ރާއްޖޭގައި އުފެދުނު ފުރަތަމަ ޑެފް ޓީމް މެޗެއް ކުޅެފި

ދިވެހިރާއްޖޭގެ ތާރީހުގައިވެސް މުޅިން އަލަށް، ޑެފް ޓީމެއް ބިނާކުރެވި ޓީމް އަލަށް މެޗެއް ކުޅެފިއެވެ. ނަމަވެސް، މިހާތަނަށް ރާއްޖޭގައި ޑެފް ޓީމް އުފެދި މާލޭގައި ފަރިތަކުރުންތައް ބާއްވާތާ ފަސްވަރަކަށް މަސް ވެފައިވާ އިރު، ރާއްޖޭގައި ޑެފް ފުޓްބޯޅަ ޓީމެއް އުފަންވި ކަން ގިނަ ދިވެހީންނަށް އަދިވެސް ނޭނގޭނެ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.


ދިވެހިރާއްޖޭގެ ސްޕޯޓްސް ކޯޕަރޭޝަނާއި ރާއްޖޭގެ ޑެފް އެސޯސިއޭޝަން ގުޅިގެން އުފައްދާފައިވާ ޑެފް ޓީމް މިވަނީ ދާދި ފަހުން ޅ. އަތޮޅަށް ކުރި ދަތުރުގައި އެއަތޮޅުގައި މެޗުތަކެއް ކުޅެފައެވެ. އެގޮތުން ޅ. ހިންނަވަރުގައި މުޅިން އަލަށް މެޗެއްވެސް ކުޅެފައިވާ އިރު، ޅ. އަތޮޅުގެ ރައްޔިތުންނަށްވެސް އެކަންވީ މުޅިން އާ ކަމަކަށެވެ. ދިވެހިރާއްޖޭގެ ވެރިރަށް މާލެއިން ޑެފް ޓީމް ފުރައި، ޓީމް އެންމެ ފުރަތަމަ ކޭމްޕް ކޮށްފައިވަނީ ފެލިވަރުގަ އެވެ. ފެލިވަރަށް ޒިޔާރާތްކޮށް، ފެލިވަރުގައި ހުރި ފެސިލިޓީތަކާއި ހިދުމަތްތައް ބަލާލުމަށް ފަހު، ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމަށް ޓީމް ވަނީ ކައިރީގައި އޮތް ރިޒޯޓެއް ކަމަށްވާ ކުރެދޫ އަށް ދަތުރުކޮށް އެ ރިޒޯޓުގައި ބިނާކޮށްފައިވާ ހިތްގައިމު ފުޓްބޯޅަ ދަނޑުގައި ފަރިތަކުރުންތައް ބާއްވާފަ އެވެ. އޭގެ އެއް ދުވަސް ފަހުން ޓީމް ހިންނަވަރަށް ދަތުރުކޮށް އެ ރަށުގައި މެޗު ކުޅުން އިރު، ގިނަ އަދަދެއްގެ ބެލުންތެރިން ވަނީ ކުޅި ދަނޑަށް ޒިޔާރާތްކޮށް މެޗުގެ ފޯރިގަދަކޮށްލާފަ އެވެ. ރައްޔިތުންގެ ހަޔާތުގައި އެ ދުވަސް ނާންނާނެ ދުވަހެއްގެ ގޮތުގައި ބައެެއް ރައްޔިތުން ވަނީ ސިފަކޮށްފަ އެވެ.


