ސިންގަޕޫރު، ސްވިޒަލެންޑް އަދި ޓޯކިޔޯއާއި ގުޅޭގޮތުން ސަރުކާރުން ދައްކާ މިސާލުތަކުގެ ހަޤީޤީ މާނަ

އިންސާނީ މުޖުތަމައަކަށް ތަރައްޤީއާއި ތަހުޒީބު ގެންނައިރު، އެތަނަކަށް ވުރެ ކުރިއަރާފައިވާ ތަންތަނުގެ މިސާލު ބެލުމަކީ މައްސަލައެއް ނޫނެވެ. މުޖުތަމައަކަށް ނުވަތަ ޤައުމަކަށް ތަރައްޤީ ގެނައުމުގައި އެއް ޤައުމު އަނެއް ޤައުމާއި ވާދަ ކުރުމަކީ ދުނިޔޭގެ ތާރީޚުގައި ވެސް ފެނިގެން ގޮސްފައިވާ ކަންކަމެވެ.

ދިވެހިރާއްޖޭގައި 30 އަހަރު ވެރިކަން ކޮށްފައިވާ ބޭފުޅަކާއި ފަޅި ސިކުންތަކަށް ވެރިކަން ކުރި ބޭފުޅެއްގެ ދުވަސްތައް ވަނީ މާޒީވެ ގޮސްފައެވެ. އެ ދެ ބޭފުޅުންގެ ދައުރުތަކުގައި ރާއްޖެއަށް ގެނެވިފައިވާ ތަރައްޤީއާއި، ރާއްޖޭގެ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ ދައުރުގައި ގެނެސްދެއްވާފައިވާ ތަރައްޤީއާއި އަޅާ ވެސް ނުކިޔެއެވެ. ވަކި ވަކިން ކިޔެއްތޯ، އެ ދެ ބޭފުޅުންގެ ދައުރުތައް އެއްކޮށްލައިގެން ވެސް ރައީސް ޔާމީން ގެނެސްދެއްވާފައިވާ ތަރައްޤީއާއި ހަމަހަމަ ނުކޮށްލެވެއެވެ.

މިފަދަ ކަންކަން ހަޖަމު ކުރުމަކީ އިދިކޮޅު ފަރާތްތަކަށް އުނދަގޫ ކަމަކަށްވެ، މިހާރު ފެންނަމުންދާ މަންޒަރަކީ މި ސަރުކާރުގެ ތަރައްޤީތަކަށް ހުރަސް އެޅުމަށް މަސައްކަތްކޮށް، އާންމުންގެ މެދުގައި ސަރުކާރާ ބެހޭގޮތުން ހަޤީޤަތާ ޚިލާފު ވާހަކަތައް ފަތުރާ މަންޒަރެވެ.

ހުސް ބިމެއްގައި ގަހެއް އިންދާލާ އިންދާލުން ނުވަތަ ކަނޑުއަޑީގައި ކެބިނެޓް ބައްދަލުވުމެއް ބޭއްވުމަކީ ޤައުމަށް ތަރައްޤީ ގެނައުން ކަމަށް އިދިކޮޅު ފަރާތްތަކުން ޤަބޫލު ކުރި ނަމަވެސް، ރައީސް ޔާމީންގެ ވިސްނުންފުޅު ހުންނެވީ އެއަށްވުރެ މާ މަތީ ދަރަޖައެއްގައެވެ.

ބޭރުގެ ކުރިއަރާފައިވާ މުޖުތަމައުތަކަށް ބެލުމަށްފަހު، އެފަދަ ތަރައްޤީ ރާއްޖެއަށް ގެނައުމަކީ މި ސަރުކާރުގެ އުންމީދެކެވެ. އެހެން ނަމަވެސް މިފަދަ ކަންކަމަކީ އިދިކޮޅު ފަރާތްތަކުގެ ވިސްނުމަށް ނަގައިގަތުމަށް ދަތި އުނދަގޫ ކަންތައްތައް ކަމަށްވުމާއި އެކު، އެ ފަރާތްތަކުން ދަނީ ސަރުކާރުން ދައްކަމުންދާ މިފަދަ ވާހަކަތަކަށް ހަޖޫ ޖަހަމުންނެވެ.

