މަހުގެ ފުރަތަމަ ދުވަހު ބާއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ބާގިރު ވިދާޅުވެއްޖެއެވެ.

އެ މުބާރާތާއި ގުޅެގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޒިޔާދު ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވެފައި ބައިނަލްއަޤްވާމީ ގުރުއާން ކިޔެމުގެ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި މި މުބާރާތުގެ އިދާރީ މަސައްކަތްތަށް ވެސް މިހާރު ނިމިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.


މިނިސްޓަރ ވިދާޅުވީ ރާއްޖެ ހިމެނޭ ގޮތަށް މި މުބާރާތުގައި ޖުމްލަ 11 ގައުމަކުން ބައިވެރިވާ ކަމަށެވެ. މުބާރާތް ކުރިއަށްދާނީ މެއި މަހުގެ 13 ވަނަ ދުވަހުން ފެށިގެން 16 ވަނަަ ދުވަހުގެ ނިޔަލަށެވެ.

މި މުބާރާތުގައި ފަނޑިޔާރުންގެ ގޮތުގައި ހިމެނޭނީ ކަމުގެ ތަޖުރިބާ ލިބިފަިއވާ ފުންނާބު އުސް ބޭފުޅުންނެވެ. އޭގެ ތެރޭގައި ސޫދާން މިސްރު އަދި ޕާކިސްތާންގެ އިތުރުން ރާއްޖޭގެ ދެ ގާރީއަކު ހިމެނޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މުބާރާތުގައި ރާއްޖެއިން ބައިވެރިވާނެ ފަރާތެއް ހޮވުމަށް ބާއްވާ އޮޑިޝަން އަންނަ މަހުގެ އެއް ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިބްރާހިމް ރަޝީދު މޫސާ ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ގުރުއާން ހިތުދަސްކުރާ އަދަދަކީ އެވްރެޖްކޮށް އަހަރަކު ހަތަރު މީހުން ކަމަށާއި ނަމަވެސް މިހާރު އެއަދަދު ހަތަކަށް އުފުލިފައިވާ ކަމަށެވެ.


އޭނާ ވިދާޅުވީ މު މުބާރާތުގެ ބޭނުމަކީ ސައްތައިން ސައްތަ އިސްލާމީ ޝަހުސިއްްޔަތު ބައިނަލްއަގްވާމީ ދުނިޔެއަށް ފާޅު ކުރުން ކަމަށެވެ. އަދި ބޭރުގެ ގައުމުތަކުން ރާއްޖެއައިސް މި ފަދަ މުބާރާތެއްގައި ބައިވެރިވުމަކީ އެކަމަށް ބާރު ލިބޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވެވިއެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވާއިރު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމްގެ ޒައާމަތުގައި ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތެއް ބޭއްވުމަކީ އިސްލާމް ދީން ހިމާޔަތްކޮށް ދިފާއު ކުރުމުގެ ލާމަސީލު ނަމޫނާއެކެވެ.


މިނިސްޓަރ ޒިޔާދު ބާގިރު ވަނީ ބައިނަލްއަގްވާމީ ގުރުއާން މުބާރާތެއް ބޭއްވުމަށް ރައީސް ޔާމިން ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވާ، އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...