އެ މެޗު ފެށިގެން ޑެފް ޓީމުން ފުރަތަމަ ދެ ލަނޑު ޖަހާފައިވަނިކޮށް، ހިންނަވަރު ޓީމުން ވަނީ ގޯލާ ފުދޭވަރަކަށް ދުރުން ދެ ލަނޑު ގޯލުގެ ތެރެއަށް ވައްދާލައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ހިންނަވަރު ޓީމުން ތިންވަނަ ލަނޑެއް ވައްދާލުމަށް ފަހު، ފަހަތުން އަރައި ލީޑު ނެގި އެވެ. ނަމަވެސް، ޑެފް ޓީމްގެ ހިތްވަރު ދަށްވެފައެއް ނުވެ އެވެ. ޑެފް ޓީމު ކޮޅަށް ތިން ލަނޑު ވަތްނަމަވެސް، ކުޅުންތެރިންގެ ޖޯށާއި ހިތްވަރު ވަނީ ދައްކުވާލާފަ އެވެ. އިދިކޮޅު ޓީމް ކޮޅަށް ބާރުބޮޑުކޮށް، ޕްރެޝަރަށް ވައްޓާލި އިރު، ފަހަތުގައި އޮއްވާ ޓީމުން ވަނީ އިތުރު ތިން ލަނޑު ޖަހައި 5-3 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފަ އެވެ.


އެ މެޗު ފެށިގެން ޑެފް ޓީމުން ފުރަތަމަ ދެ ލަނޑު ޖަހާފައިވަނިކޮށް، ހިންނަވަރު ޓީމުން ވަނީ ގޯލާ ފުދޭވަރަކަށް ދުރުން ދެ ލަނޑު ގޯލުގެ ތެރެއަށް ވައްދާލައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ހިންނަވަރު ޓީމުން ތިންވަނަ ލަނޑެއް ވައްދާލުމަށް ފަހު، ފަހަތުން އަރައި ލީޑު ނެގި އެވެ. ނަމަވެސް، ޑެފް ޓީމްގެ ހިތްވަރު ދަށްވެފައެއް ނުވެ އެވެ. ޑެފް ޓީމު ކޮޅަށް ތިން ލަނޑު ވަތްނަމަވެސް، ކުޅުންތެރިންގެ ޖޯށާއި ހިތްވަރު ވަނީ ދައްކުވާލާފަ އެވެ. އިދިކޮޅު ޓީމް ކޮޅަށް ބާރުބޮޑުކޮށް، ޕްރެޝަރަށް ވައްޓާލި އިރު، ފަހަތުގައި އޮއްވާ ޓީމުން ވަނީ އިތުރު ތިން ލަނޑު ޖަހައި 5-3 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފަ އެވެ.


މެޗު ކުޅުމާ ހިސާބަށް ދިޔަ އިރު، ފާހަގަކޮށްލަން ޖެހޭ އެއް ކަމަކީ، މިއީ، ޑެފް ޓީމެއް އުފެދިގެން އައި އިރު، ޑެފް ކުދިންވެސް ހީކޮށްގެން ހުރި މަންޒަރެއް ނޫންކަމެވެ. އެއީ، އެކުދިންގެ ހަޔާތުގައި ދުވަހަކުވެސް ވާނޭ ކަމަކަށް ހުދު އެ ކުދިންވެސް ގަބޫލުކޮށްގެން ހުރި ކަމެއް ނޫނެވެ. ޑެފް ކުދިންނަށް އިހުސާސްވި ގޮތުގައި މިއީ، އެ ކުދިންގެ މުހިންމުކަން ދިވެހިރާއްޖެއިން ބަލައިގަތް ކަމެކެވެ. ދިވެހި ސަރުކާރުން ނުކުޅެދުންތެރިކަން ހުންނަ ކުދިން އެއްކައިރި ކޮށް ނުލާނެ ކަން އެކުދިންނަށްވެސް ސިފަވި ކަމެކެވެ. ޓީމަށް އިހުސާސްވީ ގައުމީ ޓީމެއްގެ އިހުސާސްތައް. ކުރެވުނީ ފޮނި ތަޖުރިބާތަކެކެވެ. ހަގީގަތުގައިވެސް ޓީމެއް މިވަނީ ބިނާކުރެވިފަ އެވެ.


