އިންޑިއަން ޕްރިމިއާ ލީގްގެ ފުރަތަމަ މެޗް، ޗެންނާއި ސުޕަރ ކިންގްސް ކާމިޔާބު ކޮށްފި

ޗެންނާއި ސުޕަރ ކިންގްސް ކާމިޔާބް ކުރި ވަރަށް ފޯރިގަދަ މެޗަކާއި އެކު ކްރިކެޓްގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ އިންޑިއަން ޕްރިމިއާ ލީގް ފަށައިފިއެވެ. ޗެންނާއި ސުޕަރ ކިންގްސް މި މެޗް ކާމިޔާބްކޮށްފައިވަނީ ދެ ވަނަ އިނިންގްސްގައި ބެޓް ކުރަން އަރާ 166 ލަނޑު ކާމިޔާބު ކޮށްގެނެވެ.

އެގޮތުން 20 އޯވަރަށް ކުޅޭ މި މުބާރާތުގެ ފުރަތަމަ އިނިންގްސްގައި ބެޓް ކުރުމަށް ފަހު މުމްބާއި އިންޑިއަންސްއަށް ވަނީ 165 ރަންސް ކާމިޔާބް ކޮށްފައެވެ. އަދި މުމްބައި އިންޑިއަންސްއިން ބެޓް ކުރަން އަރާފައި ވެސް މޮޅު ކުޅުމެއް ދައްކާފައިވެއެވެ. އެގޮތުން ފުރަތަމަ ބެޓް ކުރުމަށް އެރި މުމްބައި އިންޑިއަންސް ޓީމްގެ ހަތަރު ކުޅުންތެރިން ވަނީ އައުޓްވެފައެވެ.

މުމްބާއި އިންޑިއަންސްގެ ކުޅުންތެރިޔާ ލުވިސް އައުޓްވެފައިވަނީ 2 ވަނަ އޯވަރުގައި ދީޕަކް ޗަހަރް އެއްލި ބޯޅައަކުން ފައިގަ ޖެހިގެންނެވެ. އަދި މުމްބާއި އިންޑިއަންސްގެ ކެޕްޓަން ރޯހިތް ޝަރްމާ 3 ވަނަ އޯވަރުގައި އައުޓްވެފައިވާއިރު، އޭނާ އައުޓްވެފައިވަނީ ޗެންނާއިގެ އުކުންތެރިޔާ ޝޭން ވޯޓްްސް އެއްލި ބޯޅައެއް ރޯހިތް ވައިގެ ތެރެޔަށް ޖެހުމާއި އެކު ޗެންނާއިގެ ފީލްޑަރު ރަޔޫދޫ ހިފުމުންނެވެ.

މުމްބާއި ޓީމްގެ ބެޓްސްމަން ޔާދަވް 43 ރަން ހެދުމަށް ފަހު، 12 ވަނަ އޯވަރުގައި ވައިގެ ތެރެޔަށް ޖެހި ބޯޅައެއް ހަރްބަޖަން ސިންގ ހިފުމުގެ ސަބަބުން ވަނީ އައުޓްވެފައެވެ. ޔާދަވް އައުޓްވި ބޯޅަ ވެސް އުކާފައިވަނީ ޗެންނާއި ސުޕަރ ކިންގްސްގެ އުކުންތެރިޔާ ވޯޓްސަނެވެ. އަދި އެ ޓީމުން އެންމެ ފަހުން އައުޓްވި ކުޅުންތެރިޔާ އައުޓް ވެފައިވަނީ 14 ވަނަ އޯވަރުގައެވެ. 

ނަމަވެސް ދެވަނަ އިނިންގްސްގައި ޗެނާއި ސުޕާ ކިންގްސްއިން ވާދަވެރި ކުޅުމެށް ދައްކާފައިވެއެވެ. އެގޮތުން އެ ޓީމްއިން ކުޅެން އެރުމަށް ފަހު 9 ކުޅުންތެރިޔަކު ވަނީ އައުޓްވެފައެވެ. ޓޮސް ކާމިޔާބްކުރުމަށް ފަހު، ފުރަތަމަ އިނިންގްސްގައި ފީލްޑް ކުރި ޗެނާއި ސުޕާ ކިންގްސް އިން ވަނީ ދެވަނަ އިނިންގްސްގައި ތަފާތު ކުޅުމެއް ދައްކާފައެވެ.

އެގޮތުން، އެ ޓީމްގެ ކެޕްޓަން އެމް އެސް ދޯނީ 8 ވަނަ އޯވަރުގައި އައުޓްވުމުން، ޗެންނާއިއަށް މެޗް ގެއްލިދާނެ ފަދަ ގޮތަކަށް އޮތް ނަމަވެސް، އެ ޓީމް ގެ މޮޅު ބެޓްސްމަން ބުރާވޯ އަރާ ވަނީ މެޗް އަލުން ޗެންނާއީއަށް ހޯދާފައެވެ.

ދޯނީ 8 ވަނަ އޯވަރުގައި އައުޓްވެފައިވަނީ ޒުވާން އުކުންތެރިޔާ މަކޭންޑޭ އެއްލި ސުޕިން ބޯޅައަކުންނެވެ. ބްރާވޯ ވަނީ މި މެޗްގައި 7 ފަހަރު 6 އަކަށް ޖަހާފަ އަދި 3 ފަހަރު 4 އަކަށް ޖަހާ 68 ލަނޑު ހަދާފައެވެ. އެންމެ ފަހު ކުޅުންތެރިޔާ އަރުވައިގެން ކުޑަ ތަފާތަކުން އެ މެޗް ޗެންނާއި ސުޕަރ ކިންގްސް ވަނީ ކާމިޔާބު ކޮށްފައެވެ.

އެގޮތުން ޗެންނާއިގެ ބެޓްސްމަން ކެދަރް ޖާދަވް ޖެހި 6 އަކުން 159 ލަނޑު ޗެންނާއި އަށް ލިބުނު އިރު، އެ ޓީމް އެ މެޗް ކާމިޔާބް ކުރުމަށް ބާކީ އޮތީ އެންމެ ދެ ބޯޅައެވެ. ނަމަވެސް ޖާދަވް ދެން ޖެހި 4 އަކުން ޗެންނާއި ވަނީ މެޗް ކާމިޔާބްކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...