ރައީސް ޔާމީން ދެވަނަ ދައުރަށް ހޮވައިގެން ނޫނީ މި ޤައުމު ސަލާމާތް ނުވާނެ- ޖަމީލް އުސްމާން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދެވަނަ ދައުރަކަށް ހޮވައިގެން ނޫނީ މި ޤައުމު ސަލާމާތް ނުވާނެ ކަމަށް ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވެއްޖެއެވެ. 
 
ގއ ވިލިގިލީގައި ޕީޕީއެމްގެ ފަރާތުން ބޭއްވި "ވިދި ވިދި އޮޓެ އޮޓެ " ޖަލްސާގައި ވާހަކަ ދައްކަވަމުން ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ވިދާޅުވީ، ރައީސް ޔާމީން 2018 ވަނަ އަހަރު ދެވަނަ ދައުރަކަށް ހޮވައިގެން ނޫނީ މި ޤައުމު ސަލާމާތް ނުވާނެ ކަމަށް. ޖަމީލް އުސްމާން ވިދާޅުވީ، ރާއްޖޭގެ މިނިވަން ކަމާއި އިސްތިގްލާލް މިއަދު ދިވެހި ރައްޔިތުން ހިމާޔަތްކޮށް ރައްކާތެރިކުރަން ޖެހޭ ކަމަށެވެ.

އެގޮތުން ސަރުކާރާއި، އިދިކޮޅުގައި މަސައްކަތް ކުރަމުން ދާ ސިޔާސީ ފަރާތްތައް ދައްކަމުންދާ ވާހަކަ ތަކައް ރައްދު ދެއްވަމުން ޖަމީލް އުސްމާން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ރާއްޖޭގެ މިނިވަން ކަމާއި އިސްތިގްލާލްއާއި ތޮޅެން ކަމަށެވެ.

މިސާލެއްގެ ގޮތުގައި ޖަމީލް އުސްމާން ވިދާޅުވީ މިއަދު އިދިކޮޅު ފަރާތުން ރާއްޖެ ފަދަ ކުޑަ ކުޑަ ޤައުމެއްގެ ވާހަކަ އ.ދ ގެ ސަލާމަތީ މަޖިލީހާއި ހިސާބަށް ގެންގޮސް ފިޔަވަޅު އެޅުމަށް ގޮވާލަމުން ދާކަމަށް. މީގެއިތުރުން 1988 ވަނަ އަހަރު ގެ ނުވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ހާދިސާ އިޔާދަ ކުރަން މަސައްކަތް ކުރަމުން ދާކަމަށްވެސް ޖަމީލް އުސްމާން ވިދާޅުވިއެވެ. 

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު ވިދާޅުވީ، މިއަދު ގއ އަތޮޅާއި ވިލިނގިލީގެ ރައްޔިތުން ބޭނުންވަނީ ތަރައްޤީ ކަމަށެވެ.

ޔާމީން އިތުރަށް ވިދާޅުވީ ބައެއް ސިޔާސީ ފަރާތްތަކުން ޓުވިޓާރ ގައި ތަރައްޤީ އަކީ ކޮންކްރީޓްއެއް ނޫނޭ ބުނި ނަމަވެސް ހަޤީޤަތުގައި ތަރައްޤީ އަކީ ކޮންކްރީޓް ކަމަށެވެ. ޔާމީން ވިދާޅުވީ މިއަދު އެމްޑީޕީއަަކީ މެޖޯރިޓީ ޕާޓީ އެއް ނޫން ކަމަށާއި، އަދި މައިނޯރިޓީއެއް ވެސް ނެތް ކަމަށެވެ. މީގެއިތުރުން އެމްޑީޕީގައި ހަމައެކަނި އޮތް ލަޝްކަރަކީ އެ ޕާޓީގެ ޖަގަހަ ކުރިމަތީގައި ޒުމްބާ ކްލާސް ޖައްސާ 20 މީހުން ކަމަށެވެ.

ޔާމީން ވިދާޅުވި ގޮތުގައި ޒުމްބާ ކްލާސް ޖައްސާ ފަރާތްތަކުންވެސް އެކަން ކޮށް ނިންމާފަ މާލެއާއި ހުޅުމާލެ ދެމެދު އަޅަމުންދާ ބުރިޖް ބަލަންވެސް ތިބޭ ކަމަށެވެ. ޔާމީން އިތުރަށް ވިދާޅުވީ މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ޤަނޫނީ އަސާސީ އާއި އެއްގޮތައް ޤާނޫނީ އިމުގެ ތެރެއިން ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...