ނިދުމުގެ ކުރިން މޭކަޕް ރިމޫވް ކުރަން ވީ މި ސަބަބު ތަކާއި ހެދި

 


ދުވާލުގަޑީގައި ކުރާ މޭކަޕާއެކު ނިދުމަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ އަންހެނުން އާދަވެފައި ހުންނަ ނުރަގަނޅު އާދައެކެވެ. ކަންނެތްކަމުގެ ސަބަބުން މޭކަޕު ނުފިލުވާ ނިދުމުން އޭގެ ނުރަގަނޅު އަސަރު މޫނަށް ކުރާނެ ކަން އެންމެންނަށްވެސް އެނގެއެވެ.
މޫނުގައި ކޮއްފައި ހުންނަ މޭކަޕް ނުފިލުވާ ނިދުމުގެ ސަބަބުން މޫނަށް ދިމާވެދާނެ މަައްސަލަތަކަށް މިލިޔުމުގައި ބަލާލާނަމެވެ.


* ލޮލުގެ އިންފެކްޝަން
ލޯމަތި ތަފާތު ރީތިގޮތަކަށް މޭކަޕް ކުރުމަކީ ކޮންމެ އަންހެންކުއްޖަކުވެސް ބޭނުންވާނެ ކަމެވެ. އެގޮތުން ތަފާތު އެކި ކަހަލަ ކުލަތަކުން ލޯމަތި މޭކަޕް ކުރާއިރު ސްމޯކީ އައި މޭކްޕް އަކީ މިހާރު ގިނަ ކުދިންނަށް އެންމެ ކަމުދާ އައި މޭކަޕްއެވެ.
ނަމަވެސް ސްމޯކީ އައި މޭކަޕަކީ އޭގެ ސަބަބުން ލޮލަށް އިންފެކްޝަން ޖެހިދާނެ މޭކަޕެކެވެ. އެގޮތުން މަސްކަރާއި އިން ފެޝިގެން ގޮސް ބޭނުންކުރާ އައިޝޭޑޯގެ އެތިކޮޅެއް ނަމަވެސް ލޮލުގެ ތެރެއަށް ގޮސްފިކަމުގައި ވާނަމަ ލޯކެހުމާ އެކު ދިލަނަގާ ރަތްވުން އެކަށީގެންވެއެވެ. 


* ބްލެކް ހެޑްސް
މޫނުގައި ބްލެކް ހެޑްސް ހުރުމަކީ އެއްވެސް މީހަކު ބޭނުންވާ ކަމެއް ނޫނެވެ. ބްލެކް ހެޑްސް މޫނުން ފޮހެލުމަށް އެންމެންވެސް މަސައްކަތް ކުރާއިރު މޭކަޕާއެކު ނިދުމުގެ ސަބަބުން ބްލެކް ހެޑްސް އުފެދުމަށް މާ ބޮޑަށް މަގު ފަހިވެއެވެ. ކޮންމެ ރެއަކު މޫނުން މޭކަޕް ސާފުކޮށްގެން ނިދާނަމަ މޫނުގައި ބްލެކް ހެޑްސް ނެގުން މަދުވާނެއެވެ.


* ބިހި ނެގުން
ރޭގަނޑު މޭކަޕް ސާފު ނުކޮށް ނިދާކަމުގައިވާ ނަމަ މޫނުގައި ބިހި ނެގުން ގިނަވެ، ނަގާފައި ހުންނަ ކުދި ބިހިތައްވެސް ބޮޑުވެ ފާރުވާ ގޮތް މެދުވެރިވާނެއެވެ. މީގެ ސަބަބުން އޮމާން ކޮށް ރީތިކޮށް ބަހައްޓަން ބޭނުންވާ މޫނުގައި ލަކުނު ލާގޮތްވާނެއެވެ.


* ތުންފަތް ހިކުން
ތުންފަތުގައި ކުލަ ޖައްސާއިރު މިހާރު އެންމެންވެސް ބޭނުންކުރަނީ ގިނައިރު ހުންނަ ކުލަ ގަދަ ލިޕްސްޓިކް ތަކެވެ. މިއާއެކު ނިދިމުގެ ސަބަބުން އެކުލަތައް ތުންފަތުގައި ހުންނަ ވަގުތު ގިނަވެގެންދެއެވެ. އޭގެ ސަބަބުން ތުންފަތުގައި ހުންނަ ތެތްކަން ކެނޑި ހިކެން މެދުވެރިވާނެއެވެ.


* ހަންގަނޑު ކުރަކިވުން
މޫނުގައި ހާކާފައި ހުންނަ ފައުންޑޭޝަންތަކާއެކު ނިދާކަމުގައި ވާނަމަ މޫނުގެ ހަންޑު ކުރަކިވެ، ރޫޖެހެން މެދުވެރިވާނެއެވެ. މިކަމުގެ ސަބަބުން އެމީހާގެ އުމުރަށްވުރެ ބޮޑުކަމަށް ދައްކާނެއެވެ. ހަންގަޑަށް ފަރުވާތެރިވާން އެންމެ ރަގަނޅު ދުވަސްވަރަކީ ޒުވާން ދުވަސްވަރަށް ވުމާއެކު އެދުވަސްވަރު މޫނުގެ ހަންގަނޑަށް ފަރުވާތެރި ނުވެވިއްޖެނަމަ ފަހުން އެންމެ އެކަށީގެންވާ ފަރުވާއެއް ނުދެވޭނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...