އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް މިއަހަރުގެ ޖުލައި މަހު ހުޅުވޭނެ ކަމަށް ލަފާކުރެވޭ: މިފްކޯ

މިފްކޯގެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ހުޅުވޭވަރު ވާނެ ކަމަށް މިފްކޯއިން ބުނެފިއެވެ.

މިކަމާ ގުޅޭގޮތުން މިފްކޯއިން ބުނީ އައްޑޫގައި އެކުންފުނިން ތަރައްޤީ ކުރަމުންދާ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށެވެ.

މިފްކޯއިން ބުނީ އެ ކޮމްޕްލެކްސްގައި 1،500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ހުންނާނެ ކަމަށާއި ތެޔޮ ރައްކާ ކުރުމަށްޓަކައި 250 މެޓްރިކް ޓަނުގެ ސްޓޯރޭޖެެއް ހުންނާނެ ކަމަށެވެ. އަދި 50 މެޓްރިކް ޓަނުގެ ފެން އުފައްދައި، 250 މެޓްރިކް ޓަނުގެ ފެން އެ ޕްލާންޓުގައި ރައްކާ ކުރެވޭނެ ކަމަށް ވެސް މިފްކޯއިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން މިފްކޯއިން ބުނީ އެ ޕްލާންޓުން 50 މެޓްރިކް ޓަނުގެ އައިސް އުފެއްދޭނެ ކަމަށާއި 100 މެޓްރިކް ޓަނުގެ އައިސް ރައްކާ ކުރެވޭނެ ކަމަށެވެ. ހަމައެއާއެކު ދުވާލަކު 100 މެޓްރިކް ޓަނުގެ ބްރައިން ގަނޑު ކުރެވޭނެ ކަމަށް ވެސް މިފްކޯއިން މައުލޫމާތު ދެއެވެ.

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ހުޅުވަން ރާވާފައިވާއިރު، ކުރިއަށް އޮތް ތަނުގައި އެ ކޮމްޕްލެކްސްގައި ޕައުޗް ޕްލާންޓެއް ޤާއިމު ކުރުމަށް ރާވާފައިވާ ކަމަށް ވެސް މިފްކޯއިން ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...