ނަޝީދަށް ދޭންވީ ޤައިދީންގެ ޓިކެޓް- މެމްބަރު ފަލާޙް

ނަޝީދު އަށް ދޭންވީ ޤައިދީގެ ޓިކެޓް ކަމަށް ޕީޕީއެމް ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރ އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ފަލާހް ވިދާޅުވެއްޖެއެވެ.

މިތިބޫ ރައީސް ޔާމީން އާއި އެކު ނަމުގައި ލާމު އަތޮޅު ގަމުގައި ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ވާހަލަ ދައްކަވަމުން އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާޙިމް ފަލާހް ވިދާޅުވީ މިއަދު އޭނާ ނަޝީދު އަށް ދޭން ބޭނުންވަނީ ޤައިދީގެ ޓިކެޓް ކަމަށެވެ.

ފަލާހް އިތުރަށް ވިދާޅުވީ ނަޝީދު އަށް ޤައިދީގެ ޓިކެޓް ދީފަ، ޖަލުގައި މައުމޫން އާއި އެކު ޖަލުގައި ވެރިކަމަށް ކުރިމަތި ލުމުގެ ފުރުސަތު ދެވިދާނެ ކަމަށާއި އޭރުން މައުމޫން ނަޝީދު އަށް އަދި ނަޝީދު މައުމޫންއަށް ވޯޓް ލުމުގެ ފުރުސަތު ލިބިދާނެ ކަމަށެވެ.

ފަލާހް ވަނީ ނަޝީދު ދެ އިރު ދެ ވާހަކަ ދައްކާކަން ފާހަގަކުރައްވާފައެވެ. ފަލާހް ވިދާޅުވި ގޮތުގައި ނަޝީދު އެއް އިރު މައިބަދާގައި ރިއްސާނެ ކަމަށާއި ނަމަވެސް އެބައި ފަހަރު މައިބަދަ ރަނގަޅު ކަމަށް ބުނަމުން ދާކަމަށް. ފަލާހް ވަނީ މިއަދު އެމްޑީޕީ އިސް ސަފުންވެސް ނަޝީދު ރާޢްޖެ ގެންނަން ބޭނުން ނުވާކަން ފާހަގަ ކުރައްވާފައެވެ.

މީގެއިތުރުން ފަލާހް ވިދާޅުވީ އިދިކޮޅުގައި ތިބި ގިނަ މީހުން މިއަދު ރައީސް ޔާމިން އާއި ގުޅެން ބޭނުންވެގެން އުޅޭ ކަމަށެވެ. އެގޮތުން މަހްލޫފްވެސް މިހާރު ރާއީސް ޔާމީން އާއި މިސަރުކާރާއި ގުޅެން ބޭނުންވެގެން މެސެޖް ކުރަމުންދާ ކަން ފަލާހް ފާހަގަކުރެއްވިއެވެ


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...