އިދިކޮޅު ފަރާތްތަކުގެ ނާތަހުޒީބީ ވާހަކަތަކަށް ރައްދު ދެއްވަމުން އިޤްތިސާދާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ، ތަރައްޤީގެ ވާހަކަތައް ދައްކާއިރު ބޭރު ޤައުމުތަކުގެ ނަންތައް ބޭނުންކޮށް، އެ ޤައުމުތަކަށް އައިސްފައިވާ ތަރައްޤީގެ މިސާލު ދެއްކުމުގެ މާނަ އިދިކޮޅު ފަރާތްތަކުން އޮޅުވާލާފައިވާ ކަމަށެވެ. މި ސަރުކާރުން ރާއްޖެއަށް ތަރައްޤީ ގެނައުމުގައި ސިންގަޕޫރުގެ އޮނިގަނޑު މިސާލަށް ނަގާއިރު، ދުނިޔޭގެ އެހެން ޤައުމުތަކުން ވެސް ސިންގަޕޫރަށް އައިސްފައިވާ ތަރައްޤީއަށް ތައުރީފު ކުރަމުންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން ބޭރު ޤައުމުތަކަށް އައިސްފައިވާ ތަރައްޤީއާއި ބެހޭގޮތުން ދައްކާ ވާހަކަތަކުގެ އަސްލު ހަޤީޤީ މާނަ ތިލަކޮށްދެއްވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، ސްވިޒަލެންޑުގެ މިސާލު ދެއްކުމުގެ މާނައަކީ ޓޮބްލެރޯން ފެކްޓްރީއެއް ރާއްޖޭގެ ހުޅުވުން ނޫން ކަމަށާއި، ޓޯކްޔޯގެ ވާހަކަ ދެއްކުމުގެ މާނައަކީ ޓޯކްޔޯ ޓަވަރު ގެނެސް މާލޭގައި ބެހެއްޓުން ނޫން ކަމަށެވެ. އަދި އެ ވާހަކަތަކުގެ ހަޤީޤީ މާނައަކީ އެ ޤައުމުތަކަށް އައިސްފައިވާ ފަދަ ތަރައްޤީ ރާއްޖެއަށް ގެނެސް، އެ ޤައުމުތަކުގެ ރައްޔިތުން އިހްސާސް ކުރަމުންދާ އުފާވެރިކަން ދިވެހިންނަށް ވެސް ގެނެސްދިނުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހަމައެއާއެކު ރާއްޖެއަކީ ވެސް ވަސީލަތްތައް މުއްސަނދި ޤައުމެއް ކަމަށާއި، މި ސަރުކާރުން އެ ވަސީލަތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ.

ޝައްކެއް ވެސް ނެތް ގޮތުގައި ރައީސް ޔާމީންއަކީ ވިސްނުންތޫނު، ހިކުމަތްތެރި ބޭފުޅެކެވެ. ރައީސް ޔާމީން ގެންގުޅުއްވާ ދުރު ވިސްނުންފުޅާއި، ސިޔާސަތުތަކުގެ ހެޔޮ ނަތީޖާތައް މުޅި ރާއްޖޭން މިދަނީ ފެންނަމުންނެވެ.

ރައީސް ޔާމީންގެ މި ދައުރުގައި ދިވެހި ތާރީޚުގައި ވެސް ނުދެކޭ ފަދަ ކުރިއެރުންތައް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އައިސްފައިވާއިރު، ކުރިން ހީނަރުވަމުންދިޔަ ދިވެހި މަސްވެރިކަން ވެސް އިތުރަށް ފުޅާކޮށް، އެ ދާއިރާއިން ގެއްލުނު މާކެޓްތައް އަލުން ހޯދައި، މަސްވެރިންގެ މޫނުތަކަށް ހިނިތުންވުން ވަނީ އައިސްފައެވެ. ހަމައެއާއެކު މި މުއްދަތުގެ ތެރޭގައި ރައީސް ޔާމީންގެ ސަރުކާރުން ފެއްޓެވި އުމްރާނީ ބިޔަ މަޝްރޫއުތަކާއެކު އިމާރާތް ކުރުމުގެ ދާއިރާ ވެސް ވަނީ ހީވެސް ނުކުރާހާ އުސްމިންތަކަށް ވާސިލުވެފައެވެ.

މިފަދަ ކަންތައްތަކަކީ ރައްދު ދެވޭނެ ފަދަ ކަންތައްތައް ކަމަށް ނުވުމާއެކު އިދިކޮޅު ފަރާތްތަކުގެ މާޔޫސްކަންވެސް ރައީސް ޔާމީންގެ ވެރިކަމުގައި އިތުރުވަމުންދާކަން ފާހަގަކޮށްލެވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ހެޔޮ 05 އޭޕްރީލް 2018 - 01:01

    މިޒްޔާލެއް ކަމަކު ޗަ ވިދޭޅުވީ ވަރަށް ބަރޭބަރު ވާހަކަޔެއް. އޭގެ މާނައކީ ޓޮބްލެރޯން ފެކްޓަރީއެއް ހުޅުވުމެއް ނޫން

  2. އަހަންމާ 05 އޭޕްރީލް 2018 - 00:59

    ބަލަގަ އިދިކޮޅޭ މެންނަކަށް ޓޯކިޔޯއެއް ސިންގަޕޫރެއް ވަކިއެއް ނުވޭ!

ގުޅުން ހުރި
Loading...