ސިވިލް ސަރވިސް ކޮމިޝަނުގެ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ނެރެފި


2017 ވަނަ އަހަރަކީ، ސިވިލް ސަރވިސް ކޮމިޝަނުގެ ބަޖެޓުގެ ކުޑަކަމުން ކުރިމަތިވި ގޮންޖެހުންތަކާއި އެކީގައިވެސް ގިނަ ކާމިޔާބީތަކެއް ހާސިލް ކުރެވުނު އަހަރެއް ކަމަށް އެކޮމިޝަނުގެ ރައީސް ޑރ އަލީ ޝަމީމް ވިދާޅުވެއްޖެއެވެ.

ސިވިލް ސަރވިސް ކޮމިޝަނުގެ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ނެރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ އަލީ ޝަމީމް ވިދާޅުވީ 2017 ވަނަ ސިވިލް ސަރވިސް ކޮމިޝަންގެ ބަޖެޓް ކުޑަވިޔަސް އެ އަހަރަށް އަމާޒު ހިފި ގިނަކަންތައްތައް ކާމިޔާބުކަމާއެކު ހާސިލްކުރެވިފައިވާ ކަމަށެވެ.


އެގޮތުން މިދިޔަ އަހަރު އެ ކޮމިޝަނުން ހިންގާފައިވާ، އަދި މިހާރު ތަންފީޒުކުރަމުންދާ ދިވެހި ސިވިލް ސަރވިސްގެ ދެވަނަ ސްޓްރެޓީޖިކް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން 2017 ވަނަ އަހަރަށް ކޮމިޝަނުގެ ކޮންމެ ޑިޕާޓްމަންޓަކާއި ސެކްޝަނެއްގެ މަސައްކަތްތައް ރުކުރުވާލެވިފައި ވަނީ ހެދިފައިވާ އެކްޝަން ޕްލޭންތަކެއްގެ ދަށުން ކަމަށް ޝަމީމް ވިދާޅުވިއެވެ.

އަހަރުން އަހަރަށް ބަލާއިރު، ސިވިލް ސަރވިސް ކޮމިޝަންގެ ބަޖެޓް ކުޑަވަމުން ގޮސްފައިވާތީ އިތުރު ބަޖެޓްރީ ރިސޯސް ހޯދުމުގެ ގޮތުން ފިނޭންސް މިނިސްޓްރީ އާއި ސަރުކާރުގެ އެހީތެރިކަމާއެކު މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ 23 ވަނަ ދުވަހު ކޮމިޝަނުގައި ޓްރަސްޓް ފަންޑެއް ހޯދުމަށްޓަކައި ގިނަ މަސައްކަތްތަކެއްކުރެވިފައިވާކަން ފާހަގަ ކުރައްވާ ޝަމީމް ވިދާޅުވީ،ޓްރަސްޓް ފަންޑަށް ފައިސާ އެއްކުރެވެން ފެށިފައިވަނީ މި އަހަރުގައި ކަމަށެވެ.

2017 ވަނަ އަހަރު ސިވިލް ސަރވިސް ކޮމިޝަނުން ހޯދި ކާމިޔާބީއަށް އަލިއަޅުއްވާ ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ އެންމެ ބޮޑު ކާމިޔާބީއެއް ހޯދިފައިވަނީ ސިވިލް ސަރވިސްގެ މުވައްޒަފުން ތަމްރީނުކޮށް ގާބިލު ހުނަރުވެރި މަސައްކަތްތެރިންނަށް ހެދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ކަމަށެވެ.

އެގޮތުން މުވައްޒަފުން ރާޢްޖެއިން ބޭރުގެ ދެ ފަރާތަކާއި އަދި ރާޢްޖޭގެ ތިން ފަރާތަކާއެކީގައި، ބާރުއަޅާ ސިޔާސަތުތަކާއި ގަވާއިދުތައް ހެދުމަށްޓަކައި އެ އިދާރާއިން އެއްބާރުލުން އިތުރުކުރުމަށް ފަހުމުނާމާ އެކުލަވާލާ ތަންފީޒުކުރަން ފަށާފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ. މީގެ އިތުރުން ނިމިގެންދިޔަ އަހަރު ސީއެސްޓީއައި އިން ހިންގި ސަތޭކަ ފަންސާސް ހަތަރު ތަމްރީނު ޕްރޮގްރާމެއްގައި ޖުމްލަ ހަތަރުސަތޭކަ ސަތޭކަ ހަތަރު ފަރާތެއް ތަމްރީނު ކުރެވިފައިވާ ކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.





މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...