ރިޔާސީ އިންތިޚާބާއި ގުޅޭގޮތުން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ކުރަން ނިންމައިފި

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅޭ މަޝްވަރާތައް ކުރުމަށްޓަކައި މާދަމާ ސިޔާސީ ޕާޓީތަކާއި ބައްދަލު ކުރުމަށް ހަމަޖެހިފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ. 

ޗެނަލް 13 އަށް ދެއްވި ޙާއްސަ ބަސްތީގަތުމެއްގައި އިލެކްޝަން ކޮމިޝަންގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބާއި ގުޅޭ މަޝްވަރާތައް ކުރުމަށް ސިޔާސީ ޕާޓީތަކާއި މާދަމާ ބައްދަލު ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އަކްރަމް ވިދާޅުވީ، ސިޔާސީ ޕާޓީތައް ރެގިއުލޭޓް ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމުގެ އިތުރުން ރިޔާސީ އިންތިހާބްގެ ތައްޔާރީތަކާއި ގުޅޭ މައުލޫމާތު ސިޔާސީ ޕާޓީތަކާއި ހިއްސާ ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެއިތުރުން މި ބައްދަލުވުމަށް މިހާރު ހުރިހާ ސިޔާސީ ޕާޓީތަކުން އިޖާބަށް ދީފައިވާކަން އަކްރަމް ފާހަގަކުރެއްވިއެވެ. 

އިތުރަށް ވާހަކަ ދައްކަވަމުން އަކްރަމް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވާދަަކުރަން ބޭނުންވާ ކެންޑިޑޭޓުން ކުރިމަތި ލުމުގެ ފުރުސަތު ޖުލައި މަހު ހުޅުވާލާނެ ކަމަށެވެ. މީގެއިތުރުން ސެޕްޓެމްބަރު މަހުގެ ތެރޭގައި އިންތިހާބް ބޭއްވުމަށް ތައްޔާރު ވަމުން ދާކަން ފާހަގަކުރެއްވިއެވެ. އަކްރަމް އިތުރަށް ވިދާޅުވީ، ކުރިޔަށް އޮތް ރިޔާސީ އިންތިހާބަކީ އާއްމު ރައްޔިތުންނަށް ފަސޭހަ އިންތިހާބަކަށް ހެދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް ދާ ކަމަށެވެ.

އެގޮތުން މި އިންތިހާބްއާއި ގުޅޭ ކަންތައްތަކާއި މެދު މީޑިއާތަކާއި މަޝްވަރާކުރުމާއި، އިންތިހާބުގެ އަމަން ބެލެހެއްޓުމައި އެންމެ އިސްދައުރެއް އަދާ ކުރާނެ މޯލްޑިވްސް ޕޮލިސް ސާރވިސްއާއި ވެސް މަޝްވަރާ ކުރެވިފައިވާކަމަށެވެ. މީގެއިތުރުން އަކްރަމް ފާހަގަކުރެއްވި ގޮތުގައި، މި އިންތިހާބުގެ ތައްޔާރީތަކާއި ގުޅޭގޮތުން ބައިނަލްއަގްވާމީ ފަރާތްތަކާވެސް މަޢުލޫމާތު ހިއްސާ ކޮށްފައިވާކަމަށެވެ.

އެގޮތުން އީޔޫ މިޝަންގެ ފަރާތްތަކާއި 2 ފަހަރު ބަދަލުކޮށްފައިވާއިރު، އދގެ އިންސާނީ ހައްޤުތަކާއި ބެހޭ އޮފީހުގެ ބޭފުޅުންނާއިވެސް ބައްދަލުކޮށްފައިވާކަމަށެވެ. އަދި އައިޕީޔޫގެ ވަފްދުގެ ބޭފުޅުންނާއިވެސް ބައްދަލުކޮށްފައިވާކަން އަކްރަމް ފާހަގަކުރެއްވިއެވެ. 
-


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...