ސަލްމާން ޚާންގެ ޖަލުހުކުމުގެ އިސްތިއުނާފު މައްސަލަ ފަސްކޮށްފި

ސަލްމާން ޚާން

ބޮލީވުޑުގެ މަޝްްހޫރު ތަރި ސަލްމާން ޚާންގެ ޖަލުހުކުމުގެ އިސްތިއުނާފު މައްސަލަ ފަސްކޮށްފިއެވެ.

1998 ވަނަ އަހަރުގައި ސަލްމާން ޚާން ކުޅުނު ފިލްމެއްގެ ޝޫޓިންގެ ގެ ތެރެއިން ފުއްލާއެއް މަރާލާފައިވާކަމަށް ބުނެ މިދިއަ ބްރާސްފަތި ދުވަހު އޭނާ ގެ މައްޗަށް ކުރި ފަސްއަހަރުގެ ޖަލު ހުކުމް އިސްތިއުނާފް ކުރުމަށް އޭނާގެ ވަކީލުން ވަނީ ހުށައަޅާފައެވެ.

ސަލްމާން ޚާންގެ ވަކީލުން  އެ މައްސަލަ އިސްތިއުނާފު ކުރުމަށް ހުށައަޅާފައިވަނީ އެ މައްސަލައިގައި އެކަށީގެންވާ މިންވަރަށް ހެކި ނުލިބެނީސް ޖޯދްޕޫރު ކޯޓުން ސަލްމާންގެ މައްޗަށް މައްސަލަ ސާބިތުވި ކަމަށް ނިންމައި ޙުކުމް ކުރުމާއި ގުޅިގެންނެވެ.

މިއަދު ހެނދުނު އިންޑިއާ ގަޑިން 10:30 ގައި ޖަދްޕޫރުގެ ކޯޓުގައި އިސްތިއުނާފްގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވާއިރު އެއަޑު އެހުމުގައި ދެފަރާތުންވެސް ވަނީ އެމީހުންގެ ވާހަކަތައް ކޯޓުގެ އިސްގާޒީއާއި ހިއްސާކޮށްފައެވެ. މިއަދު އެމަސައްސަލަ އަށް ގޮތެއް ނިންމުމަށް ކުރިން ތާވަލް ކޮށްފައި އޮތް ނަމަވެސް، ދެ ފަރާތުގެ ވާހަކަތައް އަޑު އެހުމަށްފަހު ޖަޖްވަނީ މާދަމާގެ ހެދުނު ދިހަގަޑި ތިރީހަށް އެ މައްސަލަ ތާވަލްކޮށްފައެވެ.

މިމައްސަލައިގެ ގޮތެއް ނިންމުން ލަސްކޮށްފައިވަނީ ސަލްމާން ޚާން ގެ ކުރީގެ މައްސަލަ ތަކުގެ ރެކޯޑް ހޯދުމަށް ދަށު ކޯޓްތަކުގައި އިސް ފަނޑިޔާރު އެދުމާއި ގުޅިގެންނެވެ. މިއަދުގެ އަޑުއެހުމުގައި ސަލްމާނަށް ކޮށްފައިވާ ޙުކުމުގެ ގިނަ ކަންކަން ފާހަގަކޮށްފައިވާނެ ކަން ހާމަކޮށް ވަކީލް ބުނެފައިވަނީ މަންޒަރު ދުށް މީހުންކަމަށް ބުނެ ސަލްމާން އާއިދެކޮޅަށް ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ މީހުންނާއި އަދި އޭގެ އިތުރުން ވެސް އޭނާއާ ދެކޮޅަށް ހުށައަޅާފައިވާ ހެއްކާމެދު ސުވާލު އުފެދޭކަމަށެވެ.