މުޅި ދަތުރުންވެސް ސިފަވާ އެއް ކަމީ، ނުކުޅެދުންތެރި ކުދިންގެ ގޮތުގައި އެ ކުދިން ސިފަކޮށްފައިވާ އޮންނަ އޮތުމަކީ މުޅިން އޮޅުވާލެވިފައި އޮންނަ ނެރެޓިވެއްގެ ގޮތުގައެވެ. އާންމު، "ކުޅެދޭ" މީހުންނެކޭ އެއްގޮތަށް، އެ ކުދިންނަކީވެސް، ގާބިލު ހުނަރުވެރި ކުދިންތަކެއްކަން ހަގީގަތުގައިވެސް ފެނިގެން ހިނގައްޖެ އެވެ. ވާހަކަ ދެއްކުމާއި އަޑު އިވުމުން މަހުރޫމު ކުދިބަޔަކަށް ވިޔަސް، ކުޅެދޭ މީހުންނެކޭ އެއް ފެންވަރުން ނުވަތަ އެޔަށްވުރެ ވެސް މޮޅަށް، މީގެ ތެރެއިން ބައެއް ކުދިންނަށް ހަރަކާތްކުރެވޭކަން ވަނީ ފުޓްބޯޅަ މެޗުން ސާބިތުކޮށްދީފަ އެވެ. އެހެނީ، މިކުދިން މެޗު ކުޅެފައިވަނީވެސް ކުޅެދޭ ޓީމަކާ ދެކޮޅަށްކަމުން އެކަން ވަރަށް ރަނގަޅަށް ހާމަވެގެންދެ އެވެ.


މުސްތަގްބަލަށް ވިސްނާލާއިރު ދެން އޮތީ ކޮން ކަމެއްތޯ؟ މިހާރު ސްޕޯޓްސް ކޯޕަރޭޝަނުން އަމާޒު ހިފާފައި މިވަނީ، އެކުދިންނަށް ބައިނަލްއަގްވާމީ މެޗަކުން ފުރުސަތު ހޯދައިދީ މެލޭޝިއާ ނުވަތަ ތައިލެންޑް ފަދަ ގައުމަކަށް ޒިޔާރަތްކޮށް އެ ފުރުސަތުވެސް ޑެފް ޓީމަށް ހޯދައިދިނުމެވެ. ބައިނަލްއަގްވާމީ މުޖްތަމައުގައިވެސް އެގޮތަށް ނުކުޅެދުންތެރިކަން ހުންނަ ޓީމްތައް މުބާރާތްތައް ކުޅޭއިރު، ދިވެހިރާއްޖޭގައި އުފެދޭ ފުރަތަމަ ޑެފް ގައުމީ ޓީމުގެ ހުނަރު ދުނިޔެއަށް ދައްކާލުމަކީ އެކުދިން ވެސް ކުރާނެ އުންމީދެކެވެ. އެހެންކަމުން ދިވެހި މުޖުތަމައުންވެސް އެކަން ބަލައިގަނެ ޓީމަށް އެފުރުސަތު ހޯދައި ދިނުމަށް މަސައްކަތް ކުރަންޖެހެ އެވެ.


އަދި ޑެފް ޓީމެއް މިހާރު ބިނާވެގެން އައި ނަމަވެސް، އެކަން އަދި ނިމުނީކީ ނޫނެވެ. ލެޓްސް ޕްލޭގެ ދަށުން އެ ކޯޕަރޭޝަނުން މިހާރު އަންނަނީ އެހެނިހެން ބައެއް ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށްވެސް ކުޅިވަރުގެ ތެރެއިން ފުރުސަތު ހޯދައިދިނުމަށް ތައްޔާރުވަމުންނެވެ. އެގޮތުން މުސްތަގުބަލުގައި ފެނުމުން މަހްރޫމްވެފައިވާ ކުދިންގެ ޓީމެއްގެ ހުނަރު ފެނިގެން ދިއުމަކީ ވެސް ވަރަށް ގާތުގައިވާ ކަމެކެވެ.    


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...