ސަލްމާން ރާއްޖެ އައީ އަރްބާޒް އަދި ސުހެއިލްއާއި އެކުގައި

ބޮލީވުޑްގެ ތަރި ސަލްމާން ޚާންއަށް ރާއްޖެއަކީ އާ މަންޒިލެއް ނޫނެވެ. މީގެ ކުރިންވެސް ޗުއްޓީ ހޭދަކޮށްލުމަށްޓަކައި ސަލްމާން ރާއްޖެ އައިސްފައިވާއިރު، މިފަހަރުވެސް ސަލްމާން ރާއްޖެ އައީ އޭނާގެ އާއިލާގެ މެމްބަރުންނާއި އެކީގައެވެ.

އެގޮތުން ސަލްމާންގެ ދަތުރުގައި އޭނާއާއި އެކީގައި އަރްބާޒް އަދި ސުހެއިލްވެސް ބައިވެރިވެއެވެ. އެހެންނަމަވެސް ސަލްމާން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދަނީ ކޮން ރިޒޯޓެއްގައި ކަމެއް ސާފެއް ނުވެއެވެ. ރާއްޖެއާއި ގުޅޭގޮތުން ސަލްމާން މީގެ ކުރިން ބުނެފައިވަނީ ރާއްޖެއަކީ އޭނާއަށް އެންމެ ކަމުދާ ހޮލިޑޭ ޑެސްޓިނޭޝަން ކަމަށެވެ. މީގެ ކުރިން ސަލްމާން ވަނީ ޕެރެޑައިޒް އައިލެންޑް ރިޒޯޓްގައިވެސް ޗުއްޓީ ހޭދަކޮށްފައެވެ.

އަދި މިދިޔަ އަހަރު އޭނާގެ އަންހެން ކޮއްކޮގެ ދަރިފުޅުގެ އުފަންދުވަސް ފާހަގަ ކުރުމަށް ރާއްޖެ އައިސްފައެވެ. ސަލްމާންގެ އެދަތުރުގައިވެސް އޭނާއާއި އެކީގައި އާއިލާގެ މެމްބަރުން ބައިވެރިވެފައިވެއެވެ. ސަލްމާން ޚާން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނައިރު، ފަހަކަށް އައިސް ބޮލީވުޑްގެ ގިނަ ފަންނާނުން ދަނީ ޗުއްޓީ ހޭދަ ކުރުމަށްޓަކައި ރާއްޖެއަށް ޒިޔާރަތް ކުރަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...