ސަލްމާންގެ އިސްތިއުނާ ގެ މައްސަލަ މާދަމާއަށް ފަސްކޮށްފައިވާއިރު އިއްޔެއިން ފެށިގެން އޭނާ ހުރީ ޖޯދުޕޫރީގެ ޖަލުގައެވެ. އިސްތިއުނާފްގެ މައްސަލަ ނިމިފައި ނުވުމުގެ ސަބަބުން މިރޭ އޭނާ ޖަލުގައި ހޭދަކުރަން ޖެހިފައިވާިއިރު މާދަމާ ބެއިލް ނުލިބިއްޖެނަމަ ކުރިއަށް އޮތީ ހަފްތާ ބަންދުކަމަށް ވުމުން އޭނާ އަށް އިތުރު ތިން ރޭ ޖަލުގައި ހޭދަކުރަން ޖެހިދާނެކަމަށް ވެސް އިންޑިއާގެ ނޫސްތަކުގައިވެއެވެ.

ބައެއް ޚަބަރުތައް ބުނާ ގޮތުން ސަލްމާން ޚާން ޖަލަށްލުމާއެކު ގޭންގްސްޓާރުން އަންނަނީ އޭނާ އަށް މަރުގެ އިންޒާރުތައް ދެމުންނެވެ. އަދި އެކަން ފުލުހުން ޔަގީން ކޮށްދީފައިވާއިރު ސަލްމާން މިހާރު ހުންނަ ގޮޅިން އެހެން ގޮޅިއަކަށް ބަދަލުކުރުމަށް ވެސް ވާހަކަދެކެވެމުންދާކަމަށް ފުުލުހުން ބުނެފައިވެއެވެ. ސަލާމްނާގެ އިތުރުން އޭނާގެ ވަކީލަށްވެސް މަރުގެ އިންޒާރު ދީފައިވާއިރު ފުލުހުން އަންނަނީ އޭނާ އަށްސެކިއުރިޓީ ދެމުންނެވެ.

ސަލްމާން ޖަލުގައި އެއްރޭ ހޭދަކޮށްފައިވާއިރު ޖޯދުޕޫރުގެ ފޮލިހުން ބުނެފައިވަނީ ސަލްމާން ޚާންއަށް ވީއަޕީންނަށް ދޭފަދަ ޚިދުމަތެއް ނުދެވޭނެ ކަމަށާއި ނަމަވެސް އޭނާ އަށް އިތުރަށް ސެކިއުރިޓީ ދީފައިވާކަމަށެވެ. އެގޮތުން ސަލްމާން ލާފައިވާ ގޮޅި ކައިރީގައި އެހެން ގޮޅިތަކަށްވުރެ އިތުރަށް ޖަލުއޮފިސަރުން ތިބޭނެކަމަށް ފުލުހުން ބުނެފައިވެއެވެ.

ސަލްމާން ޚާން އަކީ ކިތައްމެ މަޝްހޫރު އަދި މުއްސަދި މީހެއް ކަމުގައިވީނަމަވެސް ޖަލުގައި ހޭނާ އެއްދުވަސް ހޭދަކޮށްފައިވާިއރު ބޭނުންކޮށްފައިވަނީ އެންމެ އާދައިގެފެނެވެ. ކުނަލެއްގެ މަތީގައި ނިދަންޖެހޭއިރު ކާން ލިބިފައިވަނީ އެންމެ އާދައިގެ ކާތަކެއްޗެވެ. ނަމަވެސް މިއިން އެއްވެސް ކަމަކާއި ސަލްމާން ޚާން ޝަކުވާކޮށްފައި ނުވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ސަލްމާން ޚާންއާއެކު މިމަސައްކަލައިގައި ސައިފް އަލީޚާން ތާބޫ،  ސޮނާލީ ބެންޑްރަ، ނީލަމް ކޮޓާރީގެ މައްޗަށްވެސް ފުއްލާއެއް މަރާލުމުގެ ތުހުމަތު ކުރެވުނެވެ. ނަމަވެސް ކޯޓުން ވަނީ އެކަމުގައި އެމީހުންގެ ކުށެއް ނެތްކަމަށް ހުކުމް ކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...